ފޯބްސްގެ އަހަރީ މުއްސަނދިންގެ ލިސްޓަށް ބަލާ އިރު ދުނިޔެއިން އެންމެ ގިނަ ބިލިއަނަރުން އުޅޭ ތަނަކަށް ޗައިނާގެ ބެއިޖިންވެއްޖެއެވެ.

ޗައިނާގެ ވެރިކަންކުރާ ބެއިޖިންގް ސިޓީގައި މިދިޔަ އަހަރު 33 ބިލިއަނަރުން އުފެދުނު އިރު މިހާރު އެ ސިޓީގައި 100 ބިލިއަނަރުން އެބަ ތިއްބެވެ. ވޭތުވެދިޔަ ހަތް އަހަރު އެންމެ ގިނަ ބިލިއަނަރުން ތިބި ސިޓީއަކަށް ވެފައިވަނީ ނިއު ޔޯކް ސިޓީއެވެ.

ކޮރޯނާވައިރަސް ފުރަބަންދުގެ ސަބަބުން ޗައިނާގެ ޓެކްނޮލޮޖީ ފާމްތަށް އިތުރުވުމުން އެ ގައުމުގެ މީހުންގެ އާމްދަނީ އިތުރުވެގެން ދިޔައެވެ. އެންމެ ގިނަ ބިލިއަނަރުން ތިބި ސިޓީ އަކަށް ބެއިޖިންގް ވުމުގެ ސިއްރަކީ މިއީއެވެ.

ޗައިނާގެ ވެރިކަން ކުރާ ސިޓީގައި ހުރި އެންމެ މުއްސަނދި މީހަކީ ޒިހާންގް ޔީމިންގެވެ. އޭނާ އަކީ 2012 ވަނަ އަހަރު ބައިޓްޑާންސްގެ ނަމުގައި ކުންފުންޏެއް އުފައްދައިގެން މަސައްކަތް ކުރަމުންދާ މީހެކެވެ. މިއީ އެތައް ބަޔަކު ބޭނުން ކުރަމުންދާ ޓިކްޓޮކް އެޕްލިކޭޝަން އުފެއްދި މީހާއެވެ. ޓިކްޓޮކް ވަނީ އާންމުންގެ ތެރޭގައި މަގްބޫލު އެޕްލިކޭޝަނަކަށް ވެފައެވެ. އޭނާގެ މިލްކިއްޔާތުގައި 35.6 ބިިލިއަން ޑޮލަރު އެބަހުއްޓެވެ.

އެންމެ މުއްސަނދި ގައުމުތަކަށް ބަލާއިރު، އެއް ވަަނައިގައި ހިމެނިފައިވަނީ 724 ބިލިއަނަރުންނާއެކު އެމެރިކާއެވެ. ދެވަނައަށް މި ލިސްޓުގައި ހިމެނިފައިވަނީ 626 ބިލިއަނަރުންނާއެކު ޗައިނާއެވެ. އިންޑިއާ ހިމެނިފައިވަނީ ލިސްޓުގެ ފަސް ވަނައިގައެވެ. އެއީ 117 ބިލިއަނަރުންނާ އެކުގައެވެ. އިންޑިއާގެ އެންމެ މުއްސަނދި މީހެއްގެ ގޮތުގައި ފާހަގަ ކޮށްލެވެނީ އެލެކްސީ މޯޑަޝޯ އާއި އޭނާގެ އާއިލާއެވެ. އެލެކްސީގެ މިލްކިއްޔާތުގައި 29.1 ބިލިއަން ޑޮލަރު ވާ ކަމަށް މީޑިއާ ރިޕޯޓުަތައް ބުނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކަދުރޭ

    ތިޔައީވަރަށްބޮޑުއޮޅުމެއް.. ދިވެ ހިރާއްޖޭގަ މާގިނަވާނެ!!

    11
    1
    • ޏޏޏ

      ނޫނޭ ރާއްޖޭގައި ގިނައީ ކަންކަމުގެ އިލްމު އެންމެ އިނގޭ މީހުން، އެކަމަކު އެއީ ފޭސްބުކުގަ

  2. ހެހެ

    ދުނިޔޭގައި އެންމެ ގިނަ ބިލިއަނަރުން ތިބީ ދިވެހިރާއްޖޭގައި އިނގޭތޯ!

    11
    1
  3. ޙުޔ

    ފާމްތަށް

  4. އަހުސަން

    މުކޭޝް އަންބާނީ އޮތީ ކިތައްވަނާގައި؟؟އިންޑިއާގެ
    ބިލިއަނަރުން ލިސްޓުން؟؟؟؟؟

  5. ނައި

    އެންމެ މުއްސަނދި މީހުން ތިބީ ބެއިޖިންގައޭ އޮތީމާ އަޅުގަނޑުގެ ހިތަށް އެ ރި އެންމެ ފު ރަތަމަ ސުވާލަކީ އޭގެ ތެ ރޭގާ ކިތަށް މުސްލިމުން ވޭތޯއެވެ؟
    ނެތްކަމައް ވަންޏާ އަޅުގަނޑުމެން ހަނދާންކު ރަންވީ ލިބިގަންނަންވީ ފިލާވަޅަކީ އެބުނާ މަހުޖަނުންވެސް ﷲ އަށް ޝި ރުކުކު ރާ ހާލު މަ ރުވެއްޖެއްޔާ ދެން ނެތެންނުއް ސަލާމަތެއް.. އޭނާ ފަޤީ ރުންނަށް ބިލިޔަން ޑޮލަ ރުން ހޭދަކު ރިޔަސް އޭނާ ކު ރި ހު ރިހާ ޢަމަލެއް ފެނައްވެ ވަންނަންޖެހޭނީ ނަ ރަކަޔަށް... ދަލީލުތައް ބައިވަ ރު... މީކޮންމެހެން މީހަކަށް އިނގިލި ދިމާކު ރާކަށް ނޫނީ ހަ ރުކަށިވެގެން ދައްކާ ވާހަކަޔެއް ނޫން. ހަމަ ހިޔާލެއް ފާޅުކޮއްލީ މަވެސް....