ޖޯންސަން އެންޑް ޖޯންސަން އިން އުފައްދާފައިވާ ކޮވިޑް-19 ވެކްސިން ޖެހި 18 މީހެއްގެ ސީރިއަސް ވުމާއެކު އުތުރު ކެރޮލައިނާގައި މި ވެކްސިން ދިނުން ހުއްޓާލައިފިއެވެ.

ހާލު ސީރިއަސްވި މި މީހުންގެ ތެރެއިން ހަތަރު މީހަކަށް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.

އަދި މި މީހުންގެ ގައިން ފެންނަމުންދާ އަލާމާތްތަކަކީ އެހެން ވެކްސިން ޖެހުމުންވެސް އާއްމުކޮށް މީހުންނަށް ވާގޮތްތައް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެެެއެވެ.

އެމެރިކާގައި ކޮވިޑާއި ދެކޮޅަށް މިހާރުވެސް ތިން ވެކްސިނެއް ބޭނުން ކުރަމުން ދެއެވެ. އޭގެ ތެރޭގައި ފާއިޒާ ވެކްސިން އާއި މޮޑާނާ ވެކްސިންގެ އިތުރުން ޖޯންސަން އެެންޑް ޖޯންސަން ހިމެނެއެވެ.

މިހާރު ޖޯންސަން އިން ދަނީ މިކަން ހިނގާދިޔަ ގޮތް ބަލަމުންނެވެ. އެކަން ބަލައި، ދިރާސާ ކުރާނެ ކަމަށް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފުވައްމޮލޮކެ ދަށިއަޑި

    ތިޔަވެކްސިންވެސް ދިވެހިރާއްޖެއަށް ހަދިޔާކޮށްދީފިއްޔާރަނގަޅު..

  2. ސިއްތި

    އޯކޭ ތަފްސީލް ނުދިނަސް