އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގެ އޮފީހަކަށް ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި 12 މީހަކު ޝަހީދު ވެއްޖެއެވެ.

އަފްގާނިސްތާނުގެ އޮފިޝަލުންނާއި ހަވާލާދީ ބޭރުގެ ނޫސްތަކުގައި ބުނެފައިވަނީ މިޖާނުން ފިދާވުމުގެ ހަމަލާ އަމާޒުކޮށްފައިވަނީ ރޯދަ ވިއްލަން މީހުން އޮފީހުން ނިކުތް ވަގުތުގައި ކަމަށެވެ.

މިހަމަލާގައި 12 މީހަކު ޝަހީދުވެފައިވާއިރު، އިތުރު 34 މީހަކަށް އެކި ވަރުގެ ޒަޚަމްތައްލިބި އެމީހުންނަށް ހަސްފަތާލުގައި ދަނީ ފަރުވާ ދެމުންނެވެ.

މިހަމަލާ އަމާޒުކޮށްފައިވަނީ ކާބުލްގައި ހުންނަ މިނިސްޓްރީ އޮފް ރިހިމްލިޓޭޝަންގެ އެންޑް ޑިވެލޮމްމެންޓްގައި އުޅޭ މުސްލިމް މުވައްޒިފުންނަށެވެ. ޖާނުން ފިދާވުމުގެ މިހަމަލާ ދީފައިވަނީ މިއޮފީހުން މުވައްޒިފުން ރޯދަ ވިއްލަން ނިކުތް ވަގުތު އޮފީސް ދޮރުމަތިންނެވެ.

އަފްޤާނިސްތާނުގެ ފުލުހުންވަނީ ބޮމެއް ގޮއްވާލާ ބަޔަކު ޝަހީދުކޮށްލާފައިވާކަން ބޭރުގެ ނޫސްތަކަށް ކަށަވަރު ކޮށްދީފައެވެ. އަދި މިހަމަލާގެ ފަަހަތުގައި ތިބީ ކޮން ބައެއް ތޯ ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޤައުމުގެ ފުލުހުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. niyaz

    ސީއައިއޭ

  2. ލޮލް

    އިސްލާމްދީން