އަނެއްކާވެސް ފޭސްބުކް ބޭނުންކުރާ ގިނަ ބައެއްގެ ޒާތީ މަައުލޫމާތު ލީކްކޮށްލާފަ އެވެ.

ފޭސްބުކް ބޭނުންކުރާ މީހުންގެ ފޯނު ނަމްބަރު ޓެލެގްރާމް ބޮޓެއް މެދުވެރިކޮށް ލީކުވާއިރު މީގެ އިތުރުން ، ފޭސްބުކް ބޭނުން ކުރާ މީހުންގެ ތެރެއިން 533 މިލިއަން މީހެއްގެ ފުރިހަމަ ނަމާއި، އެޑްރެހާއި އުމުރުވެސް ހިމެނޭހެން ޒާތީ މައުލޫމާތުތައް ވަނީ ލީކުވެފައިކަން ފާހަގަކޮށްލެވެއެވެ.

އާ ރިޕޯޓްތައް ބުނާގޮތުގައި، މި މައުލޫމާތުތައް ލީކްވެފައި ވަަނީ އާ ޓޫލްއެއް މެެދުވެރިކޮށެވެ. އަދި އެ ޓޫލްގައި ހާހަކަަަަަަށްވުރެ ގިނަ ފޭސްބުކް ބޭނުންކުރާ މީހުންގެ މައުލޫމާތު މިހާރުވެސް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ. މީހުންގެ ފޯނު ނަމްބަރު ހޯދާ ބޮޓު ހުޅުވާފައި، އެފްބީ ޕޭޖެއްގެ ނަން ޖެހުމުން އެ ޕޭޖަށް ލައިކް ކޮށްފައިވާ މީހުންގެ ފޯނު ނަމްބަރުތައް ފެންނަން ހުރެއެވެ. އެ ޕޭޖުގެ ޖުމްލަ ލައިކްސް އަށް ބަލާފައި، އެ ބޮޓަށް ފައިސާ ދެއްކުމަށް ފަހުގައި ކޮންމެ މީހެއްގެ ނަމްބަރުވެސް ލިބުން އެކަށީގެންވެއެވެ.

ފޭސްބުކުން ހާމަކޮށްފައިވާ ގޮތުގައި މިގޮތަށް ޑޭޓާ ލީކުވި ބައި މިލިއަނެއްހައި މީހުންގެ ޑޭޓާ ލީކުވެފައިވާކަން އެފަރާތްތަކަށް އެންގުމުގެ އެއްވެސް ވިސްނުމެެއް އެފްބީ އަކުން ނުގެންގުޅެއެވެ.

ލީކުވި ފޯނު ނަމްބަރުތަކުގެ ތެރޭގައި ފޭސްބުކްގެ ސީއީއޯ މާކް ޒުކަބާގްގެ ފޯނު ނަމްބަރުވެސް ހިމެނެއެވެ. ޒަކަބާގްގެ ނަމްބަރު ލީކު ކޮށްލާފައި ވަނީ އޮންލައިން ހެކަރުންތަކެއް ކަމަށް ރިޕޯޓުތައް ދަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލީ

    އަހަންނާ ޕްރިންސް ހެރީގެ އަންހެނުން މޭގަން އާ ދެމީހުންގެ ގުޅުން ފަޅާ އަރުވާލާނެ ކަންނޭންގެ މިފަހަރު.