އިރާންގެ ނަތަންޒް ނިއުކްލިއާ މަރުކަޒުން ކަރަންޓު ކަނޑައިގެން ދިޔުމަކީ އެކްސިޑެންޓެއް ނޫން ކަމަށާއި އެއީ ޓްރަރިސްޓް ހަމަލާއެއް ކަމަށް އެގައުމުން ބުނެފިއެވެ.

މި ހަމަލާ ވަރަށް ބޮޑަށް ކުށްވެރި ކުރައްވާ، އިންޓަނޭޝަނަލް އެޓޮމިކް އެޖެންސީއިން މި މައްސަލަ ބައްލަވައި ގޮތެއް ނިންމަވަން ޖެހޭ ކަމަށް އެ އެޖެންސީގެ ވެރިޔާ ވިދާޅުވިއެވެ. އިރާނުން ތުހުމަތު ކުރަނީ މިއީ އިޒްރޭލުން ދިން ހަމަލާއެއް ކަމަށެވެ.

އިރާންގެ ފޮރިން މިނިސްޓަރު މުހަންމަދް ޖަވާދް ޒާރިފް ވަނީ އެގައުމުގެ މައި ނިއުކްލިއާ ފެސިލިޓީއަށް އިޒްރޭލުން ދިން ހަމަލާގެ ބަދަލު ހިފާނެކަމަށް ވައުދުވެ ވަޑައިގެންފައެވެ.

އިޒްރޭލުގެ ޖާސޫސީ އިދާރާއަކުން ރާވައިގެން މީގެ ކުރިންވެސް ވަނީ މި މަރުކަޒަށް ހަމަލާ ދީފައެެވެ. ބޭނުމަކީ އިރާން ރުޅިއަރުވައި ވިސްނުމެއް ނެތި ނިންމާ ނިންމުމަކުން ގޯސް ހެދުމެވެ. އެމެރިކާގެ ކުރީގެ ރަެީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ހުއްޓާލައިފައިވާ އެއްބަސްވުންތައް އަލުން ޖޯއީ ބައިޑަންގެ ވެރިކަމުގައި އެކުލަވައިލާ އިރާން ރުއްސޭތޯ އެމެރިކާއިން ދަނީ ބަލަމުންނެވެ.

އިޒްްރޭލުން ދެކޭ ގޮތުގައި ބައިޑެންގެ މި ނިންމުމަކީ ހައްދަވާ ގޯހެކެވެ.އިރާނަށް ބަސް ބުނުމުގެ ފުރުސަތުވެސް ލިބުމަކީ އިޒްރޭލުން ތާއީދު ކުރާ ކަމަކަށް ނުވާތީ އެމެރިކާގެ ރައީސް ބައިޑެން މިހާރު ގެންގުޅޭ ސިޔާސަތުތައް އިޒްރޭލަށް ކަމުނުދިޔައީއެވެ.

ޒާރިފް ވިދާޅުވީ އިޒްރޭލުން ޖައްސާާ ސްޓަންޓު ތަކުގައި އިރާން ނުޖެހޭނެ ކަމަށެވެ. މިހާރަށް ވުރެ މާ ވަރުގަދަކޮށް ނަތަންޒް އަލުން ފެނިގެންދާނެ ކަމަށް ޒާރިފް ވިދާޅުވިއެވެ.

މި ހަމަލާގެ ޒިންމާއެއް އިޒްރޭލަކުން ނުނަގައެވެ. ނަމަވެސް، އިސްރާއިލުން ކުށްވެރި ކުރަނީ އިޒްރޭލުގެ ޖާސޫސީ އިދާރާއެއް ކަމަށްވާ މޮސާދުން ރާވައިގެން ދިން ހަމަލާއެއް ކަމަށެވެ. މި ހަމަލާގެ ބޭނުމަކީ މިހާރު ވިއެނާގައި އެމެރިކާއާއި އެކު ކުރިޔަށްދާ ނިއުކްލިއާ މަޝްވަރާތަކަށް ހުރަސްއެޅުން ކަމަށް އިރާންގެ ލީޑަރުން ދެކެއެވެ.