ކޮވިޑް-19 އާ ދެކޮޅަށް ޗައިނާގައި އުފައްދާފައިވާ ކޮވިޑް-19 ވެކްސިންތަކުން ބަލިން ރައްކާތެރިކަން ފޯރުކޮށްދޭ މިންވަރު ކުޑަ ކަމަށް އެ ގައުމުގެ ސެންޓަ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރޮޓެކްޝަން (ސީޑީސީ)ގެ ޑިރެކްޓަރު ޖޯޖް ގާއޯ ފޫ ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ގާއޯ ފޫ ވިދާޅުވީ އެ ވެކްސިންތަކުގެ ނަތީޖާ ރަނގަޅު ކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އެކަމަކު މިއަދާ ހަމައަށް އައިއިރު ވަކި ގޮތެއް ނިމިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"(ޗައިނާގެ ވެކްސިންތަކުން) އެހާ ބޮޑު ހިމާޔަތެއް ނުލިބޭ،" ގާއޯ ފޫ ވިދާޅުވިއެވެ.

ކޮވިޑް-19 އާ ދެކޮޅަށް ބޭނުން ކުރުމަށްޓަކައި ޗައިނާ އިން ވަނީ އެތައް މިލިއަން ޑޯޒެއްގެ ވެކްސިނެއް އެތައް ގައުމަކަށް ދީފައެވެ. ޗައިނާ އިން މިހާތަނަށް އުފެއްދި ވެކްސިންގެ ތެރެއިން ދުނިޔޭގައި އެންމެ މަގުބޫލު ދެ ވެކްސިނަކީ ސިނޮފާމް ވެކްސިނާއި ސިނޮވިކް ވެކްސިނެވެ.

ޗައިނާގެ ސައިނޯވެކްއިން އުފެއްދި ކޮވިޑް ވެކްސިން ބްރެޒިލްއިން ޓެސްޓު ކުރުމުން އެ ވެކްސިންގެ ކާމިޔާބީއަކީ 50.4 އިންސައްތަ ކަމަށްވެއެވެ. ނަމަވެސް ތުރުކީ އާއި އިންޑޮނޭޝިއާގައި ހެދި ޓެސްޓުތަކުން އެ ވެކްސިންގެ ކާމިޔާބީ 91 އިންސައްތަ އާއި 65 އިންސައްތައާ ދެމެދުގެ މިންވަރަކަށް ކަމަށްވެއެވެ. މިއީ ދުނިޔޭގައި މަޝްހޫރު ފައިޒާ އާއި ކޮވިޝީލްޑުގެ ކާމިޔާބީ އަށް ވުރެ އެތައް ގުނައެއް ދަށް އަދަދެކެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ފައިޒާ ވެކްސިނުން 97 އިންސައްތަ ރައްކާތެރިކަން ލިބޭ އިރު، ކޮވިޝީލްޑް ވެކްސިނުން 70-80 އިންސައްތަ ރައްކާތެރިކަން ލިބެއެވެ. ޑަބްލިއުއެޗްއޯ އިން މިހާތަނަށް ހުއްދަ ދީފައި ނުވާ ވެކްސިންތަކުގެ ތެރޭގައި ސިނޮފާމް އާއި ސިނޮވިކް ވެކްސިން ހިމެނެއެވެ.

ޗައިނާގައި މިހާތަނަށް އައިއިރު ޖަހަނީ އެ ގައުމުގައި އުފައްދާފައިވާ ވެކްސިން އެކަންޏެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޒިމްޒިމް

    ހުރިހާ އެއްޗެއްވެސް ފޭކް ބައެއްތީ؟ ބެންކޮކްއަކުންވެސް އެޕްރޫވްޑް ނުކުރޭ ތިވެކްސިނެއް.. އެހެންވެ ތީގެ 2 ޑޯޒް ޖެހިޔަސް އެޤައަމަކަށް ނުވަދެވޭ.. ޖާމަނީއިން ބުނަނީ 3 ޑޯޒްޖަހާގެން ކޮންްްްމެވެސްވަރެއްވެޔޯ

  2. ތަޖުރިބާ

    ހުނ ރީލޯޑު ހޯދައިގެން ޕްރޮޕެގެންޑާ ނުފަތުރާ މުހައްމަދާ..! އިންޑިޔާގެ ގެރިގރު ވެކްސިނަށްވުރެ މާބޮޑަށްވެސް ރައްކާތެރި. ވެކްސިން ޖަހއިގެން އެއްވެސް ސައިޑް އިފެކްޓެއްވެސް ނުފެނޭ. ގައިމު ކަމެއް ވީމަތާ..!

    • ފެނަބޯގައްތެ

      ކަލޯ ފެންޖެހީމާ ގޮތެއްވާނެތަ ؟؟ ފެން!!!

      • ލޮނަބޯގައްތެ

        މަހާ ފަޑުއްކަ ރޭޕިސްތާނަކަށް އެއްވެސް ކަމެއްގަ ޗައިނާއާ ވާދައެއް ނުކުރެވޭނެ..! ވަރަށް ސާފު..!