ދުނިޔޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އެމްއޭ ޔޫސުފް އަލީ އާއި އިތުރު ހަ މީހަކު ގޮވައިގެން ދަތުރު ކުރި ހެލިކަޕްޓަރެއް ކެރެލާގެ އަވަށަކަށް ކްރޭޝް ލޭންޑްކޮށްފިއެވެ.

އެމްއޭ ޔޫސުފް އަލީ އަކީ ޔޫއޭއީއަށް ނިސްބަތްވާ ލޫލޫ ގްރޫޕް އިންޓަނޭޝަނަލްގެ ޗެއާމަން އަދި މެނޭޖިންގ ޑިރެކްޓަރެވެ. އޭނާ އާއި އިތުރު މީހުންނާއެކު ދަތުރު ކުރި އެ ޕްރައިވެޓް ހެލިކަޕްޓަރު ޖައްސާފައި ވަނީ ކޮޗީއަށެެވެ.

މިހާރު އެ މީހުންނަށް ދަނީ ލިބުނު އަނިޔާތަކަށް ފަރުވާދިނުމަށް ޕްރައިވެޓް ހޮސްޕިޓަލެއްގައި ފަރުވާދެމުންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އެ ހެލިކަޕްޓަރު ކުއްލިއަކަށް މަތިން ވެއްޓުނީ އެވެ. އަދި ޕައިލެޓް އެ ހެލިކަޕްޓު ތެރެއިން ނުކުމެ، ފަސެންޖަރުންގެ ދޮރު ހުޅުވައި، އެމީހުން ސަލާމަތް ކުރީއެވެ.

އާއްމުން ބުނެފައިވާގޮތުން އެ ސަރަހައްދުގައި އެވަގުތު ވަރަށް ވައިބާރެވެ. އަދި އެ ހާދިސާ ހިނގި ވަގުތު ވަރަށް ބޯކޮށް ވާރޭވެސް ވެހެމުން ދިޔަ އެވެ.

އެ ވިޔަފާރިވެރިޔާއަކީ ޔޫއޭއީއަސް ނިސްބަތްވާ ދެވަނައަށް އެންމެ މުއްދަނދި މީހާ އެވެ. އޭނާގެ އަތުގައި 4.8 ބިލިއަން ޑޮލަރު މިލްކިއްޔާތުގައި ހުރި ކަމަށް ފޯބްސް މެގަޒިން އިން ރިޕޯޓްކޮށްފައި ވެއެވެ.

އޭނާގެ ލޫލޫ ގްރޫޕް އިންޓަނޭޝަނަލް އައުޓްލެޓްތައް 200 ސަރަހައްދެއްގައި ހިންގަމުން ދެއެވެ.

އޭނާއަކީ ރިސޯޓް ވިޔަފާރި ހިންގާ ކުންފުނިތަކުގެ ހިއްސާ އޮންނަ ބޭފުޅެއްކަންވެސް ފާހަގަކޮށްލެއެވެ.

ޔޫސުފް ކައިވެނިކޮށްގެން އުޅޭއިރު، އޭނާގެ ތިން ދަރިންވެސް ތިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޒިމްޒިމް

    މަހީކުރީ ރާއްޖެ ގޮލައެއްކަމަށް...

  2. ނިޝާ

    މަ ހީކުރީ ޔޫއްޕެ ކަމަށް