ކޮވިޑް-19 އާއި މެދު ކުރި ދިރާސާއަކުން، ގިނަ ވަގުތު އަވީގައި އުޅުމަކީ އެބަލީގައި މަރުވާ މީހުންގެ އަދަދު މަދުވާ ކަމެއް ކަމަށް ދައްކައިފިއެވެ. މި ދިރާސާއިން ދައްކާގޮތުން ހޫނު އަވީގައި އުޅުމަކީ ރައްކާތެރިކަމަށް މަގުފަހިކޮށްދޭ ކަމެކެވެ.

ޔޫވީ-އޭ ރޭޑިއޭޝަންގެ ސަބަބުން އިރުގެ އަލްޓްރަ ވައިލެޓް ރޭގެ އަސަރު ހަންގަނޑުގެ ފަށަަލަތަކަށް 95 އިންސައްތަ އާއި ހަމައަށް ކުރެއެވެ. ޔޫވީ-ސީ ރޭޑިއޭޝަން އަކީ ކޮވިޑުން ރައްކާތެރިވުމަށް މަގުފަހިކޮށްދޭ ކަމެއްކަން ދިރާސާތަކުން އެނގެން ހުރި އިރު ބްރިޓިޝް ޖަރނަލް އޮފް ޑަރމޮޓޮލޮޖީގައި ޝާއިއުކޮށްފައިވާ ދިރާސާއިން އެނގޭ ގޮތުން އަވި ގަދަ ހިސާބުތަކުގައި އުޅޭ މީހުން ކޮވިޑްގައި މަރުވާ އަދަދު ދަށެވެ.

ހޫނު ހިސާުބުތަކާއި އެހެން ހިސާބުތަކާއި އަޅާ ކިޔޭ ގޮތަށް އެ ދިރާސާ، އެމެރިކާ، އިނގިރޭސިވިލާތްް އަދި އިޓަލީގައިވެސް ވަނީ ކޮށްފައެވެ. އަދި އެ ދިރާސާއިން އެނގުނު ކަމަކީ އަވި ގަދަ ހިސާބުތަކުގައި އުޅޭ މީހުންނަށް ވިޓަމިން ޑީ ގިނައިން ލިބޭ ކަމެވެ. އަދި އެ ހިސާބުތަކުގައި ކޮވިޑް ބަލީގައި މަރުވާ މހުންގެ އަދަދު މަދުކަމަށް އެ ދިރާސާތަކުން އެނގެއެވެ.

ދިރާސާ ކުރާ މީހުން ބުނާ ގޮތުން އަވި ގަދަ ހިސާބުތަކުގައި މަރުވާ މީހުންގެ އަދަދު މަދުވާ އަނެއް ސަބަބަކީ އެ ހިސާބުތަކުގައި ނައިޓްރަސް އޮކްސައިޑް ހުންނަ މިންވަރު އިތުރުވުމެވެ.

ކުރިން ކޮށްފައިވާ ދިރާސާ އަކުން އަވީގައި ގިނަ ވަގުތު އުޅުމަކީ ހިތުގެ ހާލަތު ދުޅަހެޔޮވާ ކަމެއް ކަމަށާއި އެއީ ލޭގެ ޕްރެޝަރ ދަށްކޮށް ހަރޓް އެޓޭކް ޖެހުމުން ދުރުކޮށްދޭ ކަމެއް ކަމަށް ވަނީ ހޯދިފައެވެ.

މިއީ އޮބްޒަވޭޝަނަލް ދިރާސާ އަކަށް ވުމުން މިއީ އަވީގައި އުޅުމުން ކޮވިޑް ބަލީގައި މަރުވާ އަަދު ދަށް ވާން މަގުފަހިވާ ސީދާ ސަބަބު ހޯދޭނެ ދިރާސާއެއް ނޫނެވެ. އެހެންނަމަވެސް މި ދިރާސާގެ އަލީގައި ބައްޔަށް ރަނގަޅު ފަރުވާ އެއް ހޯދިދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޑޮކްޓަރ ކަތިވަޅި

    އޭރުވެސް މަބުނިން، އަވިން ކޮވިޑުގެ ނުރައްކާ ކުޑަވާނޭ! ރޯނގާ ވަރުގަދަވާނީ ފިންޔަށޭ، ރޯނގާ ބިަލިވާނީ އައްވަށޭ. މިވީތަނައް އެންމެ ގިނަ މީހުން މަރުވެފަ ވަނީވެސް ފިނި ހިސާބުތަކުންނޭ، ވަރުބަލި ކަމެއް ހުއްޓަސް ގަދަ އަވީގައި ހެލިފެލިވެ އުޅުމާއި ކަޅު ސަޔަށް އިނގުރު ގިނާއިން އަޅައިގެން މަދުވެގެން ކޮންމެ ގަޑިއަކު ކަޅުސައި ބުއިމާއި، އޭސީ އަދި ފަންކާގެ ތެރޭގައި ނޫޅުމާއި ފެންވަރާއިރު ހޫނުފެން، ބޮޑަށް ހިތިފަތު ތާފަނާފެނުން ފެންވެރުމާއި، ގަދަ އަވީގައި މޫދައްގޮސް ނޭފަތާއި ކަރުތެރެ ސާފުކޮށް ތާފަނާ ފެނަށް ލޮނުކޮޅެއް އަޅައިގެން ކަރުތެރެ ސާފުކޮށް އާވި އެރުވުމާއި އެކު ހުމަށް ޕެރެސްޓިޕޯލް ގަޑިން ކެއުމުން ތަފާތު ފެންނާނެ. ކޮވިޑުގެ އިހުސާސެއް ނުވެ ބަލިން ރަނގަޅުވާނެ. ހަށިގަނޑައް ދުވާލިވަގުތު ރެސްޓް ނުދިނުން ވަރަށް މުހިންމު މިކަމުގައި

  2. އެމަންޖެ

    އަޅުގަނޑު މަސައްކަތް ކުރާ ތަނުގެ ޓެމްޕަރޭޗާރވެސް އާމުކޮށް ހުންނާނީ 37 ގަ.

  3. މާރިޔާ

    އަޅުގަނޑު މަސައްކަތް ކުރާ ތަނުގެ ޓެމްޕަރޭޗާރވެސް އާމުކޮށް ހުންނާނީ 37 ގަ.