ރޭޕްގެ މައްސަލަތައް އިތުރު ވަނި އަންހެނުން ހެދުން އަޅާ ގޮތުން ކަމަށް ކުރީގެ ކުރިކެޓް ކުޅުންތެރިޔާ، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވެއްޖެ އެވެ.

ޓީވީއިން ވަގުތުން ދައްކަމުން ދިޔަ އިންޓަވިއުއެއްގައި އޮކްސްފޯޑުން ތަޢުލީމު ހާސިލު ކުރައްވައިގެން ހުންނެވި އިމްރާން ޚާން ވިދާޅުވެފައި ވަނީ ރޭޕް ކުރުންތައް ގިނަވެގެން ދަނީ އެފަދަ ކަންކަމަށް ދަޢުވަތު ދޭ ކަންތައްތައް މުޖުތަމަޢުގައި އާއްމުވާން ފެށުމުން ކަމަށެވެ.

މީގެތެރޭގައި އަންހެނުން އެމީހުންގެ ހަށިގަނޑު ނިވާ ކުރުމަށް ހެދުން އެޅުމުގެ ބަދަލުގައި ހެދުން އަޅަނީ އެފަދަ ފާހިޝް ޢަމަލު ތަކަށް ދަޢުވަތު ދޭ ގޮތަށް ކަމަށް ވެސް އިމްރާން ޚާން ވިދާޅުވެފައި ވެއެވެ. އަދި އަންހެނުން ރޭޕް ކުރެވޭ މިންވަރު މުޖުތަމަޢުގައި ގިނަވަމުންދާ ކަމަށް ވެސް ފާހަގަ ކުރައްވާފައިވެއެވެ.

މިފަދަ ރޭޕްގެ މައްސަލަތައް ހައްލު ކުރުމަށް އަންހެނުން ހެދުން އަޅައި ގޮތަށް ބަދަލު ގެންނަން ޖެހެއެވެ. އަދި ފާހިޝް އަމަލުތަކަށް ދަޢުވަތު ދޭ ގޮތަށާއި ''ސެކްސީ'' ކޮށް ހެދުން އެޅުން ފަދަ ކަންތައް ހުއްޓާލަން ޖެހެއެވެ. އެފަދަ މަންޒަރުތައް ކޮންމެ ކޮންމެ މީހަކަށް ނުބަލައި ނުހުރެވޭނެ ކަމަށް ވެސް އިމްރާންގެ އިންޓަވިއުގައި ވިދާޅުވެފައި ވެއެވެ.

އިމްރާން ޚާން މިގޮތަށް ވިދާޅުވުމާއި ގުޅިގެން އެތައް ބަޔަކު ވަނީ އަޑު އުފުލާފައެވެ. ރޭޕްގެ މައްސަލަތައް ގިނަވެގެންދަނީ އިމްރާން ޚާންމެން ފަދަ މީހުން ހަދާ ގަވާއިދު ތަކުގެ ސަބަބުން ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.

އިމްރާން ޚާންގެ މި އިންޓަވިއުގެ ސަބަބުން ރޭޕްގެ ޝިކާރައަށްވެފައިވާ ކުޑަކުދިންނަށް ވެސް އިނގިލި ދިއްކުރެވިފައިވާ ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. އަލްޖިބްރާ

  ޕާކިސްތާނު ބޮޑުވަޒީރު ބުންޏަސް އެއީ ވަރަށް ބޮޑު ތެދެއް ! ބަޔަކު ކިތަންމެ ރުޅިއަޔަސް ސެކްސީ ގޮތްގޮތަށް އަންހެނުން ފެންނަން ތިބުމަކީ ފާހިޝް ޚިޔާލުތަށް އާލާވުމުގެ ވަރަށްބޮޑުބާރެއް ! އެކަމަކު ދުނިޔެ ހަލާކުވަމުން ދާއިރު ރަގަޅުތެދެއް ބުނާމީހާ އަށް ގިނަ މީހުން ލަޢުނަތް ދޭނެ ! މިއީ ދުނިޔޭގެ އާދަ !

  80
  11
  • ޢަހުމަދުވަގާރު

   ދެން ކުޑަ ކުދިންނޯ؟.ޙައްހައްހާ.ހީހީހަލާ ކު

   6
   9
   • ވަސީ

    ނިވާކަން ކުޑަ ހެދުން އަޅައިގެން އުޅޭ އަންހެނުންގެ ސަބަބުން މުޖުތަމައުގެ އެކި ވަރުގެ މީހުންގެ ޖިންސީހެލުން އިތުރުވެ ހިތްތައް ހަލާކުވެފައިވާ ފާސިގުން ހައްދުންނެއްޓި އެންމެފަހުން ކުޑަކުދީންނައް ޖިންސީއަނިޔާ ކުރާ ހިސާބައްދޭ. ވީމާ ބާލިޢުވެފަ ތިބޭ އަންހެނުން ނިވާކަންކުޑަ ހެދުން އަޅައިގެން މުޖުތަމައުގައި ގިނަވެގަތުމަކީ އޭގެ ނުބައިކަމުގެ ނުރައްކަލައް ކުޑަކުދީންވެސް ހުށައެޅިގެންދާކަމެއް. އިމްރާން ޚާން އެވިދާޅުވާއެތި ސާފުވެއްޖެކަމުގައި ހީކުރަން.

    7
    1
 2. މަނީމަނީ

  ހައްގުތެދު މާލޭގަ އުޅޭ ހަންހެނުން ހީވެފަ އޮންނަނީ މާލެވީމަ ބުރުގާވެސް ނާޅާ ބޭނުން ވައްތަރެއްގެ ހެދުމެއް ލާއިގެން އުޅުން އޯކޭ ކަމަށް......ކަނބަލުން ސަލާމަތްވާންވީ

  15
  5
 3. އަސީފް

  މިއީ ހަގީގީ ލީޑަރުންނަކީ.

  40
  7
 4. ޙާން

  ވ ބޮޑުތެދުފުޅެއް.

  18
  4
 5. ކުނބު

  އެއީ ތެދެއް އެކަމަކު ފިރިހެނަކަށް އެކަން ވިސްނޭނީ. އަންހެނުންނަކަށް ނޭގޭނެ ފިރިހެނުންގައިގަ ޖަހާ ވިންދެއް. އެކަމަކު ރޭޕްކުރުމަކީ ކަނޑައެޅިގެން ބޮޑުކުށެއް އަދި ޖަރީމާއެއް. އިމްރާންޚާން އެވިދާޅުވަނީ ރޭޕްފަދަ ކުށްތައް މަދުކުރަން ކުރެވިދާނެ ކަމެކޭ އެއީ.

  22
  5
 6. ޅޯޅް

  ހަތަރެސް ފައި ހިމޭނުން ބާއްވާ ހާއްސަކޮށް ބަލިފައި

  7
  2
 7. ހޫ

  ރޭޕް މަދުވާނީ އަންހެނުންނާ މެދު ކުރެވޭ ހަޑިހުތުރު ވަހުޝީ ހިޔާލުތަކާ ދުރުވެގެން ހުރިހާ އަންހެނުންނަކީ ފިރިހެނުންނަށް ފަރިދެއްކެން ހެދުން އަޅާ ބައެއްނޫން ތިހެން ހީވާނަމަ އެއއީ ތިމާގެ ވަހުޝީކަން. ބަރަހަނާ މަޒަރުތަކުގައި އުޅޭ ކަސްބީ އަންހެނުން ބަލާފަ އައިސް ބޭރުތެރޭ އުޅޭ އެހެން އަންހެނުންނާ އެނަޒަރުން ބެލުން އެއީ ގޯހެއް އެމީހުންނާ މެދުވެސް ތިމާގެ ދައްތައިންގެ ގޮތުގައި ބެލީމަ ރޭޕެއ ނުވާނެ ހަލާލު ގޮތުގައި އެދުން ފުއްދާނީ ތިމާގެ އަނބިމީހާ ކިބައިން ނޫނީ ރޯދައަށް ހުންނާނީ.

  5
  2
  • Anonymous

   ހިލޭ އަންހެނަކު ނިވާކަން ކުޑަ ގޮތަށް ހެދުން އަޅައިގެން މަގުމަތީ ބަޑިބަޑި ލައްވަންޏާ މުޖުތަމަޢުގައި ފަސާދަ އާންމުވާނެ. ކަނބަލުން އިސްލާމީ ޖިލްބާބުނަ ނިވާވެ ލެއްވީމަ ތާހިރުކަން ބޮޑުވާނެ މުޖުތަމަޢުގައި ވެސް. ވ. ސަލާމް.

   2
   1
  • ހަމަތަކޮއެ

   ހާދަ ވައްތަރޭ ތީ ކަނބަލެއްގެ ކޮމެންޓަކާ
   ބަލަ ދަރިޔާ ސުންނަތުގައިވާ ގޮތައް ބަރާބަރައް ފަރުލު ފަސް ނަމާދު ކުރާ މީހާވެސް ޝައަތާނާ ހައްލާލާނެ!

   އަޑެއް ނާހަމުތަ ނަން މައްޝޫރު ބޮޑު އަޅުވެރިޔެއް ޝައިތާނާ ހައްލާލި ގޮތުގެ ވާހަކައެއް؟

   މިސްކިތުން ނުފައިބައި އިންނަ މީހަކައްވެސް އެއްލޭ ކަޅިއަކުން ބާރު ޓޮޕަކާ ޖިންސެއް ލައިގެން ހުރި މަންޖެއެއް ފެނި ހިތައް އެތަކެއް ނުބައެއް އަރާފާނެ

   ވިސްނާ ފިކުރު ކުރުން އެދެން

 8. ޚާްން

  އިމްރާންޚާން ވިދާޅުވީ ހަމަ ބަރާބަރު ވާހަކައެއް، އެބޭފުޅާ ވިދާޅުވީ އެވެސް އެއް ސަބަބުކަމަށް

  4
  3
 9. Buranda Village

  ޕާކިސްތާނަކީ ރޭޕިސްތާން. މިހާރު ރާއްޖެވެސް ދަނީ ފަޓާނީން ހެދުން އަޅައިގެން އުޅޭހެން ހެދުން އަޅައިގެން ދެވަނަ ރޭޕިސްތާނަށް ވާން

 10. ގީ

  ދެން ޕެޑޮފީލިއާ ހުއްޓުވާނެ ގޮތެއް ބުނެބަލަ. ހުރިހާ ކުޑަކުދިން އަށާރަ އަހަރު ފުރެންދެން އެއްވެސް ފިރިހެނެއްގެ ލޮލު ކޮޅަށް ނުފެންނަ ގޮތައް ގޭގަބަންދު ކޮށްފަ ބައިތިއްބާ ހުރިހާ ކުށެއް އޮންނާނީ ވިކްޓިމްގެ ދެވެން އޮތް އެންމެ ހަރުކަށި އަދަބުދީ ހުއްޓުވާކަށް ނޭނގޭނެ.