ޗައިނާގެ ކޮމިއުނިސްޓް ޕާޓީއާ ދެކޮޅަށް ހިޔާލު ފާޅު ކުރާ ނަމަ، ރިޕޯޓު ކުރަން ހޮޓްލައިނެއް ގާއިމުކޮށްފިއެވެ.

ޗައިނާގެ ވެރިކަން ކުރާ ޕާޓީން ވަނީ އެ ޕާޓީން އަމަލު ކުރަމުންދާ ގޮތާއި ކުރީގައި ކަންކަން ކުރި ގޮތަށް ފާޑު ކިޔާ ނަމަ އިންޓަނެޓުގައި އުޅޭ މީހުންނާ މެދުގައި ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ.

މި ނިިންމުމަކީ އެ ޕާޓީއަށް ޖުލައި މަހު 1000 އަހަރު ފުރެމުން އަންނާތީ އެކަމުގެ މުނާސަބަތުގައި ނިންމި ނިންމުމެކެވެ.

ހޮޓްލައިންއަށް ގުޅައި ރިޕޯޓު ކުރެވޭނީ އޮންލައިން ޕްލެޓްފޯމްތަކުގައި ޕާޓީއަށް ހަޖޫ ޖަހައި، ގައުމުގެ ވެރިންގެ އަގު ވައްޓާލަން މަސައްކަތް ކުރާ މީހުންނާއި، ސިޔާސަތުތަކަށް ފާޑު ކިޔާ މީހުންގެ މައުލޫމާތު ކަމަށް ޗައިނާގެ ސައިބާ ސްޕޭސް އެޑްމިނިސްޓްރޭޝަނުން ނެރުނު ނޯޓިސްއެއްގައި ބުނެފައިވެއެވެ.

މިކަން މިގޮތަށް ކުރަން ޖެހުނީ އިންޓަނެޓް ބޭނުން ކުރާ މީހުންގެ ފަރާތުން އެފަދަ އަމަލުތައް ފެންނަމުން ދާތީ ކަމަށް ނޯޓިސްގައި ވެއެވެ.

ޗައިނާގައި ގިނަ އަދަދެއްގެ ވެބްސައިޓުތައް ވަނީ ބޭން ކޮށްފައެވެ.

ހޮޓްލައިންއަށް ގުޅައި ރިޕޯޓު ކުރާ މައްސަލަ ތަކަށް ކަނޑައެޅިފައިވާ އަދަބެއް ސައިބާ ސްޕޭސް އެޑްމިނިސްޓްރޭޝަނުން ނެރުނު ނޯޓިސްގައި ހިމަނާފައެއް ނުވެއެވެ. ނަމަވެސް، ޗައިނާގެ ސިޔާސީ ލީޑަރުންނަށް ފާޑުކިޔައި، އެމީހުންގެ އަގު ވެއްޓޭ ފަދަ ޕޯސްޓެއް ކޮށްފިނަމަ އެމީހަކަށް ގާނޫނީ ފިޔަވަޅު އަޅައި ޖަލުގެ ތޭރިތަކުގެ ތެރެޔަށް ދާން ޖެހޭ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.