މިސްރުގެ ސުއޭޒް ކެނަލްގައި މިދިޔަ މަހު ބީހުނު ކާގޯ އުފުލާ ބޯޓު އެވާ ގިވެންގެ ވެރިޔާ 916 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން މިސްރުގެ ކޯޓަކުން ޙުކުމް ކޮށްފިއެވެ.

މިސްރުގެ ދައުލަތުގެ މީޑިއާ އިން ބުނާ ގޮތުގައި ސުއޭޒް ކެނަލް ބަންދުވުމުން މިސްރަށް ލިބުނު ގެއްލުމާއި އަދި ބޯޓު ފުން ކުރުމަށް ކުރަން ޖެހުނު މަސައްކަތުގެ ބަދަލެއްގެ ގޮތުން ސުއޭޒް ކެނަލްގެ ވެރިޔާ ޖަޕާންގެ ޝޯއީ ކިސެން ކައިޝާ 916 މިލިއަން ޑޮލަރު މިސްރަށް ދައްކަން ކޯޓުން ޙުކުމް ކޮށްފައިވާ ކަމަށެވެ.

އެވާ ގިވެން ސުއޭޒް ކެނަލްގައި ބީހުނުތާ ގާތްގަނޑަކަށް ހަފްތާއެއް ފަހުން ފުން ކުރެވުނީ މާޗް މަހުގެ 29 ވަނަ ދުވަހުއެވެ. އޭރު 400 އަށްވުރެ ގިނަ ބޯޓު ސުއޭޒް ކެނަލް ހުރަސް ނުކުރެވި މިސްރުގެ އައްސޭރި ފަށުގައި ތާށިވެފައި އޮތެވެ. މިހާރު ސުއޭޒް ކެނަލްގައި އާއްމު އުސޫލުން ދަތުރުތައް ކުރެވެމުން ދިޔަ ނަމަވެސް އަދިވެސް އެވާ ގިވެން އޮތީ ސުއޭޒް ކެނަލްގެ އެތެރޭގައި އޮންނަ ބަނދަރެއްގައެވެ. މިސްރު ސަރުކާރުން ބުނާ ގޮތުގައި އެބޯޓު ދަތުރު ކުރުމުގެ ހުއްދަ ދޭނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ދެއްކުމުންނެވެ.

އެވާ ގިވެން އިން ގެއްލުމުގެ ބަދަލުގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ދައްކަން މިސްރުގެ ކޯޓަކުން ޙުކުމް ކުރުމުން ބޯޓުވެރިޔާ ޖަޕާންގެ ޝޯއީ ކިސެން ކައިޝާ ވިދާޅުވީ އިޝްއަރެންސް ކުންފުނިންނާއި ގާނޫނީ ވަކީލުން އެކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. ގެއްލުމުގެ ބަދަލާއި ގުޅޭ ގޮތުން މިވަގުތު އިތުރު ވާހަކައެއް ދައްކަން ބޭނުން ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

މިބޯޓު އިންޝްއަރެންސް ކޮށްފައި ވަނީ ޔޫކޭ ކްލަބް ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ. އެކުންފުނިން ވަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދަކީ އިންސާފުވެރި ގޮތެއްގައި ކަނޑައަޅާފައިވާ އަދަދެއް ނޫން ކަމަށް ބުނެފައެވެ. އެހެންކަމުން މިމައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރެފްރީ

    ހިތަށްއެ ރިވަ ރެއްބުނެފަ ދަސްހު ރިއަދަދެއްޖެހީ
    .... ސުއޭސްކެނަލުން ދުވާލެއްގެމައްޗަށް ހަމައެކަނި ހު ރަސްކު ރާބޯޓުތަކުންލިބޭއި ރު ޓުއަ ރިޒަމުންވެސްއެހާބައިވަ ރުލިބޭ.. އަދި އެބުނާފި ރުއައުނުއަތުންވެސް އެހާބައިވަ ރު ލިބޭއި ރު މިސު ރުގެ ރައްޔިތުން ކައިގެންތިބެނީ ސަލާންޖަހައިގެން، އުޅެމުންދަނީ އެހާމެފަގީ ރުހާލުގަ!! ލަދުންބޯހަލާކު

    6
    2
  2. ބޯޖަލީލު

    މިވީ ކިހެނެއްބާ ބޯޓުގެ ވެރިމީހަވެސް ޖޫރިމަނާކުރީ ކެނަލްގެ ވެރިމީހަވެސް ޖޫރިމަނާކުރީ ހާދަ ޑޮލަރެކޭދޯ

    6
    2
  3. ގައިޑް

    ބޯޓު ދުއްވަންއިން ކެޕްޓަން ކުށްވެރި ނުވޭތަ؟