ސައުދީ ވަލީއަހުދު މުޙައްމަދު ބިން ސަލްމާންގެ ތާރީހީ މިސްކިތްތަށް ހިމާޔަތް ކުރުމުގެ ޕްރޮޖްކްޓުގެ ދަށުން ސައުދި އަރަބިއާގައި 300 އަހަރު ކުރީގެ މިސްކިތެއް މަރާމާތު ކުރުމަށް ފަހު އަލުން ހުޅުވައިފިއެވެ.

އަލް އަހްސާ ސަރަހައްދުގައި ހުރި ޝެއިހް އަބޫބަކްރް މިސްކިތަކީ އެންމެ ދުވަސްވީ އިމާރާތްތަކުގެ ތެރެއިން ފާހަގަ ކޮށްލެވޭ މިސްކިތެކެވެ. ތަފާތު ގޮތަކަށް ފަރުމާކޮށްފައިވާ މި މިސްކިތް ހަދާފައިވަނީ ހިރިގަލާއި، ޗަކަ ވެލި އަދި ރުކުގެ ލަކުޑި ބޭނުން ކޮށްގެންނެވެ.

މިސްކިތް މަރާމާތު ކުރުމުގެ ކުރިން އެ މިސްކިތަކީ 565 ސްކޮޔާ މީޓަރުގެ އިމާރާތަކަށް ވެފައި އެއްފަހަރާ ޖަމާއަތުގައި ނަމާދް ކުރެވޭނީ 125 މީހުންނަށެވެ. ނަމަވެސް، މިހާރު މިސްކިތުގައި ޖަމާއަތުގައި ބައިވެރިވެ 166 މީހުން އަޅުކަން ކުރުމަށް ޖާގަ ލިބިގެންދާނެއެވެ.

މިސްކިތުގެ ފޮޓޯއެއް

މީގެ 300 އަހަރު ކުރިން މިސްކިތުގެ ފައުންޑޭޝަން އަޅާފައިވަނީ ޝެއިހް އަހްމަދް އަބޫ އަލީގެ ދީލަތި އެހީ އާއި އެކުއެވެ. އެ ދުވަސްވަރުގައި ގަލްފް ސަރަހައްދުގެ އެކި ގައުމުތަކުގެ ކުދިންނަށް ތައުލީމް އުނގަންނައިދޭ މަރުކަޒެއްގެ ގޮތުގައި މި މިސްކިތް ބޭނުން ކޮށްފައިވެއެވެ.

ޝެއިހް އަބޫބަކުރު އާއިލާގެ ގިނަ އިމާމުންނެއް މިސްކިތާއި ހަވާލުފައިވެއެވެ. އެގޮތުން، ޝެއިހް އަބޫބަކުރު އަލް ކަބީރްއާއި، ޝެއިހް އަބޫބަކްްރް އަލް ސަގީރް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަހްމަދު

    ހިރިގާ އެތަނުގަ ހުރޭ ތަ

    • ވެދާނެ

      ވެދާނެ ކޮންމެވެސް ޖަޒީރާ ރާއްޖެއަކުން ހިރިގާ ހޯދީކަމަށް..

  2. ހިރިގާ

    ރާއްޖޭމީހުން ކަދުރު ކަނީ ކޮންދަޑަކުން
    މޭބަސްކަދުރާ އާފަލް ކަނީ ކޮންދަޑަކުން ބާ؟
    ހަމައެހެން އެމީހުނައް ހިރިގާ ލިބޭނެ ދެއްތޯ އަހަންމަދާ