އިންޑިއާގެ ދިއްލީގައި ކޮވިޑް-19 ބަލީގައި މަރުވާ މީހުންގެ އަދަދު އިތުރު ވުމާއި އެކު އެ ސިޓީގައި އިތުރު ގޮންޖެހުމެއް ކުރިމަތިވެ، އެ ސިޓީގައި މުސްލިމުން ވަޅުލާ އެންމެ ބޮޑު ސަހަރާގައި ޖާގައިގެ ދަތިކަން ކުރިމަތި ވާން ފަށައިފިއެވެ.

ޖަދީދް ގަބްރިސްތާން އަހްލެ އިސްލާމުން ބުނެފައިވަނީ އެޕްރީލް ހަތަރުވަނަ ދުވަހުން ފެށިގެން ކޮވިޑުގައި މަރުވަމުންދާ މީހުން އިތުރުވެފައި ވާ ކަމަށެވެ. ދިއްލީގެ މުސްލިމުން ވަޅުލާ އެންމެ ބޮޑު ސަހަރާ އާއި ހަވާލްވެގެން ހުރި މުހަންމަދް ޝަމީން ބުނީ އިތުރަށް އެތަނުގައި ވަޅު ލެވޭނީ ކޮވިޑް ޖެހިގެން މަރުވާ މީހުންގެ ތެރެއިން 200-150 މީހުން ކަމަށެވެ.

ލިބެން ހުރި މައުލޫމާތު ތަކަށް ބަލާއިރު އެޕްރީލް މަހުގެ ފުރަތަމަ 13 ދުވަހުގެ ތެރޭގައި ދިއްލީއިން 409 މީހުން ކޮވިޑުގައި މަރުވެފައިވެއެވެ. މާޗު މަހު 117 މީހުން ކޮވިޑުގައި މަރުވެފައި ވާއިރު ފެބްރުއަރީ މަހު ވައިރަހުގައި މަރުވެފައިވަނީ 57 މީހުންނެވެ.

ޝަމިީމް ބުނެފައިވަނީ އެއް ދުވަހުގެ ތެރޭގައި އެހާ ގިނަ ބަޔެއްގެ ޖަނާޒާ ބާއްވަނިކޮށް މީގެ ކުރިން ފެނިފައި ނުވާ ކަމަށެވެ. މިދިޔަ ހޯމަ ދުވަހު 25 މީހުން ވަޅުލި ކަމަށާއި، އެއީ މިހާތަނަށް އެއްދުވަހާ އެންމެ ގިނަ މީހުން ވަޅުލައިފައިވާނެ ދުވަހެއް ކަމަށް އޭނާ ބުންޏެވެ.

އިންޑިއާގައި ކޮވިޑަށް ފައްސިވާ މީހުން ވަނީ އިތުރު ވެފައެވެ. އެގޮތުން، އެގައުމުގައި ދުވާލެއްގެ މައްޗަށް ކޮވިޑަށް ފައްސި ވާ މީހުން އެއް ލައްކައަށް އަރާފައިވާއިރު ކޮވިޑުގައި ސަތޭކައަށް ވުރެ ގިނަ މީހުން މަރުވާކަން ފާހަގަ ކޮށްލެވެއެވެ.

އިންޑިއާއިން މިހާތަނަށް ކޮވިޑުގައި އެއްލައްކަ ފަންސާސް ހާހަށްވުރެގިނަ މީހުން މީހުން މަރުވެފައިވާއިރު، ދިއްލީއިން ކޮވިޑުގައި މަރުވެފައިވަނީ 11،540 މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރަބަރޭ

    ދިއްލީގެ ސަހަރާތައް ފުރެންޏާ އިބްރާހިމް މުހައްމަދު ސާލިހުގެ ބޮޑުބޭބެ(ހަކުރު ދެންޏާ) މޯދީއަށް ދައުވަތު ދޭންވީނޫންތޯ މިގައުމުގެ ބިންތަކުގާވަޅުަލަން

    ‎އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް