ބްރެޒިލް ހޮސްޕިޓަލެއްގައި އެނދުމަތި ކޮށްފައި ތިބޭ ކޮވިޑް-19 ޖެހިފައިވާ މީހުންނަށް އެކަނިވެރިކަން އިހުސާސް ވިޔަ ނުދިިނުމަށް ބޭނުންކުރަމުން ދަނީ 'ފޭކް' އަތެކެވެ.

މީސް މީޑިއާގައި ދައުރުވަމުންދާ ފޮޓޯ އަކުން ފެނިގެން ދަނީ ކޮވިޑް ޖެހި އެނދުމަތި ކޮށްފައިވާ މީހެއްގެ އަތުގައި އަންގިއަކުން ހިފަހައްޓާފައިވާ މަންޒަރެެވެ. ރިޕޯޓުތައް ބުނާގޮތުގައި ހިފަހައްޓާފައިވާ އަންގިއަކީ ތާފަނާ ފެން އަޅާފައި ހުރި އަންގިއެއް ކަމަށެވެ. މިހެން ކަންތައް ކޮށްފައިވަނީ ކޮވިޑް ޖެހި އެނދުމަތި ކޮށްފައިތިބޭ މީހުންނަށް އެކަނިވެއިކަން އިހުސާސްވިޔަ ނުދިނުމަށެވެ. ބޭނުމަކީ އެމީހުންގެ ގާތުގައި އަތުގައި ހިފަހައްޓައިގެން މީހަކު ހުރި ކަމުގެ އިހުސާސް ކޮށްދިނުމެވެ.

ބްރެޒިލްއިން ކޮވިޑް ކޭސްތައް އިތުރުވެ، 361،000 އަށް ވުރެ ގިނަ މީހުން ކޮވިޑުގައި މަރުވެފައިވާ ކަމަށް ޖޯންސް ހޮޕްކިންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ޓްވިޓާގައި މީހަކު ފޮޓޯ ހިއްސާކޮށް ބުނެފައިވަނީ ފެނިގެން ދަނީ އައިސޮލޭޝަން ވޯޑުގައި އެނދުމަތި ކޮށްފައި ތިބޭ މީހުންނަށް ހަމަޖެހުން ގެނެސްދިނުމަށް ނަރުހުން ކުރަމުންދާ މަސައްކަތް ކަމަށެވެ. ފޮޓޯއިން ފެނިގެން ދަނީ އަތުގައި ހިފަހައްޓައިގެން ތާފަނަާ ފެން އަޅާފައިވާ އަންގިއެވެ. މި ފޮޓޯއަށް އެތައް ބަޔެއްގެ ސަމާލުކަން ލިިބިފައިވާއިރު، ނަރުހުންނާއި، ފްރޮންޓް ލައިނުގައި މަސައްކަތް ކުރަމުންދާ މަސައްކަތަށް ތަރުހީބާއި ހިތްވަރު ދިނުމުގެ އެތައް ކޮމެންޓެއް ކޮށްފައިވެއެވެ.

ބްރެޒިލްގެ ހާލަތް ނާޒުކު ފައްތަރަކަށް ގޮސްފައިވާއިރު، ސިއްހީ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ މީހުން ކުށްވެރި ކުރަނީ އެގައުމުގެ ރައީސްއެވެ.

އެ ގައުމުގައި ކޮވިޑުން ރައްކާތެރި ވުމަށް ހަރުކަށި ފިޔަވަޅުތައް ނާޅާ ކަމުގެ ޝަކުވާ ސިއްހީ ހިދުމަތްތެރިން ދަނީ ކުރަމުންނެވެެ.