ކޮވިޑް-19 އިން ރައްކާތެރިވުމަށް ކޮންމެ އަހަރަކު ވެކްސިން ޖަހަން ޖެހިދާނެ ކަމަށް އެމެރިކާގެ ފައިޒާ ކުންފުނީގެ ސީއީއޯ، އަލްބާޓް ބޫލާ ބުނެފިއެވެ.

ބޫލާ ބުނީ، ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ހަމަކުރާ ފަހުން، 6 މަހާއި 12 މަހާއި ދެމެދު ތިންވަނަ ޑޯޒެއް ޖަހަން ޖެހިދާނެ ކަމަށާއި އޭގެ ފަހުން ކޮންމެ އަހަރަކު ގޮތަކަށް ވެކްސިން ދޭން ޖެހިދާނެ ކަމަށެވެ.

"ގޮތަކަށް ބުނާނަމަ ތިން ވަނަ ޑޯޒެއް ބޭނުން ވެދާނެ. އެއީ 6 މަހާއި 12 މަހާއި ދެމެދު. އޭގެ ފަހުން ކޮންމެ އަހަރަކު ގޮތަކަށް ބޭނުން ކުރަން ޖެހިދާނެ. އެހެން ނަމަވެސް އެކަމަކީ އެއީ ޔަގީން ކުރަން ޖެހޭ ކަންކަން" ބޫލާ ބުންޏެވެ.

ބޫލާ ވިދާޅުވީ ދެކުނު އެފްރިކާއިން ފެނުނު ކޮވިޑް-19 ގެ ނުރައްކާ ބޮޑު އާ ވޭރިއެންޓެއް ފެތުރެން ފެށުމާއެކު ވެކްސިނާއި މެދު ބައެއް މީހުން ކުރާ އިތުބާރު ދަށްވެގެން ދިޔަކަމަށެވެ. ނަމަވެސް ފައިޒާގެ ވެކްސިނަކީ އޭގެ ސަބަބުން ކޮވިޑް-19 ގެ އާ ވޭރިއެންޓުންވެސް ރައްކާތެރިކޮށްދޭހައި ޤާބިލުކަން ހުރި ވެކްސިނެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ތިން ވަނަ ޑޯޒެއް ޖަހަން ޖެހިދާނެ ކަމަށް ބޫލާ ބުނެފައިވާއިރު، އިނގިރޭސިވިލާތުގެ ވެކްސިން މިނިސްޓަރ ނަދީމް ޒަހާވީ ވަނީ ބަލީގެ ނުރައްކާ ބޮޑު ހަތަރު ގްރޫޕަކަށް ސެޕްޓެމްބަރ މަހާއި ހަމައަށް ތިން ވަނަ ޑޯޒެއް ޖަހަން ދައުވަތު ދޭނެ ކަމަށެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް މިހާރު ޑަބްލިއުއެޗްއޯއިން ގިނަ ވެކްސިން ތަކަށް ހުއްދަ ދީފައިވާއިރު، ގިނަ ގައުމުތަކުން ބޭނުން ކުރަމުން އަންނަނީ ކޮވިޝީލްޑް ވެކްސިން، ފައިޒާ ވެކްސިން، ސިނަފާމް ވެކްސިނެވެ.

އިތުރު ތަފްސީލް އަންނަނީ...

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަޙްމަދް

    މާކުރިންވެސް އެނގޭކަމެއްތީ ކޮވިޑް 19 އޭ މިކިޔާ ޚިޔާލީ ގޭމަކީ ބޭހާއި ވެކްސީން އުފައްދާ ކުންފުނިތަކުން އެމީހުންގެ ވިއަފާރިފުޅާކޮށް ކުރިއަރުވާ އެ ވިއްކަން ކުޅޭގޭމެއްކަން.

  2. Anonymous

    ވިޔަފާރި

  3. ކި

    އޭގެ ކުރިން މިމީހުން ބޭޒާރުކޮށް ހަލާކުރަށް ވާށި