އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

ނަމަވެސް ސޮއި ކުރި އެއްބަސްވުމުގައި ހުރި މައުލޫމާތެއް އަދި ހާމައެއް ނުކުރެއެވެ. އެއްބަސްވުމުގައި ސޮއި ކުރުމަށް ފަހު ޓްރަމްޕް ބުނީ "ސޮއި ކުރެވުނީ ވަރަށް މުހިންމު އެއްބަސްވުމުގައި" ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.

އިތުރަށް ޓްރަމްޕް ބުނީ މިއީ ވަރަށް ފުރިހަމަ އެއްބަސްވުމެއް ކަމަށެވެ.

އުތުރު ކޮރެއާގެ ނިއުކްލިއާ މައްސަލަ އަށް އިޝާރާތްކޮށް ޓްރަމްޕް ބުނީ އުތުރު ކޮރެއާ އިން ނިއުކްލިއާ ހަތިޔާރު ނައްތާލުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން އާއި އެކު ބާއްވާ ބައްދަލުވުން ރަނގަޅަށް ކުރިއަށް ހިނގައްޖެނަމަ ކިމް އެމެރިކާ އަށް ވަޑައިގަންނަވަން ދައުވަތު ދޭނެ ކަމަށް ޓްރަމްޕް ބުނެފައި ވާތީ ނޫސްވެރިން ސުވާލު ކުރުމުން ޓްރަމްޕް ބުނީ އެދައުވަތު ކިމް އަށް ދޭނެ ކަމަށެވެ.

"ކިމް އަކީ ވަރަށް ބުއްދިވެރި ބޭފުޅެއް. އަދި ވަރަށް ބޮޑަށް އޭނާގެ ގައުމު ދެކެ ލޯބިވާ ބޭފުޅެއް" ޓްރަމްޕް ބުންޏެވެ.

ކިމް އާއި ޓްރަމްޕް ބޭއްވި ސަމިޓް ވަނީ މިހާރު ނިންމާލާފައެވެ. ޓްރަމްޕް އާއި ކިމްގެ ސަމިޓްގައިި މައިގަނޑު ތިން ބައެއް ކުރިއަށް ދިޔައެވެ. ފުރަތަމަ އޮތީ ކިމް އާއި ޓްރަމްޕް ވަކިން ބައްދަލު ކުރުމެވެ. އެބައްދަލުވުމުގައި 38 މިނެޓް ހޭދަވިއެވެ.

އޭގެ ފަހުން ދެގައުމުގެ އިސް ޑިޕްލޮމެޓުންނާއި އެޑްވައިޒަރުން ބައިވެރިވި ބައްދަލުވުމެއް ކުރިއަށް ދިޔައެވެ. އަދި އޭގެ ފަހުން ހުރިހާ ބޭފުޅުން ބައިވެރިވި މެންދުރުގެ ފަރިއްކޮޅެއް ވެސް ކުރިއަށް ދިޔައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސަން

    އަރަބި ގައުމަކަށް ހިންދަމާނުލެވޭނެ ސޮޔަކަށް ތިވާނީ.ބޮޑަށް ވައްތަރީ އީރާނަ ގުޅުން ހުންނަނެ ކަމަށް.

  2. ޖޭމުސްބޮންޑު

    ނިއުކުލިއަރ ހަތިޔާރު ހުސްކުރުވާފަ ޓުރަމްޕް ރީތި ލަގާއެއް ކިމް އަށް ދޭނެ..

  3. ހުސޭނުބޭ

    އުތުރު ކޮރެޔާ އަންހެނުން ޓްރަމްޕަށް ސަޕްލައިކޮށްދޭން އެއްބަސްވީ!

  4. މަހަށްދޭބަލަ

    ކޮބާ ޓްރަމްޕޭ ސޮއި ނުކޮށް ހުރެވުނުތޭ ނޫން ނުހުރެވުނު ދޯ. ހުރެވުނުތޭ ނޫން ނުހުރެވުނު ދޯ. ހުރެވުނުތޭ ނޫން ނުހުރެވުނު ދޯ. ހުރެވުނުތޭ ނޫން ނުހުރެވުނު ދޯ. ހުރެވުނުތޭ ނޫން ނުހުރެވުނު ދޯ. ހުރެވުނުތޭ ނޫން ނުހުރެވުނު ދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް. ދެން ތަމެން އެމެރިކާ މަޙަށް ދޭބަލަ މަހަށް މަހަށް މަހަށް މަހަށް ދޭބަލަ..