އެމެރިކާ ފުލުހަކު އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖެއްގެ ގަޔަށް ބަޑި ޖަހައި މަރާލައިފިއެވެ.

ސީއެންއެންގެ ރިޕޯޓްތައް ބުނާގޮތުގައި އެމެރިކާ ފުލުހަކު އާދަމް ޓޮލެޑޯ ނަމަކަށް ކިޔާ ކުއްޖެއްގެ ގަޔަށް ބަޑި ޖަހައި މަރާލާފައިވަނީ ކުއްޖާގެ އަތުން "ބަޑި" އެއް ފެނުމާއި ގުޅިގެންނެވެ.

އާދަމް މަރާލާފައިވާއިރު، ފުލުހުން ވަނީ އެކަމުގައި ޝާމިލު ވެފައިވާ އުމުރުން 34 އަހަރުގެ އެރިކް ސްޓިލްމަންގެ ހަށިގަނޑުގައި ހަރުކޮށްފައިވާ ކެމެރާގެ ވީޑިއޯ އާންމު ކޮށްފައެވެ. އެ ވީޑިއޯއިން ފެނިގެން ދަނީ ކުއްޖާ ފުލުހުންގެ މީހާއަށް އަތުނުވެ ދުވާ މަންޒަރެވެ. އޭގެ ފަހުން އަތުގައި އޮތް ލައިޓުން އަލި ކުރަން ފެށުމުން ކުއްޖާ ވަނީ ވަކި ހިސާބަކަށް މަޑު ކޮށްފައެވެ.

ކުއްޖާ މަޑު ކުރިތާ އިރުކޮޅެއް ނުވަނީސް ފުލުހުންގެ އޮފިސަރު ކުއްޖާގެ ގަޔަށް ބަޑި ޖެހި މަންޒަރު ވެސް ވީޑީއޯއިން ވަނީ ފެނިގެން ގޮސްފައެވެ.

މިހާދިސާ އާއި ގުޅިގެން ފުލުހުން ބުނެފައިވަނީ އާދަމްގެ އަތުން ބަޑިއެއް ފެނުނު ކަމަށާއި އެ ބަޑި ފަހުން ފެނިފައިވަނީ އެތަނުގައި ހުރި ފެންސެއްގެ ފަހަތުން ކަމަށެވެ. އެހެން ނަމަވެސް އެކުއްޖާގެ ގަޔަށް ބަޑި ޖަހާފައިވަނީ އޭނާގެ އަތުން ބަޑި ފެނުމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިކަމާއި ގުޅިގެން އާދަމްގެ އާއިލާއާއި ހަވާލާދީ ވަކީލު ބުނެފައިވަނީ އޭނާގެ ގަޔަށް ބަޑި ޖެހިއިރު، އޭނާގެ އަތުގައި ބަޑިއެއް ނެތް ކަމަށެވެ. އަދި އެސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ ފުލުހުން ބުނެފައިވަނީ 8 ފަހަރު ބަޑި ޖަހާފައިވާ ކަމުގެ އަޑު އިވުނު ކަމަށެވެ. އެހެންނަމަވެސް އޭނާގެ ގަޔަށް ޖަހާފައިވަނީ ކިތަށް ވަޒަން ކަމެއް ހާމަ ކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޖާބެ

    ޑިމޮކްރަސީގެ އަދި އަދުލު އިންސާފުގެ ނަމޫނާ

    11
    1
  2. އޭނާް

    ތިދެން އެމެރިކާ މީހުންގެ ވަ އްތަރު. މަށަކުވާ ހަ އިރާނެ އް ނުވޭ. އެމީހުންނަކީ މުޅި ދުނިޔޭގާވާ އެތަށް ބިމަކަށް އަރާ ފޭރިގަނެ އެތަ އް ހާސް ބަޔަކު މަރަމުންވެސް ތިމަންނާމެން މިކަން މިކުރަނީ ޓެރަރިޒަމް އާ ދެކޮޅަ އް ކަމަށް ބުނެ ދަޢުވާ ކުރާމީހުން... އިންސާފު ޤާ އިމްކުރާށޯ ކުށެ އްނެތް އެތަ އް ލަ އްކަ ބަޔަކު މަރާ އަޅަނީ..

    17
  3. ވާދޫ

    އިންސާނީ ހައްޤުގެ އެހެން ލެވެލްއެއް މަތިވެރި ޑިމޮކްރަސީ އަށް މަރުހަބާ

  4. އިބިލީސް

    އެންމެންގެ ލޯބިވާ އެމެރިކާ. ނުބެހޭކަށް ކަމެއް ނޯވޭ. ފުރަތަމަ ޤައުމު ހަމަޔަކަށް އަޅުވަން މިބައިގަނޑު އުޅުނިއްޔާ މާ ރަގަޅެއްނު. ރޭސިސްޓީވެސް އިންތިހާ އަށް. ދޮން މީހަކަށް ނޫނީ މަގުމަތީ ހިގާލެވޭކަށް ނޯވޭ. އެކަމަކު އެންމެންވެސް އެންމެ ނަމޫނާ ކަމަށް ބަލާ ގަައުމު. އަހަރެންނަށް ވަރިހަމަ ތިވައްތަރު ޑިމިކޮރޮސީ އާއި އިންސާފު ދުވަހަކު މިގައުމަށް ނަޔަސް