ފަލަސްތީނު ރައްޔިތުންގެ އަސަރުގަދަ ސިޓީއެއް ކެނެޑާ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ އަށް އަރުވައިފިއެވެ.

މި ސިޓީ ފަށަމުންވެސް ވަނީ ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަަށް އިސްރާއިލުން ހިންގަމުންދާ އަނިޔާވެރި ގަތުލުއާންމު ކުއްވެރި ނުކުރެވި އެ ގަތުލުއާންމަށް ތާއީދު ކުރަނީ ކީއްވެތޯ ކެނެޑާ ބޮޑުވަޒީރާ ސުވާލު ކުރައްވާފައެވެ.

އިސްރާއީލުން އަޅުވެތިކޮށްފައިވާ ޣައްޒާ ގައި ފަލަސްތީނުގެ ރައްޔިތުން އުޅެމުންދާ ދަތި އުނދަގޫ ހާލަތު މި ސިޓީގައި ވަނީ ވަރަށް ތަފްސީލުކޮށް ގެނެސްދީފައެވެ.

މި ސީޓީގައި ފަލަސްތީނުގެ 2 މިލިއަނެއްހާ ކުޑަކުދިންގެ ފަރާތުން ކެނެޑާގެ ބޮޑުވަޒީރަށް ވަނީ ފަލަސްތީނަށް ވަޑައިގެން ރައްޔިތުންގެ އުޅެމުންދާ ނިކަމެތި ހާލަތު ބެއްލެއްވުމަށް ދައުވަތު ދީފައެވެ.

ބައިނަލްއަގްވާމީ މަޝްރަހުގައި ފަލަސްތީނަށް މިނިވަންކަމެއް ނުވަތަ އިންސާފެއް ލިބޭ ކޮންމެ ކަމެއްގައި ފެނިގެންދަނީ ކެނެޑާއިން އެކަމާއި ދެކޮޅަށް މަސައްކަތްކުރާ ތަން ކަމަށާއި މިއީ، ފަލަސްތީނު ރައްޔިތުންގެ އިތުރުން، މިނިވަންކަމާއި އަމަންއަމާންކަަމަށް ލޯބިކުރާ ކެނެޑާ ރައްޔިތުންނަށް ކުރެވޭ ބޭއިންސާފެއް ކަމަށްވެސް މި ސިޓީގައިވެއެވެ.

ކެނެޑާގެ ސަރުކާރަކީ ފަލަސްތީނާއި ދެކޮޅު ސަރުކާރަކަށްވީ ނަމަވެސް، ކެނެޑާގެ ގިނަ ރައްޔިތުންނަކީ ސަރުކާރުގެ މިފަދަ ނިންމުންތަކަށް ތާއީދުކުރާ ބައެއް ނޫންކަމަށާއި އަދި، މީގެ ހެކިތައް ކެނެޑާ ރައްޔިތުން ކުރިއަށް ގެންދާ މުޒާހަރާތަކުގައި ފެންނަކަމަށްވެސް ސިޓީގައިވެއެވެ.

ފަލަސްތީނު މީހުންގެ ބިމަށް ގަދަކަމުން ވެރިވެގެން ތިބި އިސްރާާއީލް ސިފައިން ދަނީ ބަޑިން ހަމަލާދީ މުޒާހަރާގެ ގިނަ ބައިވެރިންނެއް ޝަހީދުކޮށްލާ ގިނަ ބަޔަކަށް ބޮޑެތި ޒަޚަމްތަކެއް ދެމުންނެވެ. މިހާރު ފެށިގެން އުޅޭ މުޒާހަރާ ކުރިޔަށް ދާތާ 2 މަހަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، މިހާތަނަށް އިސްރާޢީލް ސިފައިންގެ ރަޙުމް ކުޑަ ހަމަލާތަކުގެ ޝިކާރައަކަށްވެ، ޖުމްލަ 140 މީހުންވަނީ ޝަހީދުވެފައެވެ. އަދި 13،000 އަށްވުރެ ގިނަ މީހުންނަށްވަނީ ބޮޑެތި ޒަހަމްތަކެއް ލިބިފައެވެ.

އެމެރިކާ އެމްބަސީ ގުދުސްގައި ހުޅުވި ދުވަސްކަމަށް މެއިމަހުގެ 14 ވަނަ ދުވަހު އެކަނިވެސް އިސްރާއީލުން ފަލަސްތީނުގެ 65 މީހުން ޝަހީދު ކޮށްލާފައި ވެއެވެ. އަދި އެތައްހާސް އާންމުން ޒަޚަމްކޮށްލާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރަށްދު

    އަންނީގެ އެންމެއެކުވެރިގައުމު

  2. އީވާ

    ކޮންމެ ގައުމެއްގައުވެސް ޔަހޫދީންގެ އެޖެންޓުބް ތިބޭ އަދި އެމީހުން އެގައުމު ތަކުގެ ވެރިކަށް ގެނައުމަށް އެމެރިކާއި ގުޅިގެން މަސައްކަތްކުރޭ

  3. ޙުސައިން މ. މުލި

    ތި ކެނެޑާ ހިތައް ނާރާނެ ތަށަށް ކިޔަނީ މަރިޔަނބޭވެސް ތިވެސް ހަމަ އެހާ ނުބައި ބައެއް

  4. ނަކްބާ

    ބޭކާރު ކަމެއް. ލަނޑަޔާ ވާނީ ލަނޑަޔާ..!