އިންޑިއާގެ މުމްބާއީގައި އުމުރުން 14 އަހަރުގެ ކުޑަފިރިހެން ކުއްޖަކު އޭނާގެ ދައްތައަށް ޖިންސީ ގޯނާކޮށް ރޭޕްކުރި މައްސަލައެއް ބަލަން ފަށައިފިއެވެ.

މިމަހުގެ 6 ވަނަ ދުވަހު ފުލުހުންނަށް މި މައްސަލަ ރިޕޯޓްކޮށްފައިވާއިރު ރޭޕްކުރި އަންހެން ކުއްޖާގެ އުމުރަކީ 16 އަހަރެވެ. އޭނާ ރޭޕްކޮށްލާފައި ވަނީ މުމްބާއީގައި އެ ދެކުދިން ދިރިއުޅޭ ގޭގައި ކަމަށްވެސް އޮފިޝަލުންނާއި ހަވާލާދީ މީޑިއާ ރިޕޯޓްތަށް ބުނެފައިއެވެ.

16 އަހަރުގެ ދައްތައަށް ޖިންސީ ގޯނާކޮށް ރޭޕްކުރި ވަގުތަކީ އެގޭގައި އިތުރު މީހަކު ނެތް ވަގުތެއް ކަމަށާއި، މި ހާދިސާގެ ތެރެއިން އެ އަންހެން ކުއްޖާއަށް އެކި ވަރުގެ އަނިޔާތަށް ދީފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

މުމްބާއީގެ ޖުވެނައިލްސް އޮބްސަވޭޝަން އިން މި މައްސަލަ މިހާރު ބަލަމުންދާއިރު ރޭޕް ކޮށްލި އަންހެން ކުއްޖާ ބަނޑުބޮޑުވެފައިވާ ކަމަށް ޑޮކްޓަރުން ބުނެއެވެ. ރޭޕްގެ ހާދިސާއަށް ފަހު އަންހެން ކުއްޖާގެ ބަނޑުގައި ރިއްސާތީ ޑޮކްޓަރަށް ދެއްކުމުން މެޑިކަލް ރިިޕޯޓްތަކެއް ހެދުމުން ބަނޑުބޮޑުކަން ކަށަވަރު ވެފައިވާ ކަމަށް އެ އަންހެން ކުއްޖާގެ އާއިލާއާއި ހަވާލާދީ އިންޑިއާގެ ނޫސްތަކުން ބުނެއެވެ.

މި މައްސަލަ މިހާރު އިތުރަށް ތަހުޤީޤު ކުރަމުންދާއިރު، މިދިޔަ ހަފްތާގެ ތެރޭގައިވެސް އިންޑިއާގައި ކުޑަކުއްޖަކު ދެ އަހަރުގެ އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށްލާފައި ވެއެވެ. އިންޑިއާއަކީ މުޅި ދުނިޔޭގެ ނިސްބަތަށް ބަލާއިރުވެސް ރޭޕްގެ މައްސަލަތައް އެންމެ ގިނަ އެއްގައުމެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހާހާޙާހުހީ

    ސާބަހޭ އިންޑިޔާ !

  2. އޭއާރް

    ބޮޑެތި އެއްޗެހި އެކަން ކޮށްކޮށްފަ އަދި ނުވެގެން ކުޑަ ކުދިންނަށް ވެސް އެމަގު ދައްކާދީފަ ދޯ ބަހައްޓަނީ.ކީކޭ ދޯ ބުނާނީ.

  3. ނަ

    ލިވިންގް ޑެޑްސް