ހައްދުފަހަނައަޅާފައިވާ އިސްރާއިލްގެ ޔަހޫދީން، ޣައްޒާގެ މުސްލިމުން ދިރިއުޅޭ ސަރަޙައްދުތަކަށް ޙަމަލާދެމުން އެބަދެއެވެ.

ރިޕޯޓްތައް ބުނާގޮތުން އިސްރާއިލް ސިފައިން ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދެމުން އަންނަނީ ރެއިން ފަށައިގެންނެވެ. މި ޙަމަލާތައް މިރޭވެސް ދެމިގެންދާއިރު އިސްރާއިލް އިން އަންނަނީ ޙަމަލާތައް އިތުރަށް ވަރުގަދަކޮށް ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ނުރައްކާ ކުރިމަތި ކުރަމުންނެވެ.

އިސްރާއިލް އިން ބުނެފައިވަނީ ޣައްޒާއަށް ޙަމަލާ ދެމުންދަނީ އެ ސިޓީގައި އުޅޭ ޙަމާސް ޖަމާޢަތުގެ ސިފައިންނަށް އަމާޒުކޮށް ޢާންމުން ދިރިނޫޅޭ ސަރަޙައްދުތައް ބެލުމަށްފަހު ކަމަށެވެ. ނަމަވެސް މިހާތަނަށް އިސްރާއިލްގެ ގިނަ ޙަމަލާތައް އަމާޒުކުރަމުން ދަނީ ޣައްޒާގެ ޢާންމުންގެ ގެތައްވެސް ހުރި ސަރަޙައްދުތަކަށެވެ.

ނޫސްތައް ބުނާގޮތުން އިސްރާއިލް އިން މިރޭ އަންނަނީ ޣައްޒާއަށްވައިގެ މަގުން ގިނަ ޙަމަލާތަކެއް ފޮނުވަމުންނެވެ. އިއްޔެ މި ޙަމަލާތައް ދޭން ފަށާފައި ވަނީ އިސްރާއިލްގެ ސަރަޙައްދަކަށް ހަމާސް އިން ރޮކެޓް ހަމަލާއެއް ދޭން އުޅުނުކަމަށް ބުނެއެވެ.

ފަލަސްތީނުގެ ނޫސް އިދާރާއަކުން ރިޕޯޓްކޮށްފައި ވަނީ އިސްރާއިލްގެ ޙަމަލާތަކުގެ ސަބަބުން ޣައްޒާގެ މުސްލިމުންގެ ގިނަ ޢަދަދެއްގެ ދަނޑުބިންތައްވެސް އަނދައި އަޅިޔަށް ވެފައިވާ ކަމަށެވެ. މި ޙަމަލާތަކަކީ މުސްލިމުންނަށް އަނިޔާދިނުމުގެ ގޮތުން ދެމުންދާ ޙަމަލާތަކެއް ކަމަށް އެ އޭޖެންސީން ބުނެފައި ވެއެވެ.

އިސްރާއިލްގެ ހައްދުފަހަނައަޅާފައިވާ ޔަހޫދީ ވެރިން ފަހަތުގައި ތިބެގެން މުސްލިމުންނަށް ނުރައްކާ ކުރިމަތިކުރަމުންދާތާ މިހާރު 14 ވަރަކަށް އަހަރުވީ އެވެ. މި މުއްދަތުގައި ފަލަސްތީނުގެ ބިމުން ބޮޑުބައެއް ފޭރިގަނެ އިސްރާއިލް ސިފައިން މެދުވެރިކޮށް ޔަހޫދީ ވެރިން އަންނަނީ ފަލަސްތީނުގެ ބިމުގައި ބޮޑެތި ލޭއޮހޮރުވުންތައް ހިންގަމުންނެވެ. މި ޖަރީމާތަކުގައި މިހާތަނަށް ގިނަ ޢަދަދެއްގެ މުސްލިމުން ޝަހީދުކޮށްފައި ވެއެވެ.

އިސްރާއިލް ސިފައިން ކޮންމެ ރަމަޟާން މަހަކާއި ދިމާކޮށްވެސް ފަލަސްތީނަށް ޙަމަލާ ދިނުމަކީ ޢާންމު ކަމެކެވެ. އަދި މުސްލިމުން ފާހަގަކުރާ ޢީދުތަކާއި އެނޫންވެސް އެފަދަ ބޮޑެތި ދުވަސްތަކާއި ދިމާކޮށް މުސްލިމުންގެ ލޭއޮހޮރުވުމަކީ ޔަހޫދީން ސިލްސިލާކޮށް ހިންގަމުންދާ ޖަރީމާއެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އެހެން

    ތި އިޒްރޭލް މީހުންން ހަނދާން ނެތުނީ ދޯ ގަރުމަނުން
    ހެދިގޮތް ހަމަ އެގޮތް ތިޔަނުލަފާ މީހުންނަ އް ދަކަވާންދޭވް

    10
    1
  2. މުޖޫ

    މުސްލިމުން މެރުމަކީ ޔަހޫދީން ކުޅޭ ކުޅިވަރަކަށް ހަދައިފި...ފޫހިވީމަ ފޫހިފިލުވަން މުސްލިމުން މެރުން ހަދައިފި...މިކަން ހުއްޓުވޭނެ ގޮތެއް ހޯދާކަށް މުސްލިމް ވެރިންގެ އެއްވެސް ބަޔަކު މަސައްކަތެއް ނުކުރޭ

    15
    2
  3. ޙަފޯ

    ކޮން ފަދަ މުސީބާތެއް މި ޔަހޫދީ ބައިގަޑާހެދި، ކޮންމެ ރޯދަމަހަކާ ދިމާކޮށް އެތައް ސަތޭކަ މުސްލިމުން މަރަމުން މިދާ ޔަހޫދީ ބައިގަނޑު މި ބިންމަތީގައި ނިކަމެތިކުރައްވާ މުސްލިމުންނަށް ނަސްރު ދެއްވާފާންދޭވެ

    24
    1
  4. އަލްޖިބްރާ

    ޕަލަސްތީނުވެސް މާ ކަންތަ އް ފަލަ އީ. ރޮކެޓާ މިސަ އިލް ފޮނުވަންވޭވި އްޔަ. ޙަމާސް ނަ އްތާލަ އިން ސުލްހަވެރިކޮށް ޕަލަސްތީނާ އިޒްރޭލް އޮންނާނީ

  5. ޔަހޫދީން

    އިޒުރޭލާ ގުޅުން ބާއްވާނީޔަހުދީން

  6. ކަރާ ބަނޑޭ™

    ހުރިހާ ވެސް މައްސަލަ އަކީ ސައޫދީ ރަސްގެފާނުގެ