ޗައިނާގެ އާއިލާތަކަށް ދެކުދިންނަށް ވުރެ ގިނައިން ކުދިން ހޯދުން މަނާކުރާ ގާނުނު ނިމުމަކަށް ނުގެނެސްފި ނަމަ ކުރިޔަތް އޮތް ފަސް އަހަރު ދުވަސް ތެރޭގައި 10 މިލިއަނަށް ވުރެ ދަށަށް އަލަން އުފަންވާ ކުދިންގެ އަދަދު ހިނގައިދާނެ ކަމަށް ތަޖުރިބާކާރުން ބުނަން ފަށައިފިއެވެ.

ޗައިނާގެ ފައިނޭންޝަލް ނޫސް ކޮންފަރެންސްއެއްގައި ވާހަކަ ދައްކަވަމުން ޕޮޕިއުލޭޝަން ޑިވެލޮޕްމެންޓް އެކަޑަމީގެ ޑިރެކްޓަރ ޑޯންގް ޔުޒްހެންގް ވިދާޅުވީ ކުރިޔަތް އޮތް ދުވަސް ތަކުގައި ޗައިނާގެ އާބާދީ ވަރަށް ބޮޑަށް މަދުވެގެން ގޮސްދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ޗައިނާއަށް ކުދިން އުފަންވާ އަދަދު 580،000 ގައި ހުރެފައި 2019 ވަނަ އަހަރު ވަނީ 14 މިލިއަނަށް ދަށް ވެފައެވެ. މިދިޔަ އަހަރު އައިސްފައިވާ ބަދަލެއް އަދި ހޯދިފައެއް ނުވެއެވެ. ޗައިނާގައި ކުދިން އުފަންވާ މިންވަރު ދަށް ވުމަކީ ކަންބޮޑުވާންވީ ކަމެއްގެ ގޮތުގައި ބައެެއް މީހުން ފާހަގަ ކުރެއެވެ. މީހުން މުސްކުޅިވެ، ގައިބާރު ދެރަވާ ދުވަހު އަޅާލާނެ މީހެއް ނެތުމަކީ ކަން މިހެން ވާނަމަ ވެދާނެ ކަމެއްގެ ގޮތުގައި މީހުން ފާހަގަ ކުރެއެވެ.

ޕަބްލިކް ސެކިއުރިޓީ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން 2019 ވަނަ އަހަރު ކުދިން އުފަންވާ އަދަދު 11.79 މިލިއަންގައި ހުރެފައި 10.35 މިލިއަނަށް މިދިޔަ އަހަރު ދަށް ވެފައިވެއެވެ. މިނިސްޓްރީ އިން ބުނެފައިވަނީ މި ޑޭޓާގައި އެގައުމުގެ ވަކި ހިސާބުތަކެއްގައ އުފަންވާ ކުދިން ގުނިފައި ނުހުރެދާނެ ކަމަށެވެ. އެހެންކަމުން، މިދިޔަ އަހަރު އުފަންވި ކުދިންގެ އަދަދު ހިމެނިފައިވާނީ 10 މިލިއަނާއި 14 މިލިއަނާއި ދޭތެރޭ އަދަދެއްގައި ކަމަށް ބެލެވޭ ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު