އިންޓަނޭޝަނަލް ސްޕޭޗް ސްޓޭޝަނުގެ ތިން މެމްބަރުން ރައްކާތެރި ކަމާއި އެކު އެނބުރި ދުނިޔެއަށް އިއްޔެ އަތުވެއްޖެއެވެ.

ދި ސޯޔުސް ސްޕޭސް ކްރާފްޓުން ޖައްވީ އިދާރާގެ ތިން އެސްޓްރައުޓުން ގޮވައިގެން ދަތުރުކޮށް ކާޒަހްސްތާނަށް ޖައްސައިފިއެވެ. އޭގެ ތެރޭގައި މައިކްރޯބިއޮލޮޖިސްޓް ކޭޓް ރުބިން އާއި ރަޝިއާގެ ކާޒްމުނައުޓް ރޭޒްހިކޮވް އަދި ކުޑް ސްވާޗްކޯ ހިމެނެއެވެ. ކާޒްމުނައުޓުންނަކީ ރަޝިއާގެ ސްޕޭސް އެޖެންސީއިން ޖައްވުގައި މަސައްކަތް ކުރުމަށް ތަމްރީނުކޮށް ވަކި ހާއްސަ ސެޓްފިކެޓެއް ދީފައިވާ ބައެކެވެ. 185 ދުވަހުގެ މަސައްކަތެއް ނިންމުމަށް ފަހު ތިން މީހުން ވެސް ހުކުރު ދުވަހު އެނބުރި ދުނިޔެއަށް މި ވަނީ އައިސްފައެވެ.

.މި ތިން މީހުން ސްޕޭސް ސްޓޭޝަނުގައި އުޅެމުންދަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ މެދުތެރެއިން ފެށިގެންނެވެ.

ކާޒްމުނައުޓުން ރަޝިއާގެ ސްޓާ ސިޓީގައި ހުންނަ ޓްރެއިނިންގް ބޭސްގައި މަސައްކަތް ކުރަން ފަށާއިރު، ރުބިން ދަނީ އެނބުރި އޭނާގެ ގައުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. މިއީ ރުބިން ސްޕޭސް ސްޓޭޝަނަށް ކުރި ދެވަނަ ދަތުރެވެ. މާނަ އަކީ އޭނާ މިހާރު އެތަނުގައި 358 ދުވަސް ހޭދަ ކޮށްފައިވާ ކަމެވެ. ދެވަނަ ދަތުރުގައިި ރުބިންއަށް ސްޕޭސް ސްޓޭޝަނުގައި ކުރެވުނު ތަޖުރިބާ ތަކުގެ ތެރޭގައިި 100 ގަޑި އިރު އެތަނުގައި މަސައްކަތް ކުރުމުގެ އެކްސްޕެރިމެންޓް ހިމެނެއެވެ. ރުބިން އަކީ 2016 ވަނަ އަހަރު ނިއުކްލިކް އެސިޑް ހުރިތޯ ބެލުމަށް ޓެސްްޓު ކުރި ފުރަތަމަ މީހާއެވެ. އޭގެ ސަބަބުން ސްޕޭސްގައި އުޅޭއިރު ނުރައްކާތެރި މައިކްރޯބްސްއެއް އުފެދޭނަމަ ދެނެގަނެވޭނެއެވެ.

ދުނިޔެ އާއި ވަކިން ހަދާފައިވާ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނުގައި ރަޝިއާ، ޖަޕާން އަދި އެމެރިކާއަށް ނިސްބަތްވާ 100 އަށް ވުރެ ގިނަ އެސްްރޮނައުޓުން މަސައްކަތް ކުރަމުންދެއެެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކުޅުދުއްފުށީމޭން

    "ދުނިޔެ އާއި ވަކިން ހަދާފައިވާ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނުގައި ރަޝިއާ، ޖަޕާން އަދި އެމެރިކާއަށް ނިސްބަތްވާ 100 އަށް ވުރެ ގިނަ އެސްްރޮނައުޓުން މަސައްކަތް ކުރަމުންދެއެެވެ. " ސްޕޭސް ސްޓޭޝަންގެ ކެޕޭސިޓީ އަކީ 6 ނޫނީ 7 މީހުން ، އެތާ އެއްވަގުތެއްގައި 6 ނުނީ 7 މީހުންނަށް

    2
    1