ވެންސާ ކާލަސްގެ ތެރެއަށް ވެރިވެފައި ވަނީ ހަމަހިމޭންކަމެވެ. އެކަނިވެރިކަމެވެ. ހިތާމަވެރިކަމެވެ. ޕްރިންސް ފިލިޕްގެ ޖަނާޒާ ކުރިއަށް ދިޔައި ރާނީ އެލިޒަބަތު އިންނެވީ ވަކިންނެވެ. ކޮވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެކަމަނާގެ އަރިހުގައި އެއްވެސް ބޭފުޅަކު ނެތެވެ.

ޕްރިންސް ފިލިޕްގެ ޖަނާޒާގައި މިއަދު ބައިވެރިވީ ވަރަށް ގާތް ރަހުމަތްތެރިންނާއި އާއިލާ މެންބަރުން ހިމެނޭހެން 30 ބޭފުޅުންނެވެ. އާއްމު ގޮތެއްގައި ޝާހީ އާއިލާގެ ބޭފުޅުންގެ ޖަނާޒާގައި 800 ވަރަކަށް މީހުން ބައިވެރިވި ނަމަވެސް ކޮވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން މިއަދު ގިނަ ބަޔަކަށް ޖަނާޒާގައި ބައިވެރިއެއް ނުވެވުނެވެ.

ނަމަވެސް ޖަނާޒާ ފެށީ މުޅި އިނގިރޭސިވިލާތުގައި ހިތާމަފާޅުކުރުމުގެ ގޮތުން އެއްމިނެޓްގެ ސުކޫތެއް ގެނެސްފައެވެ.

ޗާޗްގެ ތެރެއަށް ޕްރިންސްގެ ފިލިޕްގެ ސަންދޯއް ވެއްދުމުން އެންމެ ފަހުގެ އިހްތިރާމް އަދާކުރެއްވުމުގެ ގޮތުން ރާނީ އެލިޒަބަތު ކޮޅަށް ތެދުވަވަޑައިގެންނެވިއެވެ. އޭރު ރާނީ އެލިޒަބަތުގެ ލޯފުޅުން ވަނީ ކަރުނަ ހިލިފައެވެ.

ޕްރިންސް ފިލިޕް އަކީ ރާނީ އެލިޒަބަތު ހަމައެކަނި ލޯބީގެ ގޮތުން ގުޅުނު ބޭފުޅާ ވެސް މެއެވެ. ރާނީގެ އުމުރުފުޅުން އެންމެ 13 އަހަރުގައި ފެށުނު އެގުޅުން ކައިވެންޏަކާއި ހަމައަށް ދިއުމަށް ވެސް މާގިނަ ދުވަހެއް ނުނެގިއެވެ. ޕްރިންސް ފިލިޕް އަވަހާރަވިއިރު ދެކަނބަލުންގެ ކައިވެންޏަށް 73 އަހަރު ވެއްޖެއެވެ.

ޕްރިންސް ފިލިޕް އާއި ރާނީ އެލިޒަބަތު އެންގޭޖްވެ ވަޑައިގެންނެވީ 1947 ވަނަ އަހަރުގެ ޖުލައި 09 ވަނަ ދުވަހުއެވެ. އަދި އެއަހަރުގެ ފަހުކޮޅު ދެކަނބަލުން ކައިވެނި ބައްލަވައިގެންނެވެ. ކައިވެނީގެ ރަސްމިއްޔާތުގައި 2000 މެހެމާނުން ބައިވެރިވިއެވެ.

ޕްރިންސް ޗާލްސް، ޕްރިންސެސް އާން، ޕްރިންސް ވިލިއަމް، ޕްރިންސް ހެރީ، ޕްރިންސް އެންޑްރޫ އަދި ޕްރިންސް އެޑްވާޑް ޖަނާޒާގައި އިސްކޮށް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މޫސަބޭ

    ރާނީ އާ އަ އި ފިރިކަލުންނަކީ ދެބެން ދެދަރި ދެބޭފުޅުންނެވެ. އެހެންކަމުން މި ދެމަފިރިންގެ އެލޯބީގެ ޙަޔާތަކީ ެެއެތަ އެއްގޮތަކުން ނަމޫނާ ދިރި އުޅު އްވުމެކެވެ.
    އ

    13
    5
  2. ޒަމީރު

    އެކުވެރިން/ ލޯބިވެ އުޅުނު މީހުން އެދުވަހުން އެއް ބަޔަކު އަނެއް ބަޔަކަށް ވާހުށީ ޢަދުއްވުން ކަމުގައެވެ. ތަގުވާވެރިން މެނުވީ އެވެ.
    ޒުޚްރުފ 67 ވަނަ އާޔަތް.

    މުސްލިމުންނާ ދެކޮޅަށް ކަލޭމެން ރޭވި ޖަރީމާ ތަކުގެ ޒިންމާ ނަގަން ޖެހޭ ދުވަސް އެބޮތް. ދުދުނިޔޭގެ އެކި ގައުމުތަކުގެ މުއްސަނދިކަން ފޭރިގަނެގެން ދުނިޔޭގަ އުފަލުގަ އުޅެވިއްޖެ އެއްނު ލައްކަ ދުވަހު،

    27
    5
  3. ކުޑޭ

    މި ޒަމާނުގައި 13 އަހަރު ގެ އަންހެން ކުއްޖަކާއި ލޯބީގެ ގޮތުން ގުޅުން ބަހައްޓައިފިނަމަ ބުނާނީ ޖިންސީ ގޯނާ ކުރީއޭ. ރޭޕްކުރީއޭ. ޕްރިންސް ފިލިފޭ ނަސީބު ރަނގަޅުކަމުން މި ހަޑި ހުތުރު އިލްޒާމުން ސަލާމަތް ވެއްޖެ.

    27
    7