އިނގިރޭސި ވިލާތުގެ ބޮޑު ވަޒީރު، ބޯރިސް ޖޯންސަން ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގަންނަވަން ނިންމައިފިއެވެ.

ބޮޑުވަޒީރު އިންޑިއާ އަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އަންނަ ހޯމަ ދުވަހުއެވެ.

ޖޯންސަން ބޮޑުވަޒީރު ކަމާ ހަވާލުވެ ވަޑައިގެންނަވީ 2019 ވަނަ އަހަރުގައެވެ. މިއީ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މިއީ މި އަހަރުގެ ޖެނުއަރީ މަހު ކުރައްވަން ތާވަލް ކުރެވުނު ދަތުރެކެވެ.

ނަމަވެސް، އިނގިރޭސި ވިލާތުގެ ހާލަތު ހުރި ގޮތުން ދަތުރު ފަސް ކުރެެއްވީއެވެ.

ޖޯންސަން އިންޑިއާ އަށް ވަޑައިގަންނަވާ އިރު، އިންޑިއާގެ ހާލަތު ވެސް އޮތީ ވަރަށް ގޯސްކޮށެވެ. އިންޑިއާގައި ވަރަށް ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރެމުންދާތީ ޖޯންސަން ކުރިން ރޭއްވެވި ހަތަރު ދުވަހުގެ ދަތުރު ވަނީ އެއް ދުވަހުގެ ދަތުރަކަށް ބަދަލު ކުރައްވައިފައެވެ.

އިންޑިއާއެކޭ އެއްގޮތަށް އިނގިރޭސި ވިލާތުގައި ވެސް ކޮވިޑް-19 ގެ ބަލިމަޑުކަން އިންތިހާ އަށް އެބައޮތެވެ. ގައުމުގެ އިގްތިސާދު ވެސް ވަނީ ބަލިކަށިވެފައެވެ.

ޖީންސަންގެ މި ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލް ކުރައްވާއިރު، ދެގައުމުގެ ދެމެދުގައި ވާހަކަ ދެއްކުމަށް ހަމަޖެހިފައި ވަނީ އިގްތިސާދު ހަރުދަނާ ކުރުމަށާއި، އަސްކަރީ، ސިއްހީ ދާއިރާގެ ގުޅުން ބަދަހި ކުރުމާ ގުޅޭ ގޮތުންނެވެ. އޭގެ އިތުރުން ދުނިޔޭގެ ފިނި ހޫނުމިނަށް އަންނަމުންދާ ބަދަލު ފަދަ ތިމާވެއްޓާ ގުޅުންހުރި މައުލޫތައް ވެސް ހިމެެނެއެވެ.