ހުކުރު ދުވަހު ޖައްވީ އިދާރާއިން ވަނީ ހަނދަށް ދިޔުމަށް ބޭނުންވާ އުޅަނދު އުފައްދާނެ ފަރާތެއް ހޮވުމުގެ ކޮންޓްރެޓް އީލަން މަސްކްގެ ސްޕޭސް އެކްސް ކާމިޔާބު ކޮށްފިއެވެ. މިއީ އެޕޯލޯ މިޝަންގެ ފަހުން ފުރަތަމަ ފަހަރަށް އެސްޓްރޮނައުޓުން 2024 ވަނަ އަހަރު ހަނދަށް ދިޔުމަށް އެމެރިކާ މީހުން ފަންޑު ކޮށްގެން ފަށާފައިވާ އާޓެމިސް ޕްރޮގްރާމް ބޭނުންވާ އުޅަނދެވެ.

2.9 ބިލިއަން ޑޮލަރުގެ މި ކޮންޓްރެކްޓަށް ވާދަކޮށްފައިވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު ޖެފް ބެޒޯސްގެ ބްލޫ އޮރިޖިން އާއި ނޯތްރޮޕް ގްރަމޭން އަދި ޑްރޭޕާއެވެ. ސްޕޭސް އެކްސްއަށް މި ކޮންޓްރެކްޓް ކާމިޔާބު ކުރެވިފައިވަނީ ޑައިނެޓިކްސް އާއި ވާދަކޮށެވެ.

ކޮންޓްރެކްޓް ކާމިޔާބު ވުމާއި ގުޅިގެން ސްޕޭސް އެކްސްއިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ޖައްވީ އިދާރާގެ ޕްރޮޖެކްޓުގައި މަސައްކަތް ކުރަން ލިބުމަކީ އުފަލެއް ކަމަށެވެ. ބްލޫ އޮރިޖިންގެ ބަޔާނެއްގައި ބުނެފައިވަނީ އެމީހުންނަށް މިކަމާއި ގުޅޭގޮތުން މާ ބޮޑު މައުލޫމާތެއް ލިބިފައި ނުވާ ކަމަށާއި، މިކަހަލަ މަސައްކަތް ތަކަށް އަދި ވަރަށް އާ ކަމަށެވެ. އިތުރު ކަންތައްތައް ހޯދާ ދެނެގަންނަމުން ދާކަމަށް ބްލޫ އޮރިޖިންއިން ބުނެފައިވެއެވެ. މިހާތަނަށް ޑައިނެޓިކްސްގެ ބަހެއް ލިބިފައެއް ނުވެެއެވެ.

ސްޕޭސް އެކްސް އަކީ ޖައްވީ އިދާރާއިން އެސްޓްރޮނައުޓުން ގޮވައިގެން ދަތުރު ކުރުމަށް ނެގި ދެ ކުންފުނީގެ ތެރެއިން އެއް ކުންފުންޏެެވެ. މިދިޔަ އަހަރު ދެ މިޝަންގެ ދަތުރު ކޮށްފައިވެއެވެ.

2002 ވަނަ އަހަރު އުފެދުނު ސްޕޭސް އެކްސްއިން އަންނަނީ މާސްގައި އިންސާނުން ވަޒަންވެރި ކުރުވުމަށާއި، އެތަނަށް ފަތުރުވެރިން ގިވައިގެން ދަތުރު ކުރުމުގެ މަސައްކަތް ކުރަމުނެނެވެ. ސްޕޭސް އެކްސްއިން އަންނަނީ މިކަމާއި ގުޅޭ ބޮޑެތި ސްޕޭސް މިޝަން ތަކުގެ މަސައްކަތްކޮށް އެދާއިރާގެ ތަޖުރިބާ ހޯދަމުންނެވެ.