އިންޑިއާގެ ބިހާރް ސްޓޭޓްގަައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެން ފެށުމާއެކު އެ ސްޓޭޓްގައި ރޭގަނޑުގަޑީގައި ކާފިއު އިއުލާނު ކުރުމަށް ނިންމައިފިއެވެ.

އެ ސްޓޭޓް ޗީފް މިނިސްޓަރ ނިޓިޝް ކުމާރް ވަނީ ކޮވިޑާއި ގުޅިގެން އެ ސްޓޭޓްގައި ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަން ހާމަކޮށްފައެވެ. އެގޮތުން އިރުއޮއްސި 6:00 ގެ ފަހުން ފިހާރަތަކާއި ވިޔަފާރިތައް ބަންދު ކުރުމާއި 5:00 ގެ ކުރިން ސަރުކާރު އޮފީސްތައް ބަންދު ކުރުން ހިމެނެއެވެ.

ފާއިތުވި 24 ގަޑިއިރު ތެރޭގައި ބިހާރްގައި 8،690 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. އަދި އެ ސިޓީން ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ ތިން ލައްކައަށް އަރާފައެވެ.

އަދި އެ ސްޓޭޓަށް ނިސްބަތްވާ އެހެން ސްޓޭޓްތަކުގައި މަސައްކަތް ކުރާ ހިދުމަތްތެރިން އަނބުރާ ސްޓޭޓްއަށް އައުމަށް އެދިފައި ވެއެވެ. އަދި ނިތިޝް ވަނީ ބައެެއް ސަރަހައްދުތަކުން މިހާރުވެސް ކޮވިޑް ފެންނަމުން ދާތީ ބައެއް މަސައްކަތްތެރިން އަނބުރާ ސްޓޭޓަށް އަންނަކަން ފާހަަގަކޮށްފައެވެ.

މީގެ އިތުރުން އެ ސްޓޭޓްގައި އަޅާފައިވާ އިތުރު ހަރުކަށި ފިޔަވަޅުތަކަށް ބަލާއިރު، ސިނަމާތަކާއި ޕާކްތައް ބަންދު ކުރުމާއި ރެސްޓޯރެންޓްތައް ބަންދުކޮށް ޓޭކްއަވޭ ހިދުމަތް ދިނުން ހިމެނެއެވެ.

މީގެ އިތުރުން ތަައުލީމް ފޯރުކޮށްދޭ ތަންތަން މެއި 15ގެ ނިޔަލަށް ބަންދުކޮށް، އަޅުކަން ކުރާ ތަންތަނަވެސް ބަންދު ކުރަން އިރުޝާދު ދީފައި ވެއެވެ. އަދި ނިތިޝް ވަނީ ޓެސްޓު ކުރިއަށް ނުގެންދާނެ ކަން ހާމަކޮށްފައެވެ.