ޗައިނާގެ ދިރާސާކުރާ ޓީމަކުން ދެ ވައްތަރުގެ ވެކްސިން އެއްކޮށްގެން ސަންސިކޯ ބިއޮލޮޖިކްްސް އިން އުފައްދާފައިވާ ޑޯޒެއް ޓެސްޓު ކުރަން ނިންމައިފިއެވެ.

މި މަހުގެ ކުރީކޮޅު ޗައިނާގެ ޑިސީސް ކޮންޓްރޯލް އެންޑް ޕްރެވެންޝަން ސެންޓަރުގެ ޑިރެކްޓަރ ބުނީ ވެކްސިނުގެ ބާރު ގަދަ ކުރުމުގެ ގޮތުން އެކި ވައްތަރުގެ ވެކްސިން އެއްކޮށް ޑޯޒް ހަމަކޮށްގެން ދޭން ވިސްނާ ކަމަށެވެ.

120 މީހުންނާއި އެކު ކުރިޔަށް ގެންދަން ނިންމާފައިވާ ސަންްސިކޯ ބިއޮލޮޖިކްސްއިން ތައްޔާރު ކޮށްފައިވާ 'މިކްސް' ވެކްސިން ޓެސްޓު ކުރުމުގައި ބަލާނީ ރައްކާތެރި ކަމަށާއި، ވެކްސިނުގެ ސަބަބުން އިމިއުން ސިސްޓަމަށް އަންނަ ބަދަލެވެ.

މި ޓެސްޓަކީ ޖިއަންގްސު ޕްރޮވިންސްގެ ޑިސީސް ކޮންޓްރޯލް އޮތޯރިޓީއިން ސްޕޮންސާ ކޮށްގެން ކުރިޔަށް ގެންދަން ނިންމާފައިވާ ޓެސްޓު ތަކެކެވެ. ވެކްސިން އެއް ކުރުމަށް ބޭނުން ކޮށްފައިވާ ކަމަށް ބުނެފައިވަނީ ޗައިނާއިން ތައްޔާރު ކޮށްފައިވާ ދެ ވެކްސިނެކެވެ.

ސަންސިކޯ ބިއޮލޮޖިކްސްއިން ބުނެފައިވަނީ ތަފާސް ހިސާބުތަކަށް ބަލާއިރު އެމީހުން ތައްޔާރު ކޮށްފައިވާ ވެކްސިނަކީ 68.83 އިންސައްތަ ވައިރަހުން ރައްކާތެރި ކޮށްދޭ ކަމަށް ދައްކާ ވެކްސިނެއް ކަމަށެވެ. ކޮރޯނާވައިރަހުން ރައްކާތެެރި ކޮށްދޭން ފަށަނީ ވެކްސިން ޖަހާތާ 2 ހަފްތާ ފަހުންނެވެ. ފުރަތަމަ ޑޯޒް ޖަހާތާ ހަތަރު ހަފްތާ ފަހުން ވެކްސިނުން ރައްކާތެރި ކޮށްދިނުމުގެ ބާރު ދަށްވެ، ރައްކާތެރި ކޮށްދޭ މިންވަރު 65.28 އިންސައްތައަށް ކުޑަވެއެވެ.

ޗައިނާގެ ދިރާސާ ކުރާ މީހުން ދެ ވެކްސިން ޑޯޒްގެ އިތުރުން ނޭފަތަށް ސްޕްރޭ ކޮށްގެން ނުވަތަ ވަސް ބަލައިގެން ދެވޭ ކޮވިޑް ވެކްސިންގެ ވާޝަންއެއް ޓެސްޓު ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.