ކޮވިޑް-19 ހަލުވި ކަމާއި އެކީ ފެތުރެމުން އަންނާތީ އިންޑިއާގެ ވެރިރަށް ނިއުދިއްލީ ހަ ދުވަހަށް ފުރަބަންދު ކޮށްފިއެވެ.

އިންޑިއާގެ ޗީފް މިނިސްޓްރ އާވިންދް ކެޖްރިވާ ވިދާޅުވެފައިވަނީ ދިއްލީ ފުރަބަންދު ކުރުމަށް ނިންމާފައިވަނީ ހަ ދުވަހުގެ މުއްދަތަކަށް ރޭގަނޑު 10:00 އިން ފަތިހު 5:00 އާއި ހަމައަށް ކަމަށެވެ.

ދިއްލީ ފުރަބަންދު ކުރަން ނިންމާފައިވާއިރު، އެސިޓީއަކީ ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑު އެއް ގައުމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. އެގޮތުން އިއްޔެ ވެސް ދިއްލީން 25،500 މީހަކު ކޮވިޑަށް ވަނީ ފައްސިވެފައެވެ.

އަދި ފާއިތުވި 24 ގަޑިއިރު ވެސް ދިއްލީން ފައްސިވެފައިވާ މީހުންގެ އަދަދު އުޅެނީ 23،500 އަށްވުރެ މަތީގައި ކަން ތަފާސް ހިސާބުތަކުން ދައްކައެވެ.

“ދިއްލީގެ ސިއްހީ ނިޒާމުވަނީ ވަރަށް ދަށްވެފައި. އަޅުގަނޑު ނުބުނާނަން ސިއްހީ ނިޒާމަށް ނުކަތާ ވަރު ވެދާނެއޭ. އެކަމަކު މިހާރު ކޮވިޑްގެ ހާލަތު ވަރަށް ނުރައްކާ” އާވިންދް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފުރަބަންދަކީ އޭނާ އަބަދުވެސް ދެކޮޅު ކަމެއް ކަމަށާއި އެއީ ކޮވިޑުން ރައްކާތެރިވެވޭނެ ގޮތެއް ކަމަށް ގަބޫލު ނުކުރައްވާތީ ކަމަށެވެ. އެހެން ނަމަވެސް ފެތުރޭ މިންވަރު ކޮންމެވެސް ވަރަކަށް ހުއްޓުވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

“އެހެންކަމުން މިހަފްތާގެ ފުރަބަންދުގެ ތެރޭގައި ސިއްހީ ނިޒާމު ރަނގަޅު ކުރެވޭތޯ އަޅުގަނޑުމެން ބަލާނީ” އޭނާ ވިދާޅިވިއެވެ.

ދިއްލީގައި ހަލުވި ކަމާއި އެކީ ބަލި ފެތުރެމުން އަންނައިރު، އެސިޓިގެ ހޮސްޕިޓަލްތަކުގެ އެނދުތައް ފުރި، އޮކްސިޖަން ހުސްވެ ބަލި މީހުންނަށް ފަރުވާ ދެވޭނެ ކަމުގެ ބިރު ވެސް ވަނީ ބޮޑުވެފައެވެ.