އިންޑިއާގެ ކުރީގެ ބޮޑުވަޒީރު މަންމޯހާން ސިންހް ކޮވިޑް19 އަށް ފައްސިވެ، މިހާރު ދަނީ ދިއްލީގެ ހޮސްޕިޓަލުގައި އެނދުމަތިކޮށް ފަރުވާ ދޭންފަށައިފިއެވެ. ކުރީގެ ބޮޑުވަޒީރު މަންމޯހަން ކޮރޯނާވައިރަހަށް ޓެސްޓު ކޮށްފައިވަނީ ހުން އަންނަން ފެށުމުންނެވެ.
އިންޑިއާގެ ނޫސް ތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުން ކުރީގެ ބޮޑުވަޒީރު ސިންހް ހުންނެވީ ކޮވިޑް ވެކްސިނުގެ ދެ ޑޯޒް ފުރިހަމަ ކޮށްގެންނެވެ. ކޮވެކްސިންގެ ފުރަތަމަ ޑޯޒް މާރޗް މަހުގެ 4 ވަނަ ދުވަހު ޖަހާފައިވާއިރު ދެވަނަ ޑޯޒް ޖަހާފައިވަނީ އެޕްރީލް މަހުގެ 3 ވަނަ ދުވަހުއެވެ.
ކުރީގެ ބޮޑުވަޒީރު މަންމޯހަން ކޮވިޑަށް ފައްސިވެ އެނދުމަތި ކުރެވުނު ހަބަރާއި އެކު ގިނަ ބަޔަކު އަންނަނީ އޭނާ އަށް އަވަސް ޝިފާއަކަށް އެދި މެސެޖްތައް ފޮނުވަމުންނެވެ. މިހާރުގެ ބޮޑުވަޒީރު މޯދީ ކޮށްފައިވާ ޓްވީޓެއްގައި ވެސް ވަނީ ކުރީގެ ބޮޑުވަޒީރަށް ދުޅަހެޔޮ ސިއްހަތަކާއި އަވަސް ޝިފާއަކަށް އެދޭ ކަމަށް ވިދާޅުވެފައެވެ.
އިންޑިއާގެ 13 ވަނަ ބޮޑުވަޒީރުގެ މަގާމު ފުރާފައިވާ މަންމޯހަން އިންޑިއާއަށް ބޮޑުވަޒީރުގެ މަގާމުގައި ހުންނަވައި ހިދުމަތް ކުރައްވާފައިވަނީ 2004 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރުގެ ނިޔަލަށެވެ. އިންޑިއާގައި ކޮވިޑް ވޭދަނަތައް އިތުރުވެ ކޮވިޑް ފެތުރުން ކޮންޓްރޯލުން ނައްޓައިގެން ދިޔުމާއި އެކު މަންމޯހަން ވަނީ މިހާރުގެ ބޮޑުވަޒީރު މޯދީއަށް ސިޓީއެއް ފޮނުވާފައެވެ.
މަންމޯހަން ވަނީ ކުރިޔާލާ އެންމެންނަށް ވާވަރަށް ވެކްސިން ރައްކާކޮށްފައި ބެހެއްޓުމަށް އެދިފައެވެ. އަދި ވެކްސިން ދޭން ވާނީ ދެފުއްފެންނަ އުސޫލެއްގެ މަތިން ކަމަށް ވިދާޅުވިއެވެ.
އިންޑިއާގައި މިހާރު ބޭނުން ކުރަމުންދަނީ ކޮވެކްސިން އާއި ކޮވިޝީލްޑް ވެކްސިނެވެ. ވަރަށް އަވަހަށް ރަޝިއާއިން ތައްޔާރު ކޮށްފައިވާ ސްޕަޓްނިކް ވީ ވެކްސިން ލިބޭނެ ކަމަށް އެގައުމުން ބުނެފައިވެއެވެ.
މަ ހީކުރީ މީނަ މަރުވެެްޖެ ކަމައް
މުސްލިމުންގެ ލޭބޯ ފުރޭތައެއް ނެތިކުރައްވާށި