ޖާގައިގެ ދަތިކަން ބޮޑުވެ އިންޑިޔާގެ ދިއްލީގައި ކޮވިޑަށް ފައްސިވެ މަރުވާ މީހުން ޕާކިން ލޮޓް ތަކުގައި އަންދަން ފަށައިފި އެވެ.

އަވައްޓެރި އިންޑިޔާގައި މިހާރު ފެތުރެމުންދާ ކޮވިޑްގެ އާވޭރިއަންޓްގެ ސަބަބުން ބަލި ޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރު ވެފައެވެ. ކޮންމެ ދުވަހަކު އެގައުމުން ފައްސިވާ މީހުންގެ އަދަދު މިހާރު ހުރީ ދެލައްކައަށްވުރެ މަތީގައެވެ. މިހާރު ކޮވިޑް ޖެހިގެން އިންޑިއާގައި މަރުވާ މީހުންގެ އަދަދު ހުންނަނީ ހާހަކަށްވުރެ މަތީގައެވެ. އިންޑިޔާގެ ސަގާފަތާއި އެއްގޮތަށް މަރުވާ މީހުން އެޤައުމުގައި އަންދަމުންދާއިރު އެކަންކަން ކުރާ ސަރަހައްދުތައް ފުރި ޖާގައިގެ ދަތިކަން ހުރުމާއި ގުޅިގެން ޕާކިން ލޮޓް ތަކުގައި މީހުން އެންދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިޔާ ރިޕޯޓުތައް ބުނެއެވެ.

އިންޑިޔާގައި މަރުވާ މީހުންގެ ތެރޭގައި ކޮވިޑަށް ފައްސިވެގެން މަރުވާމީހުންނާއި ކޮވިޑް ނުޖެހި މަރުވާމީހުންވެސް ޕާކިން ލޮޓް ފަދަ ތަންތަނުގައި އަންދަމުންދާކަމަށް މީޑިޔާ ރިޕޯޓުތައް ބުނެއެވެ.

މީޑިއާއަށް މައުލޫމާތު ދިން އިންޑިއާ މީހަކު ބުނީ އޭނާގެ އާއިލާގެ މެމްބަރަކު މަރުވެގެން އެންދުމުގެ ކަންކަން ކުރިޔަށް ގެންދިއުމަށް ހުއްދައަށް އެދުމުން ކަމާބެހޭ ފަރާތްތަކުން އޭނާގެ އާއިލާގެ މީހާ ޕާކިން ލޮޓުގައި އެތައް ބަޔަކާއި އެކީ އެންދުމަށް އަންގާފައިވާ ކަމަށެވެ.

މީގެ ކުރިން ދިއްލީގައި މީހުން އަންދާ ތަންތަނަށް ދުވާލަކު 14-15 މީހުން މަރުވެގެން އެންދުމަށް ގެންނަ އިރު މިހާރު 50-60 މީހުން މަރުވެގެން އެންދުމަށް ގެންނަކަމަށް މީޑިޔާ ރިޕޯޓުތައް ބުނެއެވެ. އިންޑިޔާގެ އެތައް ރައްޔިތުންނެއްގެ ކަންބޮޑުވުން މިކަމުގައި އޮތް އިރު މަރުވާ މީހުން އެންދުމުގެ މަސައްކަތް ކުރާ ފަރާތްތަކަށްވެސް ދަތިތަކާއި ކުރިމަތިލާންޖެހިފައިވާ ކަމަށް މީޑިޔާ ރިޕޯޓުތައް ބުނެއެވެ.

އިންޑިޔާގެ ވެރިރަށް ދިއްލީގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމާއި ގުޅިގެން ދިއްލީގެ ޗީފް މިނިސްޓަރ އަރްވިންދު ކެޖްރިވަލް ވަނީ ހަ ދުވަހުގެ ފުރަބަންދެއް އެ ސިޓީގައި އިޢުލާން ކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރަދީފް

    ހެހެހެހެހެ.މިވެސް ދެން ގޮތެއް.މިމީހުން ހިތުން އަންދާލީމަ ދެން ނިމުނީ.ނަމަވެސް އެއީ އަދި އެކަން އޮންނަ ގޮތެއް ނޫން.

    10
  2. މާމިގިލީ މީހާ

    ކޮބައި އިންޑިޔާއިން ހެދި މޮޅު ވެކްސިން. އޭގެ މޮޅުކަމުން ރާއްޖޭގެ ވެސް ގިނަ ބަޔަކު އެޖަހައިފި. ވީކަމެއް ހަރާން

    6
    2
  3. މާމިގިލި

    މާމިގިލީ މީހާ، ތިޔަ ބުނާ މޮޅުވެކްސިން ހުރީ ކޮންތާކު،