އެމެރިކާގައި 16 އަހަރުން މަތީގެ އެންމެންނަށް ވެކްސިން ޖެހޭނެ ކަމަށް އެމެރިކާގެ ސެންޓަރ ފޯ ޑިސީސް ކޮންޓްރޯލް އެންޑް ޕްރެވެންޝަން (ސީޑީސީ) އިން ބުނެފިއެވެ.

އުމުރުން 16 އަހަރުން މަތީގެ ދާއިމީ ބައްޔަކަށް ބޭސް ކުރާ މީހުންނާއި، ކޮވިޑް ޖެހިގެން ފުރާނައަށް ނުރައްކާ ވެދާނެ ފަދަ ބަލިމަޑު ކަމެއް ހުންނަ މީހުންނަށް ވެކްސިން ޖަހާ ފުރަތަމަ މީހުންގެ ތެރޭގައި ވެކްސިން ދޭން ވާނެ ކަމަށް އެމެރިކާގެ ސިއްހީ އެޖެންސީން ބުނެފައިވެއެވެ.

ވެކްސިން ދޭ އުމުރުފުރާއަށް ބަދަލު ގެނައި ފުރަތަަ ސްޓޭޓަކަށް ވެފައިވަނީ އަލަސްކާއެވެ. އެޔަށް ފަހު ޖޯޖިއާ އާއި، ޓެކްސަސް ގެ އިތުރުން ކެލިފޯނިއާގައި 16 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދޭގޮތަށް ވަނީ އުސޫލު ބަދަލު ކުރެވިފައެވެ.

މި މަހުގެ ކުރީކޮޅު އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ އުމުރުން 18 އަހަރުން މަތީގެ ގިނަ ބަޔަކަށް ވެކްސިން ދިނުމަށް މަސައްކަތް ފައްޓަވާފައެވެ.

ސީޑީސީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އެމެރިކާގެ އާބާދީގެ 25.7 އިންސައްތަ މީހުންނަށް ވަނީ ވެކްސިން ދެވިފައެވެ. މިހާތަނަށް އެމެރިކާގައި 209 މިލިއަން މީހުންނަށް ވެކްސިން ދެވިފައިވާއިރު 84.3 މިލިއަން މީހުންނަށް ވަނީ ވެކްސިނުގެ ދެ ޑޯޒް ދެވި ވެކްސިން ފުރިހަމަ ކޮށްފައެވެ.

ރިޕޯޓުތައް ބުނާގޮތުން އަހަރުގެ ކުދިންނަށް ދިނުމަށް ހުއްދަ ދެވިފައިވާ ކޮވިޑް ވެކްސިނަކީ ފައިޒާ ވެކްސިނެވެ. ކޮވިޑް ވެކްސިނަކީ ކުޑަކުދިންނަށް ރައްކާތެރި ވެކްސިނެއްތޯ ބެލުމަށް ވަނީ ތަހުލީލްތައް ކުރެވިފައެވެ. ނަތީޖާ އެއްގެ ގޮތުން ވެކްސިިނުގެ ސަބަބުން އެއްވެސް ނުރައްކަލެއް ކުރިމަތި ވެދާނެ ކަމަކަށް ނުދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު