މަހަރަޝްތްރާގެ ހޮސްޕިޓަލެއްގައި ބޭނުންވާ ވަރަށް އޮކްސިޖެން ފޯރުކޮށް ނުދެވުނު ކޮވިޑް-19 ޖެހިގެން ފަރުވާ ހޯދަމުންދިޔަ 11 މީހަކު މަރުވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ އެ ހޮސްޕިޓަލު ބޭރުގައި އޮކްސިޖެން ޓޭންކަކުން އޮކްސިޖެން ލީކްވެ އޮކްސިޖެން ސަޕްލައި ދަށްވެފައިވަނިކޮށެވެ.

މަރުވި 11 މީހުންނަކީ ވެސް ވެންޓިލޭޓަރުގައި ފަރުވާ ދެމުން އައި މީހުންނަށް ވެފައި އެމީހުންނަށް އޮކްސިޖެން ބޭނުންވެފައިވެއެވެ. 11 މީހުންނަށް ވެސް ފަރުވާ ދެމުންދިޔައީ ކޮވިޑް ޖެހިފައި ތިބޭ މީހުންނަށް ހާއްސަކޮށް ފަރުވާ ދެމުންދިޔަ ހޮސްޕިޓަލެއްގައެވެ. މިހާރު ވެސް އެ ހޮސްޕިޓަކުގައި ވެންޓިލޭޓަރުގައި ނުވަތަ އޮކްސިޖެންއަށް ބަރޯސާވެ، ފަރުވާ ދެމުން ގެންދާ 150 މީހުން އެބަތިއްބެވެ.

މަހަރަޝްތްރާގެ ހެލްތް މިނިސްޓަރ ރާޖޭޝް ޓޯޕް ވިދާޅުވީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މަރުވި 11 މީހުންނަކީ ވެސް އޮކްސިޖެން ނުލިބުމުން ފުރާނައަށް ނުރައްކާވި ބައެއް ކަމަށެވެ. އަދި ހޮސްޕިޓަލު ބޭރުގައި އޮކްސިޖެން ޓޭންކު ތަކުން އޮކްސިޖެން ލީކް ވެފައި އެވަނީ ހޮސްޕިޓަލުގައި އެނދުމަތި ކޮށްފައި ތިބި ކޮވިޑަށް ފަރުވާ ކުރަމުންދާ ހާލު ދެރަ ބަލިމީހުން ތަކަކަށް އޮކްސިޖެން ފޯރު ކޮށްދިނުމަށް ސަޕްލައި ކުރަނިކޮށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އޮކްސިޖެންއަށް ބަރޯސާވެފައި ތިބި 80 ބަލިމީހުންގެ ތެރެއިން 31 މީހަކު މިހާރު ވަނީ އެހެން ހޮސްޕިޓަލު ތަކަށް ބަދަލުކޮށްފައެވެ.

އޮކްސިޖެން ލީކް ވަމުންދާތީ އެކަން ހުއްޓުވުމަށް ފަޔާ ޓްރަކްތައް އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުންދާ ވީޑިއޯތައް ޓްވިޓާގައި ހިއްސާކޮށްފައިވެއެވެ. ވީޑިއޯ ތަކުން ފެންނަ ގޮތުން މުޅި ސަރަހައްދު ވަނީ ދުންބޯވެފައި ފަދަ ގޮތަކަށް ފުސް ވެފައެވެ. ސިޔާސީ ދާއިރާގައި އިސްކޮށް މަސައްކަތް ކުރާ މީހުން ބުނެފައިވަނީ އޮކްސިޖެން ލީކް ވާން ޖެހުނު ގޮތެއް ތަހުގީގްކޮށް، އެކަމުގެ ޒިންމާ ނަގަން ޖެހޭ މީހުންނަށް އަަދަބު ދޭން ޖެހޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދަރަނި ދަންތުރަ

    އަދިވެސް ގެރި މޯދީ ރާއްޖެޔަށް މާހެޔޮއެދޭ މީހަކަށްވެގެން ރާއްޖެ އަޅުވެތި ކުރަންއުޅޭތި އަމިއްލަ ގައުމުގެ މީހުން އޮކުސިޖަން ނުލިބި ވެކުސިން ނުލިބި މަރުވިޔަސް ގެރިމޯދީ ތެޅެނީ ދިވެހިރާއްޖެ އަތްދަށުލާން މުސްލިމުންގެ އަދުއްވެއް...