އިންޑިއާގައި ބޭނުން ކުރަމުން އަންނަ ވެކްސިން ކާޑުގައި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ފޮޓޯ ހުރުމުން މައްސަލައަކަށްވެއްޖެއެވެ.

ކޮވިޑް-19 އެންމެ ހަލުވިކަމާއެކު މިހާރު ފެތުރެމުން އަންނަ ގައުމަކީ އިންޑިއާއެވެ. އެ ގައުމުގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދުތައް އިތުރުވެ، ހޮސްޕިޓަލްތައް ވަނީ ފުރި ބާރުވެފައެވެ. އިންޑިއާގެ ހާލަތު އޮތީ މީގެކުރިން ނުދާހާ ބިރުވެރި ހާލަތެއްގައެވެ.

މަހަރާޝްތުރާގެ މިނިސްޓަރު އަދި އެންސީޕީ ލީޑަރު ނަވާބް މާލިކް އިންޑިއާގެ ނޫހަކަށް ބުނީ ވެކްސިން ސެޓްފިކެޓުގައި މޯދީގެ ފޮޓޯ ޖަހާނަމަ މަރުގެ ސެޓްފިކެޓުގައި ވެސް މޯދީގެ ފޮޓޯ ޖަހަން ޖެހޭނެ ކަމަށެވެ. ވެކްސިން ދިނުމުގެ ޝަރަފު ލިބިގަންނަ ނަމަ މަރުގެ ޒިންމާ އުފުލަން ޖެހޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ކޯވިޑު ޖެހިގެން މަރުވާ މީހުންގެ އަދަދު އިތުރުވެ ވަޅުލާނެ ގޮތެއް ނެތި ގޮތް ހުސްވެފައިވާ އިންޑިއާގައި މަރުވާ މީހުން ނައްތާލުމަށް އެކި ސަރަހައްދުތަކުގައި ހަށިގަނޑުތައް އަންދާ ވީޑިއޯތައް ދަނީ މީސް މީޑިއާގައި ދައުރުވަމުންނެވެ.

މަރުވާ މީހުންގެ ހަށިގަނޑު ނައްތާލާނެ ގޮތެއް ނެތުމާއި އެތައް ހަށިގަނޑުތަކެއް ނައްތާނުލެވި ކިއުގައި ހުރި ކަމަށާއި އަދި ވެސް މިކަމަށް ހައްލެއް ނުލިބި އޮތުން އެއީ ސަރުކާރުންނާއި ސިއްހީ ދާއިރާއިން ޖަވާބުދާރީ ވާންޖެހޭ ކަމެއް ކަމަށް ވެސް މިނިސްޓަރު މާލިކު ބުނެފައިވެއެވެ.

ވެކްސިން ކާޑުގައި މޯދީގެ ފޮޓޯ ހުރުމުން އިދިކޮޅު ޕާޓީތަކުން ވަނީ އެއީ ގަބޫލު ނުކުރެވޭނެ ކަމެއް ކަމަށް ބުނެފައެވެ. އަދި އެއީ ވޯޓު ހޯދުމުގެ ނިޔަތުގައި ކުރާ ކަމެއް ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ބުނެފައިވެއެވެ.

މިދިޔަ ހުކުރު ދުވަހު އިންޑިޔާއިން ކޯވިޑު ޖެހިގެން މަރުވެފައިވަނީ 1341 މީހުންނެވެ. މިއާއިއެކު އިންޑިއާގައި ކޯވިޑު ޖެހިގެން މަރުވި މީހުންގެ އަދަދު 1،75،649 އަށް އެރީއެވެ. އެ ގައުމުގައި 16 މިލިއަނަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހުނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބޯލޭ

    ދޮގެއްނޫން ވެކްސިން ކާޑުގަ ފޮޓޯއިންނަންޏާ މަރުފޯމްގަވެސް
    ޢިންނަންވާނެ ވަކިއެއްކަމަކުން މެޑެލްޖަހަންއުޅެގެން ނުވާނެ

  2. ބޭބެ

    ބަރުލަމާނީގައި މެމްބަރުން ވަޒީރުކަން ކުރާތީ ޖެހޭ ކަންތަށް އެންމެ ކައިރިން ތިފެންނަނީ، ސަލާމް ޖަހަންދާންވީމަ އިންޑިޔާ، ނިޒާމު ބަދަލުކުރަން ހަޅޭއްލާ އިރު އިންޑިޔާއިން އުޅޭ ހާލެއް ނުބެލެ.

  3. ދަރަނި ދަންތުރަ

    މުސްލިމުންނަން އިހާނެތިކޮށްހަދާ އެމީހުންގެ ރައްވެހިކަން ފޭރިގަތުމުގެ އަދަބު މިއަދު ގެރިމޯދީ ޔަށް ތިޔަލިބެނީ ދެން މިހުރީ ދިވެހި ކިނބޫ...