ޕާކިސްތާންގެ ހޮޓަލެއްގައި ބާރުގަދަ ބޮމެއް ގޮވައި ހަތަރު މީހުން މަރުވެއްޖެއެވެ.

ޗައިނާ އިން ޕާކިސްތާނަށް ކަނޑައެޅި ސަފީރު ހުންނަވާ ހޮޓަލަށް ދިން ބޮމުގެ ހަމަލާގައި އިތުރު 12 މީހަކު ޒަހަމްވިއެވެ.

ސެރެނާ ހޮޓަލަށް ހަމަލާ ދީފައިވަނީ ޕާކިންގް ޒޯނަށް ކާރެއް ވައްދައިގެން ކަމަށް ފުލުހުން ބުނެއެވެ. ފުލުހުންނާއި ރެސްކިއު ޓީމުތައް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދާތީ އާންމުން އެ ސަރަހައްދަށް ދިއުން ވަނީ މަނާ ކޮށްފައެވެ.

ޕާކިސްތާނުގެ ލަގްޒަރީ ހޮޓަލަށް ރޭ ހަމަލާ ދިންތާ އެއް ގަޑިއިރު ފަހުން ބޮން ގޮއްވި ކަމުގެ ޒިންމާ ޕާކިސްތާން ތާލިބާނުން ވަނީ އުފުލައިފައެވެ.

ފުލުހުން މަަސައްކަތް ކުރަމުންދަނީ އެ ބޮމަކީ ހޮޓަލުގެ ޕާކިންގް ޒޯނުގައި އޮތް ކާރެއްގައި ހަރުކުރެވިފައިވާ ބޮމެއްތޯ ހޯދުމަށެވެ. ބޮން ގޮވާފައިވަނީ ކާރެއް ޕާކިންގް ޒޯންގެ ތެރެޔަށް ވަތްތާ މިނެޓެއް ފަހުން ކަމަށާއި، ޝައްކު ކުރެވެނީ މީހަކަށް އަމާޒު ކޮށްގެން ދިން ހަމަލާއެއް ކަމަށް ފުލުހުން ބުނެފައިވެއެވެ. މައްސަލައިގެ ތަހުގީގް ކުރިޔަށް ދާތީ ފުލުހުންގެ އިތުރު ބަހެއް އެއްވެސް މީޑިއާ އަކަށް ލިބިފައެއް ނުވެއެވެ.

ކުއެޓާ ސިޓީއަކީ އަބަދު ވެސް ހަމަނުޖެހުން ބޮޑު ސަރަހައްދެއްކަން ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު