ކޮވިޑް-19 އިން ރައްކާތެރިވުމަށް އުފައްދާފައިވާ ވެކްސިންތައް ދުނިޔޭގެ ގައުމުތަކުގައި ބޭނުން ކުރަން ފަށާފައިވާ އިރު ރައްކާތެރިކޮށްދޭ މިންވަރު ބޮޑު ވެކްސިނާއި ރައްކާތެރިކޮށްދޭ މިންވަރު ކުޑަ ވެކްސިންތައް އެބަ ހުއްޓެވެ.
އެންމެ ރައްކާތެރީ ކޮން ވެކްސިނެއްތޯ އާއި ވެކްސިންގެ ދެ ޑޯޒް ހަމަކުރުމުގައި ދެ ވައްތަރެއްގެ ވެކްސިން ޖެހިދާނެތޯ މިއީ ގިނަބައެއްގެ ހިތުގައި އުފެދިފައިވާ ސުވާލުތަކެކެވެ.
ދެހާސް ނަވާރަ ވަނަ އަހަރުގެ ފަހުކޮޅު ޗައިނާ އިން ފުރަތަމަ ފެނުނު ކޮވިޑް-19 އަކީ ދުނިޔޭގެ އެކި ހިސާބުތަކަށް ވަރަށް ހަލުވިކަމާއި އެކީ ފެތުރިގަތް ނުރައްކާތެރި ވައިރަހެކެވެ. އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ފަސޭހައިން އަރާ މި ވައިރަހުގެ ޖަރާސީމަކީ ނުރައްކާތެރި އެއްޗަކަށް ވަނީ ބަލި ޖެހޭ ފަރާތްތަކަށް ފަރުވާ ނުދެވެނީސް މަރުވާ މީހުންގެ އަދަދު އިތުރުވާތީއެވެ.
ނުރައްކާތެރި ކޮވިޑް-19 ދުނިޔޭގެ ގައުމުތަކުގައި ފެތުރޭ މިންވަރާއި މަރުވާ މީހުންގެ އަދަދު އިތުރުވެ ރައްކާތެރިވުމަށާއި ބަލިޖެހޭ ފަރާތްތަކަށް ފަރުވާދިނުމަށް އަދި މަރުވާ ފަރާތްތައް އަވަހަށް ވަޅުލުމަށް ސަރުކާރުތައް ތިބީ އަވަދިނެތިއެވެ. ކުރިމަތިވެފައިވާ ބަލިމަޑުކަމުން އަރައިގަތުމަށް ސިއްހީ ފަރާތްތަކާއި ބޭސް އުފައްދާ ފަރާތްތަކާއި ތަޖުރިބާކާރުންނަށް ވެކްސިނެއް އުފެއްދުނީ ބަލި ފެނުނުތާ އެތައް މަހެއްވީ ފަހުންނެވެ.
އެންމެ ރަނގަޅު ވެކްސިނަކީ ކޮބާ؟
ކޮވެކްސިން އާއި ކޮވިޑްޝީލްޑް ވެކްސިނަކީވެސް ރައްކާތެރި ދެ ވެކްސިނެވެ. ދުނިޔޭގެ ތަޖުރިބާކާރުން ވަނީ ދެ ވެކްސިނަކީ ވެސް ރައްކާތެރި ވެކްސިނުގެ ގޮތުގައި ކަނޑައަޅައިފައެވެ.
ދެ ޑޯޒް ހަމަކުރުމަށް ކޮވެކްސިންގެ އެއް ޑޯޒް އާއި ކޮވިޑްޝީލްޑް ވެކްސިންގެ އެއް ޑޯޒް ޖެހިދާނެތަ؟
ގްރޭޓާ ޗެންނާއި ކޯޕަރޭޝަނުން ވަނީ ސިއްހީ ތަޖުރިބާކާރުންނާއި އެކީ މިކަމާއި ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފައެވެ. މި ބައްދަލުވުމުގައި ވެކްސިންތަކާ ގުޅިގެން ގިނަ ސުވާލުތަކެއް ކޮށް ގިނަ މަޝްވަރާތަކެއް ކޮށްފައިވާއިރު މި މަޝްވަރާތަކުން ހާމަވާގޮތުގައި ދެ ޑޯޒް ހަމަކުރަންޖެހޭނީ އެއް ވެކްސިނެއް ޖަހައިގެންނެވެ.
ދުނިޔޭގެ އެކި ގައުމުތަކުން އުފައްދާފައިވާ ވެކްސިންތަކަށް ބަލައި އެ ވެކްސިންތަކުގެ ތެރެއިން އެންމެ ރައްކާތެރި ވެކްސިންތައް:
(މި ޑޭޓާ ތަކަކީ އެންމެ ފަހުގެ ކްލިނިކަލް ޑްރައެލް ތަކުގައި ވެކްސިންތައް ބޭނުންކޮށް ރައްކާތެރިކަން ވަޒަންކުރެވިފައިވާ އިންސައްތަ ދައްކުވައިދޭ ލިސްޓެކެވެ.)
ފައިޒާ 95 އިންސައްތަ ރައްކާތެރި
މޮޑާނާ 94 އިންސައްތަ ރައްކާތެރި
ސްޕުޓްނިކް ވީ 92 އިންސައްތަ ރައްކާތެރި
ނޮވަވެކްސް 89 އިންސައްތަ ރައްކާތެރި
ކޯވެކްސިން 78 އިންސައްތަ ރައްކާތެރި
އޮކްސްފޯޑް-އެސްޓްރާޒެނެކާ 70 އިންސައްތަ ރައްކާތެރި
ޖޮންސަން އެންޑް ޖޮންސަން 66 އިންސައްތަރައްކާތެރި
ކޮރޯނާވެކް 50 އިންސައްތަ ރައްކާތެރި
ދުނިޔޭގެ 200 އަށްވުރެ ގިނަ ޤައުމުން ކޮވިޑް-19 ފެނިފައިވާއިރު މިހާތަނަށް 141 މިލިއަން މީހުންނަށް ވަނީ ބަލި ޖެހިފައެވެ. އަދި 3.01 މިލިއަން މީހުން ބަލި ޖެހިގެން މަރުވެފައިވާ އިރު ބަލި ޖެހުނު މީހުންގެ ތެރެއިން 80.4 މިލިއަން މީހުން ވަނީ ބަލިން ރަނގަޅު ވެފައެވެ.
ކޮވިޑް-19 ފުރަތަމަ ފެނިފައި ވަނީ ޗައިނާގެ ވުހާން ސިޓީ ހިމެނޭ ހުބޭއި ޕްރޮވިންސުގެ މަސްމާރުކޭޓަކުންނެވެ. މި މަސްމާރުކޭޓުގައި އެކި ވައްތަރުގެ ޖަނަވާރުތަކުގެ މަސްތައް ވިއްކަމުން ދިޔައިރު ޗައިނާ ފިޔަވައި އެހެން ގައުމުތަކުން އާންމުކޮށް ނުކައި އުޅޭ ޖަނަވާރުތަކުގެ މަސްތައްވެސް މި މާރުކޭޓުން ވިއްކިކަން ފާހަގަ ކުރެވެއެވެ. އޭގެ ތެރޭގައި ވާލު މަސް ހިމެނެ އެވެ.
ކޮބާތަ ކޮވިޝީލޑު ގެ % އަކީ؟
އޮކްސްފޯޑް-އެސްޓްރާޒެނެކާ 70 އިންސައްތަ ރައްކާތެރި
70% . ޢެއީ އޮކސްފޯޑްގެ އެސްޓްރެޒެނަކަރ އާއި އިންޑިއާ ގުޅިގެން އުފެއްދި ވެކްސިން.
ކޮބާ ކޮވިޝީޑް ކިތައް %
އެއޮތީދެޑޯޒުފުރި ހަމަކުރެވިފަތާ . އިތުރަށް ސުވާލުކުރާކަށްނުޖެ ހޭ !