ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެފައިވާ އިންޑިއާއަށް ޗައިނާއިން އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފިއެވެ.

އިންޑިއާއަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ޗައިނާގެ ފޮރިން މިނިސްޓްރީން ވަނީ ހާމަ ކޮށްފައެވެ.

އެގައުމުގެ ފޮރިން މިނިސްޓްރީގެ ސްޕޯކްސްމަން ވެންގް ވެންބިން ވިދާޅުވީ، އިންޑިއާގެ ކޮވިޑްގެ ހާލަތު ވަރަށް ދަށް ކަމަށާއި އެކަން ޗައިނާއަށް ފާހަގަ ވެފައި ވާ ކަމަށެވެ. އަދި މިހާލަތުގައި އެގައުމަށް ބޭނުންވާ ތަކެތި މަދުކަން ފާހަގަ ކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޗައިނާއިން އިންޑިއާއަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އޭނާ ހާމަ ކުރި ނަމަވެސް އެކަމުގެ ތަފްސީލެއް އޭނާ ހާމަ ކޮށްފައެއް ނުވެއެވެ.

"ޗައިނާއިން އޮތީ އިންޑިއާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް. ކޮވިޑަކީ ހުރިހާ އެންމެންގެ ވެސް ދުޝްމިނެެއް. މި ވަބާއިން ސަލާމާތްވާން ދުނިޔޭގެ ގައުމުތަށް އެކައްޗަކަށް ވާން ޖެހޭ" އޭނާ ބުންޏެވެ.

އިންޑިއާގެ ކޮވިޑް ހާލަތު ދަށްވެފައިވަނީ އެގައުމުން ކޮވިޑްގެ އާ ވައްތަރެއް ފެނުމާއި އެކުއެވެ. އެގޮތުން ފަހަކަށް އައިސް އެގައުމުން ފައްސިވާ މީހުންގެ އަދަދު އުޅެނީ 20،000 އަށްވުރެ މަތީގައި ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

އިންޑިއާއިން ކޮވިޑްގެ އާވައަތަރެއް ފެނި، އެގައުމުން ފައްސިވާ މީހުންގެ އަދަދު އިތުރުވުމާއި ގުޅިގެން ބައެއް ގައުމުތަކުން ވަނީ އެގައުމަކީ ދަތުރު ކުރުން ރައްކާތެރި ނޫން ގައުމެއްގެ ގޮތުގައި ކަނޑައަޅާފައެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތާއި ސިންގަޕޫރު ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބޯގޯސް

    ރާއްޖެއާ އިންޑިޔާއަ ދެބައިވެރިން ޗައިނާނޮޅާގެން ކައިފަ އާދޭސް ކުރަން ސަލާންޖަހަން ދުއްވައިގަންނަނީ ޗައިނާ ކައިރައައް ލަދުހަޔާތުގެ ކަންފުޅެއްވެސް ނުހުރެޔޭ

    3
    3
    • ސަކޫން

      ޢިންޑިއާއިން އެހީއަކަށް ނޭދޭ ޗައިނާ އަމިއްލައަށް އެހީދޭން އުޅެނީ. ޙިޔެއްނުވޭ މޯދީ ގަބޫލު ކުޜާނެ ހެނެއް.މޯދީ ނޫޅޭ ކަންބޮޑު ވެގެނެއް . ޢެހެންވެތާ އިހަށް ދުވަހު ވެ ސް 3މިލިއަން މީހުން އެއްވެގެން ދީނީ މުނާ ސަބާއެއް ފާހަގަ ކުރަން ހުއްދަދިނީ.