ދުނިޔެއިން ދެވަނައަށް އެންމެ ގިނަ މީހުން އާބާދު ވެފައިވާ އިންޑިއާގައި ކޮވިޑް-19ގެ ދެވަނަ ރާޅާއި އެކު ގައުމުގެ ހާލަތު ވަނީ ވަރަށް ގޯސްވެފައެވެ. ދުވާލެއްގެ މައްޗަށް ރެކޯޑު އަދަދަކަށް މީހުން ކޮވިޑަށް ފައްސި ވަމުންދާއިރު ކޮވިޑުގައި މަރުވާ މީހުންގެ އަދަދު ވެސް ގިނައެވެ. ހޮސްޕިޓަލުތައް ފުރި ފަރުވާ ނުދެވޭ ހާލަތްތައް ދަނީ ފަހަރަކަށް ވުރެ ފަހަރެއް ގިނަވަމުންނެވެ. ހޮސްޕިޓަލު ތަކުން އޮކްސިޖެން ހުސްވެފައި ވާ ކަމަށް ރިޕޯޓު ކުރަމުން ދާއިރު، ގައުމުގައި ވެސް އޮކްްސިޖެން ލިބޭނެ ގޮތެއް ނެތެވެ.

ފަރުވާ ދިނުމަށް ބޭނުންވާނެ ތަކެތި އިންޑިއާއަށް އެތެރެ ކުރަން ބަލާއިރު ގައުމުގެ ދަތުރު ފަތުރުގެ ނިޒާމުގައި ހުރަސްތަކަކާއި ކުރިމަތިލާން ޖެހެއެވެ. ގިނަ ގައުމުތަކަކުން ވަނީ އިންޑިއާއަށް ދަތުރުކުރުން ހުއްޓާލައިފައެވެ.

ބީބީސީ ނިއުސްއިން ދިއްލީގެ ހޮސްޕިޓަލަކަށް ގޮސް އެތަނުގެ ހާލަތު ވަަރަށް ކައިރިން ބަލައި ވީޑިއޯއެއް ރިޕޯޓު ކޮށްފައިވެއެވެ. ވީޑިއޯއިން އެތައް ބަޔަކު ހޮސްޕިޓަލުގައި އެނދުމަތި ކޮށްފައި ވަނިކޮށް ފެނިގެން ދާއިރު ފަރުވާ ދިނުމުގައި އަވަދިނެތި އުޅޭ ނަރުހުންނާއި ޑޮކްޓަރުން ދައްކާލައެވެ. އެނދުތަކުން ޖާގަ ނުލިބި ވީލް ޗެއާގައި އެތައް ބަޔަކު މަޑުކޮށްގެން ތިބޭ މަންޒަރު ފެނިގެންދެއެވެ.

ޑޮކްޓަރަކު ފޯނުގައި ހުރެ ވާހަކަ ދައްކަމުން ދިޔަ މަންޒަރެއް ރިކޯޑު ކޮށްފައިވެއެވެ. "ވަރަަށް ދަތި ހާލަތެއް" ފޯނު ކޯލަކުން ވާހަކަ ދައްކަމުން ޑޮކްޓަރެއްގެ ދުލުން އެ ލަފްޒު ބޭރުވާ އަޑު އިވިގެން ދަނީ އެ އަޑުގައި ރިހުން އެކުލެވިގެންވާ ހާލުގައެވެ. ޑޮކްޓަރ ބީބީސީ ނިއުސްރިޕޯޓަރަށް ދީފައިވާ މައުލޫމާތުގައި ބުނެފައިވަނީ އެ ހޮސްޕިޓަލުން އޮކްސިޖެން ހުސްވެ، ފަރުވާ ދިނުމުގައި ދަތިތަކެއް ހުރިކަމަށެވެ.

ބީބީސީއިން ހިއްސާ ކޮށްފައިވާ ވީޑިއޯ ރިޕޯޓުން ފެނިގެން ދަނީ ޑޮކްޓަރުންނާއި ނަރުހުން ކަންބޮޑުވުމާއި އެކު ބަލި މީހުންގެ ގާތުގައި ހަރަކާތްތެރި ވަމުންދާ މަންޒަރެވެ. ފަހަރަކު މީހަކަށް ފަރުވާ ދިނުމުގައި އަވަދިނެތި އުޅޭ އިރު އަމިއްލަ މީހާގެ އާއިލާ މީހަކު ބައްޔެއް ވިޔަސް ފަރުވާ ދެވޭނެ ގޮތެއް ނެއްކަމުގެ ބިރު ހިތުގައި އޮންނާނެކަން ޔަގީނެވެ.

Distressing video report on current Covid situation in Delhi

Video : https://t.co/E734JFuNJy

Posted by Azzam Ameen on Friday, April 23, 2021

ސިއްހީ ތަޖުރިބާކާރުން ބުނަމުންދަނީ އިންޑިއާގެ ހާލަތު ނުރައްކާ ހާލަތަަކަށް ދާން މެދުވެރިވީ އެގައުމުގެ ސަރުކާރުން ކަންތައް ކުރި ގޮތުން ކަމަށެވެ. މާސްކު ނާޅާ ބޮޑަތި އެއްވުންތައް ބޭއްވުމާއި، މިފަދަ ކޮށްގެން ނުވާނެ އެތައް ކަމެއް ސަރުކާރުން އިސްވެ ކޮށްފައިވާ ކަމަށް ސިއްހީ މާހިރުން ބުނަމުންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިންޑިޔާ އައުޓް

    އަދިވެސް ގައުމުތަކުގެ މިނިވަންކަމާ ބެހުނީމަ ރަނގަޅުވާނެ

  2. އިންޑި

    އަދިވެސް ގައުމުތަކުގެ މިނިވަންކަމާ ބެހުނީމަ ރަނގަޅުވާނެ