އިންޑިއާގައި ކޮވިޑް-19 ކޮންޓްރޯލުން ނައްޓާފައިވާ މި ދަނޑިވަޅުގައި އޮކްސިޖަނަށް ހުރަސް އަޅާ މީހުން ދަން ޖައްސާނެ ކަމުގެ އިންޒާރު އެ ގައުމުގައި ނިއުދިއްލީގެ ހައި ކޯޓުން ހާމަކޮށްފިއެވެ.
ނިއު ދިއްލީގެ ހައި ކޯޓުން މިހާ ވަރުގަދަ އިންޒާރެއް ދީފައި މިވަނީ އިންޑިއާގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުން އަންނަ ދަނޑިވަޅެއްގައެވެ. އަދި ކޮވިޑް-19 ޖެހިގެން އިންޑިއާގެ ބައެއް ހޮސްޕިޓަލްތަކުގައި އައިސީޔޫގައި ފަރުވާދޭ މީހުންނަށް އޮކްސިޖަން ނުލިބިގެން މަރުވާ މައްސަލަ ވެސް ވަނީ ފެންމަތިވެފައެވެ. އެ ގައުމުން މިހާތަނަށް 189,549 މީހަކު ވަނީ ކޮވިޑް ބަލީގައި މަރުވެފައެވެ.
އިންޑިއާ އިން މިހާތަނަށް 16.6 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.
ސަރުކާރުން ކޯޓުގައި ބުނި ގޮތުގައި، ސިއްހީ ނިޒާމަށް ނުކަތާ ހާލަތަކަށް ދާނީ 480 މެޓްރިކް ޓަންގެ އޮކްސިޖަން ނުލިބިއްޖެ ނަމައެވެ. އޮކްސިޖަން ހުސްވުމުގެ ބިރާ ވަރަށް ގިނަ ހޮސްޕިޓަލްތަކުން ކުރިމަތިލާން ޖެހިފައިވާ ކަމަށްވެއެވެ.
ސަރުކާރުގެ އޮފިޝަލަކު ކޯޓުގައި ބުނި ގޮތުގައި އިއްޔެ އެކަނި ވެސް މެޑިކަލް ގޭސްގެ ގޮތުގައި ލިބުނީ 297 މެޓްރިކް ޓަންގެ ގޭހެވެ. އަދި ބައެއް ހޮސްޕިޓަލްތައް އޮތީ އޮކްސިޖަން ހުސްވުމާ ގާތުގައި ކަމަށާއި އެކަން އެ ހޮސްޕިޓަލްތަކުން ފެންނަން ފަށާފައިވާ ކަމަށް އޭނާ ބުންޏެވެ.
އެހެންވެ ކޯޓުން ވަނީ އޮކްސިޖަން ފޯރުކޮށްދިނުމަށް ހުރަސް އަޅާ ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެދިފައެވެ. އަދި އޮކްސިޖަން ދިނުމަށް ހުރަސް އަޅާ މީހުން ދަން ޖައްސާނެ ކަމުގެ އިންޒާރު ވެސް ކޯޓުން ވަނީ ދީފައެވެ.
ކޮވިޑް-19 ޖެހިގެން އިންޑިއާގެ ޖައިޕޫރުގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި ފަރުވާ ދެމުން ގެންދިޔަ 25 ބަލި މީހަކު އޮކްސިޖަން ނުލިބިގެން ރޭ ވަނީ މަރުވެފައެވެ.
ދިއްލީގައި ހުންނަ ބަޓްރާ ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލުން 8،000 ލީޓަރުގެ އޮކްސިޖަން ބޭނުންވާ ކަމަށެވެ.
މިދިވެހިރާއްޖޭގައި މަރުހިފާ ވާހަކަ ދެއްކިޔަސް އެބަޔަކު އެވަނީ ސިކު ބަޔަކަށް..
މިއޮތީ ފުރާނާގެ ކަންކަމުގަ މިސަރުކާރުގެ ލޯބިވެރިޔާ މަރުގެ ހުކުމް ތަންފީޒުކުރުމައް ނިންމާފަ މިއީވެސް ސިކު ކަމެއްބާ؟
މަރައް މަރުހިފުމުގަ ހިކުމަތެއް އަދި ދިރުމެއްވޭ
ބަޔަކު ނުދޭންވެގެން އުޅޭތީތަ އޮކްސިޖަނަށް ޖެހިގެން މިއުޅެނީ ރަނގަޅަކަށް ސާފެއްނޫން