އިންޑިއާގައި ދުވާލެއްގެ މައްޗަށް ލައްކައަކަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަަށް ފައްސިވަމުން ދާއިރު، އެގައުމުގެ އެތައް ހޮސްޕިޓަލަކުން އޮކްސިޖެން ހުސްވެ ބަލި މީހުންނަށް ފަރުވާ ދިނުމަށް ނުކުޅެދިފައިވެއެވެ.
އޮކްސިޖަނަށް އިންތިހާޔަށް ބޭނުންޖެހި އިތުރު ގޮތެއް ނެތިގެން ހޮސްޕިޓަލުތަކަށް އެކި ގޮތް ގޮތުން އެހީ ހޯދުމަށް މަޖުބޫރުވިއެވެ. އޮކްސިޖެން ފޯރުކޮށްދިނުމަށް އެދި އިންޑިއާގެ އެތައް ހޮސްޕިޓަލަކުން ކޯޓުގައި އެދިފައިވެއެވެ. ފަރުވާ ދިނުމަށް ދަތި ކަމަށް ބުނެ ދިއްލީގެ ހަ ޕްރައިވެޓް ހޮސްޕިޓަަލަކުން ކޯޓަށް ޕެޓިޝަނެއް ވެސް ހުށަހަޅާފައިވެއެވެ.
އަދި އޭޕްރިލް 21 ވަނަ ދުވަހު މެކްސް ހެލްތްކެއާއިން ވަނީ އޮކްސިޖެންގެ ދަތިކަން ބަޔާންކޮށް ދިއްލީގެ ހައިކޯޓަށް ރިކުއެސްޓެއް ހުށަހަޅާފައެވެެ. މެކްސް ހެލްތްކެއާ އަކީ ދިއްލީގައި 14 ހޮސްޕިޓަލެއްގެ ހިންގުމާއި ހަވާލުވެގެން މަސައްކަތް ކުރާ އިންސްޓިޓިއުޓެކެވެ. މެކްސްއިން ކޯޓަށް ހުށަހެޅި ރިކުއެސްޓުގައި ބުނެފައިވަނީ ބާކީ އޮކްސިޖެން ހުރީ ތިން ގަޑިއިރަށް ބޭނުން ކުރެވޭ ވަރަށް ކަމަށާއި އެ ހުސްވެއްޖެ ނަމަ ފަރުވާ ހޯދަމުންދާ 400 މީހުންގެ ފުރާނައަށް ނުރައްކާ ވެދާނެ ކަމަށެވެ.
އެތައްް ހޮސްޕިޓަލަކުން އެހީއަށް އެދެމުން ދާތީ ކުއްލި އަޑު އެހުމެއް ދިއްލީގެ ކޯޓުން ބާއްވައި، ބޮޑުވަޒީރު ނަރެންދްރާ މޯދީގެ ދައުލަތުން ކޮންމެ ގޮތެއް ހަދާފައި ވިޔަސް ދިއްލީގެ ހޮސްޕިޓަލުތަކަށް އޮކްސިޖެން ފޯރުކޮށްދިނުމަށް އަމުރުކޮށްފައިވެއެވެ. ދިއްލީގެ ހައިކޯޓުން އިންޑިއާ ސަރުކާރަށް އަމުރު ކޮށްފައިވަނީ އާދޭސް ކޮށްގެން ވިޔަސް، ފޭރިގެން ނުވަތަ ވައްކަން ކޮށްގެން ވިޔަސް ހޮސްޕިޓަލު ތަކަށް ބޭނުންވާ އޮކްސިޖެން ފޯރުކޮށްދޭން ޖެހޭނެ ކަމަށެވެ.
ގައުމުގެ މީހުން މަރުވާން ދޫކޮށް ނުލެވޭނެ ކަމަށާއި، ވައްކަން ކޮށްގެން ވިޔަސް އޮކްސިޖެން ހޯދަން މަޖުބޫރު ވެއްޖެ ކަމަށް ކޯޓުން ބުނެފައިވެއެވެ.
އޮކްސިޖެންއަށް ބޭނުންވެފައި ތިބި ބަލި މީހުންގެ އާއިލާތަކުން އޮކްސިޖެން ސިލިންޑަރުތައް ވަގަށް ނަގާ މައްސަލަ ވެސް ވަނީ ބޮޑުވެފައެވެ. ބަޔެއް މީހުން ހޮސްޕިޓަލު ތަކުގެ ސްޓޯރޫމް ތަކުން އޮކްސިޖެން ސިލިންޑަރުތައް ނަގާކަމަށް ބުނާ މައްސަލަ އިންޑިއާގައި ވަނީ ބޮޑުވެފައެވެ. މި ދަނޑިވަޅުގައި އެމީހެއްގެ އާއިލާ މީހުން ރައްކާތެރި ކުރުމަށް ކުރެވުނު ހުރިހާ ކަމެއް ދަނީ ކުރަމުންނެވެ.
މޯދީ އިސްތިއުފާ
މިސްޓަރ މޯދީ ގައުމު ހިންގުމަށް ފަރުވާކުޑަކުރާކަން ކޯޓުއަމުރުންއެނގިއްޖެ. ވީމާ މޯދީއަށް ދެރީނދޫކާޑާއެކީ ރަތްކާޑެއްދައްކައިފިން! ރައްޔިތުންނިކުމެ މިސްޓަރ މޯދީ ވެރިކަމުންދުރުކުރުމުގެ އިޚްތިޔާރާއިބާރު ރައްޔިތުންނަށްލިބިގެންވޭ!
ގައުމުގެ މީހުންކޮޅު ނޭވާލަން ބޭނުންކުރާ އޮކްސިޖަންކޮޅު ހުސްވެގެން މަރުވާއިރުވެސް އެކަމަށް ހައްލެއް ހޯދަނުދީ އަދިވެސް ބަލަނީ ރާއްޖޭގައި އަތްގަދަކުރުމަށް އެތައް ޚަރަދެއް ކުރެތޯ
މިދާގޮތަށް ދަންޏާ ރާއްޖެވެސް މިހާލަތައްދާނެ.އެއީ އިންޑިޔާއަށް ވުރެން ރާއްޖޭގެ ސިޔާސި ވަގުން ގިނަ.އަދި އެމީހުންނަކީ ކުށްވެރިވާ ބަޔެއްނުން.އެމީހުންގެ މައްސަލައެއް ރާއްޖޭގެ ކޯތަކުން ނުއެއްބެލޭ.ވަކި ހިސާބަކުން ހެކިނެތްކަމަށްބުނެ މައްސަލަ ފައިލް ކޮށްލަނީ.
މި ލިޔިމުގައި ބަޔާން ކޮށްފައި މިއޮތީ، މިހާރުވެސް އިންޑިއާގެ ހާލަތު ވަމުން ހިނގަމުންދާ ގޮތް. ދެން ކީއްވެ ވިއެވެ، އޭ ކިޔާގެން މާ ބޮޑަށް ޕާސްޓެންސް އިން ލިޔެފައި މިއޮތީ؟
ދެން ތިވީގޮތުން ރާއްޖޭގަ ހުރި އޮކްސިޖަން ކޮޅު ފޭރިގަންނާނީ ތޯއްޗެއް.