މިހާރު ކޮވިޑް-19 އެންމެ ހަލުވިކަމާއެކު ފެތުރެމުންދާ އިންޑިއާއަށް އެހީވުމަށް ތައްޔާރަށް އޮތް ކަމަށް އިނގިރޭސި ސަރުކާރުން ބުނެފިއެވެ. އިނގިރޭސި ސަރުކާރުން މިހެން ބުނެފައިވަނީ އިންޑިއާގައި ބަލިމަޑުކަން އިންތިހާއަށް ބޮޑުވެ ބަލި މީހުންނަށް ފަރުވާ ކުރުމުގައި ހުރަސްތަކެއް ކުރިމަތިވެފައި ވާ ދަނޑިވަޅެއްގައެވެ.
އިނގިރޭސި ފޮރެއިން، ކޮމަންވެލްތް އެންޑް ޑިވެލޮޕްމެންޓް އޮފީހުގެ ތަރުޖަމާނު ވިދާޅުވީ އިންޑިއާއިން އެހީތެރިކަމެއް ބޭނުންވެ، އެކަމަކަށް އެދިއްޖެ ނަމަ އެހީވާން ތައްޔާރަށް ތިބިކަމަށެވެ.
އިނގިރޭސި ބޮޑުވަޒީރު ބޯރިން ޖޯންސަންގެ ތަރުޖަމާނު ވިދާޅުވީ އިންޑިއާ ސަރުކާރުން އަދި އެހީއަށް އެދިފައި ނުވާ ކަމަށެވެ. އެހީއަށް އެދިއްޖެ ހާލަތެއްގައި އެކަން ފަސްނުޖެހި ކޮށްދޭނެ ކަމަށާއި އިންޑިއާއަކީ ގާތް ގުޅުމެއް އޮންނަ ގައުމެއް ކަމަށެވެ.
ވެންޓިލޭޓަރު ފޯރު ކޮށްދިނުމާއި އެހެނިހެން ގޮތްގޮތުން އެހީވެވިދާނެ ކަމަށާއި، އިންޑިއާއަށް އެހީވުމުގެ ގޮތުން ކޮށްދެވިދާނެ ކަމެއް ބަލަމުން އަންނަ ކަމަށް ބޯރިސް ޖޯންސަން ވިދާޅުވިއެވެ.
އިނގިރޭސި ވިލާތުގެ އިތުރުން އެމެރިކާ އާއި، ޗައިނާ، ފްރާންސް، އޮސްޓްރޭލިއާގެ އިތުރުން ޕާކިސްތާނުން އިންޑިއާއަށް އެހީވާން ހުށަހަޅާފައިވެއެވެ. އަދި ޕާކިސްތާނުގެ ޖަމުއްޔާއަކުން އިސްނަގައިގެން އެމްބިއުލާންސްގެ ހިދުމަތް ފޯރު ކޮށްދިނުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
އެމެރިކާގެ އެންމެ އުހުގައި މަސައްކަތް ކުރާ މެޑިކަލް އެޑްވައިޒަރ ވިދާޅުވީ އިންޑިއާއަށް ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އިންޑިއާއަށް ދިމާވެފައިވާ މި ހާލަތުގައި ވެވުނު ގޮތަކުން ވިއްޔާ އެހީވާނެ ކަމަށް އެމެރިކާއިން ބުނެފައިވެއެވެ.
ވައިޓް ހައުސްގެ ކޮރޯނާވައިރަސް ކޯޑިނޭޓަރ ވިދާޅުވީ މި ދަނޑުވަޅުގައި އިންޑިއާއަށް ވެކްސިނަކީ މުހިންމު އެއްޗަކަށް ވާނެތީ ވެކްސިން ޝިޕްމެންޓެއް ފޮނުވުމުގެ އިންތިޒާމް ހަމަޖައްސަމުންދާ ކަމަށެވެ.
އަހަރެމެންގެ ހުވަ ފެނީބޮޑުވަޒީރު މިކަމާބެހޭގޮތުން އެއްވެސްއެއްޗެކޭނުބުނާތީ ކޮވެލިމިހުންނަނީހަމަހައިރާންވެ ފަ!! އެމީހުންކައިރިޔަށް ނާށިގަނޑުހި ފައިގެން
ދާންވީމަ ވަރަށްއަވަސްވާނެ ..
ނާށިގަނޑުދީ ފަ ޝާހިދު ފޮނުވަންވީމަ އިންޑިއާއަކީ ބޮޑުބޭބެ .. ބޮޑުބޭބެ ހާލުގަޖެހުނުދުވަހު ސަރުކާމިއޮތީ ދޮންދަރިއެއްކަމަށްހެދިގެން !!
ތާއީދުކުރަން