އިސްރާއިލްގެ ހައްދުފަހަނައަޅާފައިވާ ޔަހޫދީން، މުސްލިމުންނަށް ހައްޤަކާއިނުލައި އަނިޔާކޮށް އަނިޔާވެރިވަމުންދާތާ އެތައް ޒަމާނެއް ފާއިތުވެގެން ދަނީއެވެ. މި އަނިޔާވެރިކަން ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު، ކާފަރުންގެ ނަޖިސް ވަކިތައް ދަށުވެ ޝަހީދުވާ މުސްލިމުންގެ ޢަދަދުވެސް ދަނީ ކަންބޮޑުވާ ޖެހޭ މިންވަރަށް އިތުރުވަމުންނެވެ.

މިއީ އިސްރާއިލް ޔަހޫދީ ސިފައިންގެ އަނިޔާވެރިކަން ހާމަވެގެންދިޔަ ހާދިސާއެކެވެ.

އެގޮތުން މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު އިސްރާއިލް ސިފައިން ފަލަސްތީނުގެ ބިމުގައި، އެޤައުމުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގި ޖަރީމާތަކުގެ ތެރެއިން، ސިފައިންގެ ބަޔަކު ވަނީ ފަލަސްތީނުގެ އާއިލާއެއް ދިރިއުޅެމުންދިޔަ ގެއެއްގެ ތެރޭގައި އެއާއިލާގެ މެމްބަރުން ތިއްބައި، ދަގަނޑުން ހަދާފައިވާ އެގޭގެ ދޮރުތައް ބޭރުން ވެލްޑްކޮށް ބަންދުކޮށްފައެވެ.

އިސްރާއިލް ސިފައިން ޢާންމުކޮށްވެސް ހަމަނުޖެހުން ހިނގާ ހުޅަނގު އައްސޭރީގެ ޝުހާދާ މަގުގައި ހުންނަ އެގެއަށް މީގެ ކުރިންވެސް ސިފައިންގެ ދުއްތުރާތައް ޖެހެމުންދިޔައިރު، ބުރާސްފަތި ދުވަހުގެ ހާދިސާއަށްފަހު އިސްރާއިލް ސިފައިން ވަނީ އެގޭގައި ދިރިއުޅޭ ފަރާތްތަކަށް ބިރުދައްކައި އިންޒާރުވެސް ދީފައެވެ. އިސްރާއިލް ސިފައިން އެގޭގެ ދޮރު ވެލްޑްކޮށް ބަންދުކޮށްފައި ވަނީ، ސިިފައިން އެގެއަށް ވަންނަން މަސައްކަތްކުރުމުން ވެސް އެތެރޭގައި ތިބި އާއިލާގެ މެމްބަރުން ގޭގެ ދޮރު ނުހުޅުވުމުންނެވެ.

އިސްރާއިލް ސިފައިން ވަނީ ގޭގެ ބޭރުން ދޮރުތައް ވެލްޑްކުރުމަށްފަހު، ކުޑަދޮރުތަކުން ގޭގައި ތިބި އެންމެން ބޭރަށް ނިކުތުމަށް އަމުރުކޮށްފައެވެ. އަދި އެގޮތަށް ކަންތައް ނުކޮށްފިނަމަ ގޭތެރެއަށް ކަރުނަގޭސް ޖަހާނެ ކަމަށްބުނެ ވަނީ ބިރުވެސް ދައްކާފައެވެ. އެއާއި އެކު ގޭތެރޭގައި، ކުޑަކުދިންނާއި އަންހެނުން ހިމެނޭގޮތަށް ބަންދުވެފައި ތިބި މީހުނަށް ގެއިން ނިކުތުމަށް މަޖުބޫރުވިއެވެ.

އެމީހުން ގެއިން ނިކުތުމާއި އެކު "މިނިކާވަގުންތަކެއް ފަދައިން" އިސްރާއިލް ސިފައިން ވަނީ ކުށެއްނެތް އެ އާއިލާގެ ބައެއް މީހުނާއި ދިމާކޮށްލައި އަނިޔާ ކޮށްފައެވެ. އިސްރާއީލުގެ މި ރަހުމެއްނެތް ޢަމަލު ގިނަ ބަޔަކު ކުއްވެރިކުރަމުންދާއިރު، މިއީ އެބައި މީހުންގެ އަނިޔާވެރިކަމަށް އިތުރުވި ބޮޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ކިޔާ

    އެއްވެސް ހަތިޔާރެއްނެތް ބަޔަކާ ކުރިމަތި މިލަނީ ފުލްކިޓުގަ ހުރެގެން.އެވެސް ނިއުކުލިޔަ ބޮޑު ހަނގުރާމައަކަށް ތައްޔާރުވާ ފަދައިން.ފިނޑިވިޔަސް މީދެން ބޮޑުވަރު.މިހާރުވެސް މިމީހުންނަށްވުރެ މާގަޓު ހުންނާނެ ފަލަސްތީނުގެ ކުދިޅަދަރިންވެސް.

  2. މަމީހާ

    އިޒްރޭލުން ތިޔަ ބުނާވަރަށް އަނިޔާވެރިނަމަ ކައިރިފަށުގައި ތިޔަތިބި އަރަބި އެންމެ ގައުމެއްވެސް އޮންނާނެތަ؟ ހިނގާބަލަ ގަދައީ ކޮން ބައެއްތޯ ބަލަން

    • ކިޔާ

      މަމީހާއަށް ނުފެނޭތަ ޔަހޫދީން މުސްލިމު އެތައްގައުމެއްގެ ބިން ފޭރިގެން އެބިމަށް ވެރިވެގެން ތިބިތަނެއް.ކޮންމެބައެއްގެވެސް ގޯތިގެދޮރަކީ ހުރުމަތްތެރިތަނެއް.ގޭގެ އަހުލުވެރިން ނަށް ގޯނާކޮށްގެން ގަދަކަމުން ނެރެ އަނިޔާކުރުމުގެ ހައްގެއް ޔަހޫދީ ސިފައިންނަކަށްވެސް އަދި އެހެންބަޔަކަށްވެސް ނޯންނާނެ.ބަޔަކަށް އަނިޔާވެރިވެވޭނީ މިވަރަށް.މިވަރުކުރީމަވެސް އަދިވެސް ތިބުނަނީ "ތިޔަބުނާވަރަށް އަނިޔާވެރިނަމައޭތަ"ބަލަތީ ބުއްދި ސަލާމަތުންހުރި މީހެއްކަމާމެދުވެސް ސުވާލު އުފެދޭ..

      • މަމީހާ

        ކިޔާއަށް ނޭގޭތަ މުޅި އެހިސާބުގައި އޮތް ބިން އެއީ އިސްރާއީލުގެ ދަރިކޮޅަށް މާތްކަލާނގެ ވައުދު ކުރެއްވި ބިންތައް ކަމެއް. އެބިންތައް އިސްރާއީލުންނަށް ދެއްވިވެސްމެ. ދޮގެއްތަ؟ ގިނަ އިން ފޮތްކިޔާބަލަ ކިޔާ މީހާ

        • ވާނުވާ

          ޙިތްތޮތުން އަޑު އެހިންތަ؟ އެހިސާބުން އެބިން އެމީހުންނަށް ހަރާންވިކަން ނޭގޭތަ؟ ވާނުވާ ބަލާލާ ނޭގެންޔާ

  3. ޙާލި

    ޢިޒުރޭލު ސިފައިން ހާދަ ގަދައެވެ.

  4. ނެފިނެސް

    މިކަން ހައްލުކުރެވޭނީ މުސްލިމް އެންމެހާ ޤަޢުމުތަކުން އދ އިންވަކިވެ ފަލަސްޠީންގެ ދިފާއުގައި ބޮޑުޖަމާއަތަކުން މަސައްކަތްކުރުންޖެހޭނީ !!!! މީމުސްލިމުންނޭ ކިޔާގެން ބަލަހަށްޓައިގެން ތިބޭކަށް ނުޖެހޭ އިޒުލޭލަކީ ޒައިނިސްޓްން މުސްލިމުންނަކަށް ރަޙުމެއްނުހުންނާނެ (.)

    • ނެޕީ

      ކަލޭގެ ހުވަފެނުގައި ވެސް ތިޔަ އިސްލާމުންނަކަށް އިޒްރޭލު ބަލިކޮށްލައި މިދުނިޔެ މަތީގައި ގަދަބާރެއް ނުދެއްކޭނެ. ކަލޭވެސް ތީ އައިސިސް ސަޕޯޓަރެއްނު؟ ކުރެވުނު މޮޅުކަމެއް ދައްކަބަލަ. ޖާހިލިއްޔަތުގެ ދަށުން ބަޔަކު މަރައި ގަތުލުކޮށްލެވުނު. އަންހެނުންތަކެއް ގަދަކަމުން އަތުލައިގަނެވުނު. ދުނިޔެއަށް ލިބުނު މޮޅެއް ނެތް.

      • ޙެހެ

        ކަލޭ ތީ ކާކު؟ ހުވަފެނުގަ އެއްނޫން ހަމަ ލޮލުން ކަލޭ އެދުވަސް ބަލާނެ. ޢިސްރާއިލް ބަލި ކުރާނެ. ކުރާނަން. ކަލޭ އައިސިސްއޭ ބުނީމަ އަހަރުން ދެރަވެ ރޯންވީތަ. ކަލޭ ވެސް އެދުވަހުން ފިލަން ދުވާނެ ޔަހޫދީންނާ އެކީ. އެދުހުން ކަލޭ ފިލަން ފަހަތަށް ވަދެ އޮތް ގާގަނޑު ބުނާނެ މިއޮތީއޭ ފިލާ. މަރާލާށޭ.