އިސްރާއިލް ޔަހޫދީންނަކީ މިވަގުތު ދުނިޔޭގައި ތިބި އެންމެ އަނިޔާވެރި އަދި ރަހުމުކުޑަ މީހުންގެ ތެރޭގައި ހިމެނި ނުދާނޭ ބައެކެވެ. ފަލަސްތީނުގެ ކުށެއްނެތް އެތައް ޢާންމުންނެއް ކޮންމެ ދުވަހަކުމެ ޔަހޫދީންގެ މި ޖަމާޢަތުން ޤަތުލުކޮށް ޝަހީދުކުރަމުންދާއިރު، މި ޖަރީމާތަކުގައި ވެރިންނާއި ޢާންމުންވެސް ދަނީ ބައިވެރިވަމުންނެވެ.

އެގޮތުން އިސްރާއިލްގެ ހައްދުފަހަނައަޅާފައިވާ ވެރިންނާއި ސިފައިންގެ ރުހުން ލިބިގެން، އެފަރާތްތަކުގެ އެއްބާރުލުމާއި އެހީތެރިކަމާއި އެކު އިސްރާއިލްގެ ރައްޔިތުންވެސް މިވަނީ ފަލަސްތީނުގެ މުސްލިމުންނަށް ދުއްތުރާ ކުރުމުގެ ސިލްސިލާގައި ބައިވެރިވާން ފަށާފައެވެ.

ޔަހޫދީންގެ މި ޙަރަކާތްތަކުގެ ތެރެއިން، އެފަރާތްތަަކުން ވަނީ މިދިޔަ ހުކުރު ދުވަހު މުސްލިމުން އަޅުކަމަށް ނިކުމެ އުޅުނު ވަގުތަކާއި ދިމާކޮށް ފަލަސްތީނުގެ ނަބްލަސް ސިޓީގެ އަަވަށެއްގައި، މުސްލިމުން ދަނޑުގޮވާންކޮށް ބަކަރި ހުއިހައްޕަން ބޭނުންކުރަމުންދިޔަ ސަރަޙައްދެއްގައި ރޯކޮށް ގެއްލުންދީފައެވެ.

އަދި އެތަނުގައި ހުރި ގުދަންތަކެއްގެ ފާރަށް ސްޕްރޭ ޖަހައި ބަދު ބަސްތަކާއި މަންޒަރުތައް ފާރުގައި ކުރަހާފައިވާއިރު، އެތަނުގައި ހުރި ބައެއް ތަކެތި ވަގަށްނަގައި ގެއްލުން ދީފައި ވެއެވެ. މިއީ ފޭރިގަތުމަށްފަހު ހުޅަނގު އައްސޭރީގައި، ޔަހޫދީ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އިސްރާއީލުން އަޅާފައިވާ އެޕާޓްމެންޓް ހުރި ސަރަޙައްދާއި ދުރުނޫން ހިސާބެއްގައި އޮންނަ ބިމެއް ކަމަށް ވެއެވެ.

އިސްރާއީލުން މުސްލިމުންނަށް ދެމުންދާ އަނިޔާތަކާއި ގުޅިގެން ފަލަސްތީނުގ ކުދިބޮޑު އެތައް ބަޔަކު ބަނޑުހައިހޫނުކަން ތަޙައްމަލްކުރަމުންދާއިރު، ގިނަ ބަޔަކު ކެއިން ބުއިމަށް ކުރާ މަސައްކަތަކީ މިއީއެވެ. މި މަސައްކަތަށް ހުރަސްއަޅައި، ފަލަސްތީނުގެ ނިކަމެތި ރައްޔިތުން ހާލުގައި ޖެއްސުމަށް އިސްރާއިލް ރައްޔިތުން އިސްނަގައިގެން މިފަދަ ދަށު ދަރަޖައިގެ ޢަމަލު ހިންގަމުން ދާތީ، އެހީތެރިކަން ފޯރުކޮށްދޭ ޖަމާޢަތްތަކުން މީގެ ކުރިންވެސް ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.

ހައްޤަކާއި ނުލައި މުސްލިމުންނަށް ގެއްލުން ދިނުމުގެ މިފަދަ ޢަމަލުތައް އެފަރާތްތަކުން މީގެ ކުރީންވެސް ހިންގަމުންދާއިރު، އެ މައްސަލަތައް އިސްރާއީލުގެ ކަމާއި ބެހޭ އިދާރާތްތަކުން ބަލާފައި ނުވުމީ އެފަރާތްތަކުގެ އެއްބާރުލުން ޔަހޫދީންނަށް ލިބިފައިވުމާއި އެކު މި ޢަމަލުތައް ހިންގާ ފަރާތްތަކަށް ލިބޭ އިތުރު ހިއްވަރެކެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ާއދލ

    ކޮބަާ ކެނެރިީގެޭ ވަގު ކިީކެެ ކަލެޭ މިކަމުގަ

    ބުނިީ

    • ބުރުހާނުއްދީން

      އެކަލޭގެ ދޮންކުދިންނާއެކު ގޮނޑިދުއްވާކުޅެނީ.

  2. މުނާ

    ތިއީ إن شاء الله ވަރަށް އަވަހަށް މުސްލިމުންނަށް ނަޞްރު ލިބޭނެކަމުގެ ޢަލާމާތެއް

    • މީ

      ان شاء الله

  3. މަމީހާ

    މީހުން ގިނައީ މުސްލިމުންގެތަ އިޒްރޭލުގަތަ؟ ކަމަކާ ނުލާ ފުރަތަމަ ގަޔަށް ބޮލަށް އަރައިގަންނަނީ ކޮންބައެއްތަ؟

    • ފުރަތަމަ އަރައިގަތީ ޔަހޫދީން

      ޔަހޫދީން އުފަންވުމުގެ ކުރިންވެސް ފަލަސްީނުގައި އެގައުމުގެ މީހުން އުޅޭ.

  4. ޛސޖސޖސ

    މިހުރިހާ ކަމެއް ގެ ޒިންމާ ސައުދީގެ ވެރިން ނަގަންޖެހޭނެ. ޢެމީހުންގެ އަމިއްލަ އެދުން ބޮޑު ކަމުންގޮސް މުޅި މެދުއިރުމަތި ފުނޑުނީ.

    • އާބިދާގޭ މޮހޮންމަދު

      ތިކަހަލަ މީހުން ގިނަވާތީ މިގޯސްވަނީ... މުސްލިމު ވެރީން ގޯސްކޮށް އެމީހުންގެ އަބުރު މުސްލިމު އާންމު ރައްޔިތުންގެ ކުރިމަތީ ކަތިލީމަ ރައްޔިތުމީހާ ކޮން ހަޔާތެއް ހުންނާނީ... ނަސާރާއިންގެ އެންމެ ކާމިޔާބު ޕުލޭންއަކީ މުސްލިމު ވެރީންނަކީ ވަގުންނޭ، ހުދުމުހުތާރޭ، ނިރުބަވެރީންނޭ .... މިހެންގޮސް އެ ޔަހޫދީ ނަސާރާއިންނަށް އަހަރެމެން ކިޔަންޖެހޭ ތަކެތި މުސްލިމު ވެރީންނަށް ފުރޮޅާލުން.... ސޭހު އިމުރާނު، މައުމޫނު، ހުސެން ރަސީދު އަހުމަދު، އިލިޔާސް ޖުމުލަކޮށް އަދާލަތު ވެރީންނަކީ ވެރިކަމާ ތޮޅެންް ޓްރޭންކުރި މިސްރުގެ އަޒުހަރުގެ ޤަރުޟާވީގެ (ހުޅަނގު) ޕަޕެޓުން... އެ ޤަރުޟާވީ މިމީހުން މާމާތް ބަޔަކަށް ހަދާގެން އުޅުނަސް ވެރިކަމާ ތޮޅިގެން މިހާރުވީ ޖަލުގަ.. އެއީ ވެސް ވެރީން ކާފަރުކުރާ ބޮޑު ސޭހު...