އިންޑިއާގައި ކޮވިޑް ހާލަތު ގޯސްވެ މީހުން އެހީ ހޯދަން ބޭނުންކުރާ ޕްލެޓްފޯމަކަށް ޓްވިޓާ ވާނެއެވެ. އިންޑިއާ ސަރުކާރުން ޓްވިޓާގައި ރަސްމީކޮށް އެދިފައިވަނީ އެގައުމުގެ ކޮވިޑް ހާލަތު ދައްކުވައިދޭ ޓްވީޓްތައް ނަގައިދިނުމަށެވެ.

އިންޑިއާ ސަރުކާރުގެ އެދުމުގެ މަތިން ޓްވިޓާއިން ވަނީ 50 ޕޯސްޓް ޑިލީޓް ކޮށްފައެވެ. އިންޑިއާ މީހުން މިފަހުން އާންމުކޮށްފައި ހުރި ޓްވީޓްތަކުގައި ހިމެނެނީ އޮކްސިޖެންގެ ދަތިކަމާއި، ހޮސްޕިޓަލުތަކުން އެނދު ނުލިބުމުން ކޮށްފައި ހުރި ޓްވީޓުތަކެކެވެ.

ޓްވިޓާއިން ނަގާފައިވާ ޓްވީޓްތަކުގެ ތެރޭގައި ހިމެނެނީ ބޭސް ނުލިބިގެންނާއި، ހޮސްޕިޓަލުން އެނދު ނުލިބިގެން ކޮށްފައިވާ ޓްވީޓެވެ. ޓްވިޓާއިން ނެގި ޓްވީޓްތައް އިންޑިއާގައި ތިބި މީހުންނަށް ނުފެނުނު ނަމަވެސް، އެހެން ގައުމުތަކުގެ މީހުންނަށް އެ ޓްވީޓުތައް ފެންނާނެއެވެ.

އިންޑިއާގެ ސަރުކާރުން އެދުމުގެ މަތިން ނަގާފައިވާ ޓްވީޓުތަކުގެ ތެރޭގައި ބަޔެއް ސިޔާސީ މެމްބަރުންނާއި، މަޖިލިސް މެމްބަރުން ކޮށްފައިވާ ޓްވީޓުތަކާއި، ފިލްމީ ތަރިން ކޮށްފައިވާ ޓްވީޓުތައް ހިމެނެއެވެ.

އިންޑިއާއިން އެދިފައިވަނީ ވަކި ބައެއްގެ ޓްވީޓުތައް ސެންސަރު ކުރަން ކަމަށް ރިޕޯޓުތައް ބުނެއެވެ. ޓްވިޓާއިން ބުނެފައިވަނީ މިކަމުގައި ގޮތެއް ނިންމާނީ ޓްވިޓާގެ ޕޮލިސީތަކަށް ރިއާޔަތްކޮށް އުސޫލުތަކަށް ވެސް ބެލުމަށް ފަހުއެވެ.

ގިނަ ބަޔަކު ބޭނުން ކުރާ މީސް މީޑިއާގެ އެއް ޕްލެޓްފޯމް ކަމަށްވާ ޓުވިޓާ އިން ބުނީ އިންޑިއާގެ ގަވާއިދާ ހިލާފުވާ ގޮތަށް ކޮށްފައިވާ ޓްވީޓެއް ނަމަ އެ ޓްވީޓެއް އެ މީހުންނަށް ނުފެންނަ ގޮތް ހަދާނެ ކަމަށެވެ. އިންޑިއާ ސަރުކާރުން ނޫސްތަކަށް ވެސް އިންޑިއާގެ ކޮވިޑް ހާލަތާއި ގުޅޭ ގޮތުން ޝާއިޢުކޮށްފައިވާ ހަބަރުތައް ނަގަން އެދިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮރޯނާ

    މަކަރާ ހީލަތުން އަދިވެސް ރައްޔިތުން ވާވެއްދޭތޯ ބަލަނީ ހަމަ ދެވަނަ ބުއްޅަބޭ

    9
    1