ޗައިނާގެ ޒިންޖިއާން ސަރަހައްދުގައި ތިބި އެ ގައުމުގެ މުސްލިމުންނާ ދެކޮޅަށް އިންސާނިއްޔަތާ ދެކޮޅު ކުށްތަކަށް އަރައިގަންނަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. މިލިއަނަކަށް ވުރެ ގިނަ މީހުން ޖަލެއްގައި ބައިތިއްބައިގެން އަނިޔާ ކުރުމާއި، މަޖުބޫރުން މަސައްކަތް ކުރުވުން ފަދަ ކަންތައްތައް އެތަނުގައި ކުރިއަށްދާ ކަމަށް އިންސާނީ ހައްގުތައް ހޯދަން ވަކާލާތު ކުރާ ގުރޫޕުތަކުން ދަނީ ބުނަމުންނެވެ.

ނަމަވެސް އެތަނުގައި ތުރުކީ އާއި، އެހެން ވެސް މުސްލިމް ގުރޫޕުތައް ނައްތާުމަށް ކުރަމުންދާ މަސައްކަތާ ދެކޮޅަށް އެެއްވެސް ހެއްކެއް ނެތް ކަމަށް އިންޓަނޭޝަނަލް ހިއުމަން ރައިޓްސްއިން ބުނެފައިވެއެވެ.

ނަމަވެސް 53 ގަނޑު ހިމެނޭ ގޮތަށް ނެރެފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ ޗައިނާގެ ވެރިރަށް ބެއިޖިންގްއިން ތުރުކީގެ މުސްލިމުންނާއި ދެކޮޅަށް ޒިންޖިއާންގް ސަރަހައްދުގައި އަމަލުތައް ބަހައްޓަމުން ދަނީ ބޭރުގެ މުއާހަދާތަކާ ހިލާފަށް އިންސާނިއްޔަތާ މުޅިން ދެކޮޅަށް ކަމަށެވެ.

އެމެރިކާ، ނެދަލޭންޑް، ކެނެޑާ އަދި ބެލްޖިއަމުން ވަނީ ޒިންޖިއާންގައި އިންސާނިއްޔަތާއި ދެކޮޅު ކުއްތަކަށް އަރައިގަންނަ ކަމަށް ނިންމައިފައެވެ. ގަދަބާރުން މީހުން ލައްވާ މަސައްކަތް ކުރާ ކަމަށް ބުނެ އެޑިޑާސް އާއި ނައިކް ފަދަ ބޮޑެތި މަޝްހޫރު ކުންފުނި ތަކުން ޒިންޖިއާންގެ ކަފަ ނުގަންނަން ވެސް ވަނީ ނިންމައިފައެވެ.

ޒިންޖިއާންގައި ސުކޫލުތަކުގެ ކުދިންނަށް ވެސް އަނިޔާ ކުރާ ކަމަށާއި، އިންސާނިއްޔަތާ ދެކޮޅު ކުށްތަކަށް އަދި އިންސާނުންނަށް ވޭންދެނިވި އަނިޔާތައް ދިނުން ޗައިނާގެ ސަރުކާރަށް ނުހުއްޓުވިފައިވާކަމަށް އިންސާނީ ހައްގުތައްް ހޯދުމަށް ވަކާލާތު ކުރާ ގުރޫޕުތަކުން ގޮވަމުންދެއެވެ.އެ ފަރާތްތަކުން ގޮވާލަމުން ދަނީ މިހާރުން މިހާރަށް އެ ކަން ނިމުމަކަށް ގެނައުމަށެވެ.

ޗައިނާގެ ވެރިރަށް ބެއިޖިންގް އިން މިހާރު ވަނީ ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމަށް ޒިންޖިއާންގްއަށް ދިޔުމަށް ފުރުސަތު ދީފައެވެ. ނަމަވެސް، ތަހުގީގަށް ދާ ޓީމުތަކަށް ވެސް ކުރުން މަނާ ވަކި ކަންތައްތަކެއް އެކުލަވާލާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ޒަމީރު

  ޗައިނާ އިން ތިތަނުގަ އުޅޭ މުސްލިމުންނަށް ވަރަށް އިހާނެތިކޮށް ހަދަމުން ދަނީ،
  ކޮމިއުނިސްޓުން އަބަދުވެސް ކަންތައް ކުރަމުންދާ ގޮތް

  7
  3
  • ޢަހޫ

   ތި ހެންބުނީމަ ފިނިފެންމާ ސައީދު ކޯފާވެދާނެ.

   5
   5
 2. ހަޔަސިންތް

  ކޮބާ ޢިޒްރާޢީލް

 3. ށުވޭސް

  އިންޑިއާ މީހ ހުން ނޫނީ މިފަދަ ޢަމަލެއް ނުހ ހިންގާނެ ، މިކަ ހަލަ ކަމެއް ކުރާކަށް ޗައިނާ މީ ހުނަކަށް ނޭންގޭނެ

  2
  3
 4. ކިސްމަތު

  އިންޑިޔާ މަތިން ހަދހާން ވަނީ މުސްލިމުންނަށް އަނިޔާ ކުރާތި