މިހާރު ޝަރީޢަތް ހިންގެމުން ގެންދާ ދުނިޔޭގެ އެންމެ ބޮޑު ޑްރަގް ވިޔަފާރިވެރިންގެ ތެރޭގައި ހިމެނޭ މެކްސިކޯގެ ޖޯގްއިލް އެލް ޗަޕޯ ގުޒްމަން އޭނާ އަށް މަސްތުވާތަކެއްޗަކީ ކޯއްޗެއްކަން ނޭނގޭ ކަމަށް ބުނެފިއެވެ.
އޭނާގެ މައްޗަށް ތުހުމަތު ކުރާ އެތައް ޓަނެއްގެ ކޮކޭން ވިޔަފާރި ކުރުމުގެ ތުހުމަތާއި، ހަތިޔާރާއި ޤާނޫނީ ހިލާފު އެތައް އެއްޗެއް ގެންގުޅުމުގެ ތުހުމަތަކީ އޭނާ އަށް އެއްވެސް މައުލޫމާތެއް ލިބިފައި ނެތް މައްސަލަތަކެއްގެ މައްޗަށް ބިނާކޮށް ކުރާ ތުހުމަތުތަކެއް ކަމަށް ވެސް އެލް ޗަޕޯ މިދިޔަ ހަފްތާގައި ކޯޓުގައި ވަނީ ބުނެފައެވެ.
އެލް ޗަޕޯ މިހެން ބުނީ އޭނާގެ މައްޗަށް ސެޕްޓެމްބަރ މަހު ޝަރީޢަތް ފެށުމަށް ތައްޔާރުވަމުން ގެންދާ އިތުރު މައްސަލަތަކަކާއި ގުޅިގެން ބޭއްވި އަޑުއެހުމެއްގައެވެ.
އެލް ޗަޕޯ ނިސްބަތްވާ ކާޓެލް އިން އެތައް ހާސް ޓަނެއްގެ މަސްތުވާތަކެތި ވިޔަފާރިކޮށް އެތައް ބަޔަކު ރަހީނުކޮށް އެތައް ބަޔަކު މެރި މައްސަލައިގައި ވެސް މީގެ ކުރިން އޭނާ ބުނެފައި ވަނީ އެއީ އޭނާ އަށް އެނގިގެން ކޮށްފައިވާ ކަންތައްތަކެއް ނޫން ކަމަށެވެ. އެފަދަ ކަމެއް ކުރަން އެއްވެސް މީހަކަށް އަމުރު ކޮށްފައި ނުވާނެ ކަމަށް އެލް ޗަޕޯ ބުނެފައި ވެއެވެ.
މެކްސިކޯ އިން ހައްޔަރުކޮށް އެމެރިކާ އާއި ހަވާލުކޮށްފައިވާ އެލް ޗަޕޯގެ ޝަރީޢަތް މިއަހަރު ފަހުކޮޅު ފަށާއިރު އޭނާގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ޙުކުމެއް އަންނާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޔާމީނު ވެސް ދައްކަނީ ތިކަހަލަ ވާހަކަ
ޔާމީން ހައްޔަރުކޮށްގެންތަ އުޅެނީ؟
މޮޔަނުގޮވާ، ނަޝީދު ކަހަލަ ގުނބޯލެއްނޫނޭ ޔާމީނަކީ، 30 އަހަރު މަޖްލީހުގައި ހެދުނުހައި ގާނޫނެއް އަދި ގާނޫނު އަސާސީއެއް ހެދީ ޔާމީންގެ ހާޒިރުގައޭ. އެމަނިކުފާނަކީ، ވެރިކަމަށް ގާބިލް، އިލްމާ ހިލްމާ ފަންނު ވެރިކަމުގެ މިސާލެއް ނެތްފަދަ ބޭފުޅެއް.
ޔާމިނަކީ ހުކުރަށް ނާރާ ސޮރެއް
ހުކުރަށްދާ މީހުނަށް ފެންނާނީވެސް.