އިންޑިއާ އަށް މިވަގުތު ކުރިމަތިވެފައި ވަނީ ކޮވިޑް-19 ގެ ތޫފާނެއް ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބުނެފިއެވެ.
ދުނިޔޭގެ ގައުމުތަކުގެ ތެރެެއިން މިހާރު އެންމެ ހަލުވިކަމާއެކު ކޮވިޑް ފެތުރެމުން އަންނަ ގައުމަކީ އިންޑިއާއެވެ. އިއްޔެ އެކަނި ވެސް އެ ގައުމުން 352،991 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. މިއީ ދުނިޔޭގެ ވެސް ރިކޯޑެކެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އެ ގައުމުގައި ކޮވިޑް-19 ބަލީގައި މަރުވި މީހުންގެ އަދަދު 195،123 އަށް އަރައެވެ. އެއީ އިއްޔެ މަރުވި 2،812 މީހުން ހިމަނައިގެންނެވެ.
އިންޑިއާގެ ވެރިރަށް ދިއްލީގެ ހާލަތު ކޮންޓްރޯލް ނުވާވަރަށް ގޯސްފައިވާ މި ދަނޑިވަޅުގައި ކޮންމެ މިނެޓަކުން މީހަކު އެ ސިޓީގައި މަރުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ހާލަތު މިހައި ގޯސްވެފައި އޮތުމުން ޕާކިސްތާނާއި، ޗައިނާއިން އަންނަނީ އެހީތެރިކަން ފޯރު ކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ. އޭގެ އިތުރުން ފްރާންސާއި، ޖާމަނީ، އެމެރިކާ އަދި އިނގިރޭސި ވިލާތުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވަނީ ވައުދުވެފައެވެ.
އިންޑިއާގެ ބޮޑުވަޒީރު މޯދީ ބުނީ ކޮވިޑުގެ ފުރަތަމަ ރާޅުން ކާމިޔާބު ކަމާއެކު އަރައިގަނެވުނު ނަމަވެސް، ދެވަނަ ރާޅާއި އެކު ގައުމު ގުޑުވާލި ކަމަށެވެ.
ގިނަ ހޮސްޕިޓަލުތަކަކުން އޮކްސިޖެން އާއި ފަރުވާ ދިނުމަށް ބޭނުންވާ ބޭހާއި އެހެނިހެން ވަސީލަތްތައް ހުސްވަމުން ދާކަމަށް ދަނީ ރިޕޯޓު ކުރަމުންނެވެ.
އިންޑިއާގައި ކޮވިޑް ކޭސްތައް އިތުރުވެފައި ވުމުން އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން އެގައުމަށް ކުރައްވަން ނިންމެވި ދަތުރުފުޅު ވަނީ ކެންސަލް ކުރައްވާފައެވެ. ނަމަވެސް، މި ދަނޑިވަޅުގައި އިންޑިއާއާއި އެކުގައި ހުންނަވާނެ ކަމަށާއި އެހީތެރިކަން ފޯރު ކޮށްދެއްވާނެ ކަމަށް ބޯރިސް ޖޯންސަން ވަނީ ވައުދުވެ ވަޑައިގެންފައެވެ.
ސިންގަޕޫރުން އޮކްސިޖެން ޓޭންކުތަށް ފޮނުވާފައިވާއިރު އިނގިރޭސި ވިލާތުން ވެސް ވަނީ ފުރަތަމަ އެހީގެ ޝިޕްމެންޓެއް އިންޑިއާއަށް ފޮނުވާފައެވެ. އިނގިރޭސި ވިލާތުން ފޮނުވި މެޑިކަލް ޝިޕްމެންޓް އިންޑިއާއަށް ލިބޭނެ ކަމަށް ބެލެވެނީ އަންގާރަ ދުވަހުއެވެ.
މަކަރާ ހީލަތް ނިކަން ރަނގަޅަށް ދަންނަމެއްނު. އެކަމަކު ރައްޔިތުންގެ ވެރިއަކަށް ވުމުގެ ފުރަތަމަ އުންސުރު ކަމުގައިވާ "ރަނގަޅު ހާންދާނަކުން އައުން" އުނިވާ މީހުންނަށް މަކަރާ ހީލަތުގެ ދާއިރާއިން ބޭރުން ކުރަންޖެހޭ އެއްވެސް ކަމެއް ނުކުރެވޭނެ. އެމީހެއްގެ އިންޓަރނަލް ކެޕޭސިޓީއަކީ އެމީހެއްގެ އަޚްލާޤު ހުރިވަރެއްގެ މައްޗަށް ބިނާވާއެއްޗެއް.
އެއްވެސް ބަަޔަކަށް ދެރަގޮތެއް ވުމަކަށް އަހަރެމެން ނޭދެން. ﷲ ގެ ރަހުމަތުގެ ދާއިރާގެ ތެރޭގައި އިންޑިޔާގެ މައުސޫމު ރައްޔިތުން ލެއްވުމީ އަހަރެމެންގެ ދުޢާ.
މުސްލިމުންނަން މޯދީ ދޭ އަނިޔާގެ ރަހަ ގެރިމޯދި ދެކޭށެވެ އަމިއްލަ ގައުމުގެ މީހުންނަށް އަޅާނުލާ އެހެންގައުމުތަކަށް އެހީދީގެން އަޅުވެތިކުރަން ތެޅިއަރުވަނީ ...
މޯދީ ޔަކީ މުސްލިމުންގެ އަދުއްވެއް..
އަދިވެސް އެހެންގައުމުތައް އަޅުވެތިކޮށް މުސްލިމުން މެރޭތޯ ބަލާތި ދިވެވިރާއްޖޭގައި އިންޑިޔާ ސިފައިންތިބެގެން އިންޑިޔާ އައް ދުވަހަކުވެސް ރައްކާތެރިކަން ނުދެއްވުމަށް ﷲއަށް ދުއާކުރަން.
އާމީން.
ލެއްވިހާ ނުބައިކަމެއް ކުރަންޔާ ތި ކަހަލަ ކޯފާ އަންނާނެ
މޯދީ ތިޔަކީ އިންޑިޔާގެ ހަލާކު ނަޝިދު ދިވެހި ރާއްޖޭގެ ހަލާކައް ވިހެން.
މީ ރައްޔިތުންނާ މެދު ވިސްނާ ވެރިއެއް.
އިންޑިއާ މީހާއަށް ވެކްސިން -/600 އަށް.
ރާއްޖެއަށް ވެކްސިން ހިލޭ!
ޔޫކޭ އަށް ރުޕީސްއަށް!!
ސާބަސް ހަ މަ!