އިންޑިއާގެ ހިސާރް ސިޓީގެ ހަރްޔާނާ ސްޓޭޓުގައި ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 އަށް ފަރުވާކުރަމުންދިޔަ 13 މީހަކު މަރުވެއްޖެއެވެ.

މި 13 މީހުންގެ ފުރާނައަށް ވެސް ނުރައްކާ ވެފައިވަނީ އޮކްސިޖެން މަދުވުމުގެ ސަބަބުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މީގެތެރެއިން ފަސް މީހުން މަރުވީ ހިސާރް ސިޓީގެހަރްޔާނާ ސްޓޭޓު ހޮސްޕިޓަލެއްގައި ކޮވިޑަށް ފަރުވާހޯދަމުން ދަނިކޮށެވެ. އޭގެ އިތުރުން ގާގޯން ޕްރައިވެޓް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ހަތަރު މީހުންނާއި، ރެވާރީ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދިޔަ ހަތަރު މީހަކު ވަނީ މަރުވެފައިވެއެވެ.

އިންޑިއާގައި މިހާރު ރިކޯޑު އަދަދަކަށް މީހުން ކޮވިޑަށް ފައްސިވާން ފެށުމުން ފަރުވާ ދިނުމަށް ވެސް ގޮންޖެހުން ތަކެއް ކުރިމަތިލާން ވަނީ ޖެހިފައެވެ. އެގޮތުން އިންޑިއާގެ ވެރިރަށް ދިއްލީގެ ހޮސްޕިޓަލް ތަކުން އޮކްސިޖެން އާއި ބޭސް ހުސްވެ ހައި ކޯޓުގެ އެހީއަށް ވެސް އެދިފައިވެއެވެ. އިންޑިއާއަށް ކުރިމަތިވެފައިވާ މިހާލަތުގެ ސަބަބުން ފަރުވާ ނުދެވި އެތައް ބަޔެއްގެ ފުރާނަ ދަނީ ގެއްލެމުންނެވެ.

އިއްޔެ ވެސް އިންޑިއާ އިން ވަނީ ރެކޯޑް އަދަދެއްގެ މީހުން ކޮވިޑް-19 އަށް ފައްސިވެފައެވެ. އިންޑިއާ އިން މިހާރު ކޮންމެ ދުވަހަކު ތިން ލައްކައަށްވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވެއެވެ.

އިންޑިއާއިން މިހާތަނަށް 17 މިލިއަން މީހުން ކޮވިޑަށް ފައްސި ވެފައިވާއިރު 192 ހާހަށް ވުރެ ގިނަ މީހުން ކޮވިޑުގައި މަރުވެފައިވެެއެވެ.

އިއްޔެ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވާހަކަ ދައްކަވަމުން ވިދާޅުވީ އިންޑިއާއަށް މިހާރު ކުރިމަތި ވެފައި މިވަނީ ކޮވިޑް-19 ތޫފާނެއް ކަމަށާއި، ގައުމު ގުޑުވާލައިފި ކަމަށެވެ. މޯދީ ވިދާޅުވީ މެއި މަހުގެ މެދާއި ހަމައަށް ދަންދެން އިންޑިއާ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު