އިންޑިއާގައި ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރެމުން އަންނާތީ އެ ގައުމަށް ދަތުރު ނުކުރަން 14 ގައުމަކުން އެދިއްޖެއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގައި އިންޑިއާ އިން އެތައް ހާސް ބަޔަކު މަރުވެ ގިނަ އަދަދެއްގެ ބަޔަކު ފައްސިވަމުންދާ އިރު މިއީ ކޮވިޑުގެ ދެވަނަ ރާޅުކަމަށް އެ ގައުމުން ބުނެއެވެ. އިންޑިއާ އިން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު 17 މިލިއަނަށް ވަނީ އަރައިފައެވެ. މި ބަލީގައި ދެ ލައްކައާ ގާތް ކުރާ އަދަދަކަށް މީހުން އިންޑިއާގައި ވަނީ މަރުވެފައެވެ. ދުނިޔޭގެ ގައުމުތަކުގެ ތެރެއިން އެންމެ ނުރައްކާތެރި ހާލަތެއްގައި އޮތީ ވެސް އިންޑިއާއެވެ.

އިންޑިއާގައި ކޮވިޑް ބަލީގައި މަރުވާ ބައެއް މީހުންނަކީ އޮކްސިޖަން ނުލިބިގެން މަރުވާ މީހުންނެވެ.

އޮކްސިޖަން ލިބުމުގައި ދަތިތަކެއް ހުރުމާ ގުޅިގެން ބޭރުގެ އެހެން ގައުމުތަކުން މިހާރު އިންޑިއާ އަށް އޮކްސިޖަން ފޮނުވުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އެގޮތުން ސައުދީ އިން ވަނީ އިންޑިޔާއަށް 80 މެޓްރިކް ޓަނުގެ ލިކުއިޑް އޮކްސިޖަން ފޮނުވައިފައެވެ.

އިންޑިއާ އަށް ދަތުރު ނުކުރުމަށް އެންގި ގައުމުތައް

ޕާކިސްތާން

އިނގިރޭސި ވިލާތް

އެމެރިކާ

ހޮންގްކޮންގް

ނިޔުޒިލެންޑް

ސިންގަޕޫރު

އޮމާން

ފްރާންސް

ޔޫއޭއީ

ސައުދީ އަރަބިއްޔާ

ކުވައިތު

ކެނެޑާ

ދަ ނެދަލެންޑްސް

ތައިލެންޑު

ގިނަ ގައުމުތަކުން ބުނީ ކޮވިޑް-19 އަށް ދެ ޑޯޒް ވެކްސިން ޖަހާފައިވާ ފަރާތްތައްވެސް އިންޑިއާ އަށް ދަތުރުކުރުން ރައްކާތެރި ނޫން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު