އިންޑިއާ އަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް އެހީތެރިވުމަށް އޮސްޓްރޭލިއާ އިން އޮކްސިޖަނާއި ވެންޓިލޭޓަރު އަދި ޕީޕީއީ ދޭން ނިންމައިފިއެވެ.

މިކަން ހާމަކޮށް އޮސްޓްރޭލިއާގެ ސިއްހަތާ ބެހޭ ވަޒީރު ހަންޓް ވިދާޅުވީ އެހީގެ ތަކެތި ފޮނުވުމާ ގުޅޭގޮތުން މާދަމާ މަޝްވަރާ ކުރައްވާނެ ކަމަށެވެ.

އިންޑިއަ އަށް ކޮވިޑްގެ ދެ ވަނަ ރާޅެއް އަރާފައިވަ އިރު، މި ރާޅުގެ ނުރައްކާތެރިކަން އިންޑިއާގެ ރައްޔިތުންނަށް އިންތިހާ އަސް އެބައޮތެވެ. ދުވަލެއގްެ މައްޗަށް އެތައް ލައްކަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެ، އެތައް ހާސް ބަޔަކު މަރުވަމުންދާ އިރު، ގިނަ ބަޔަކު ދަނީ ވެންޓިލޭޓަރުތަކުގައި ފަރުވާ ހޯދަމުންނެވެ.

މީގެއިތުރުން މީހުން އެންދުމުގެ ކަންކަން ކުރާ ތަންތަނުގެ ބޭރުގައި މިހާރު ވަނީ ކިޔު ހަދައިފައެވެ.

އޮސްޓްރޭލިއާ ސަރުކާރުން ބުނީ ވެންޓިލޭޓަރުތައް އިންޑިއާ އަށް ދިންކަމުގައި ވިޔަސް ކުއްލި ހާލަތުގައި ބޭނުންކުރަން އެ ގައުމުގައި ވެންޓިލޭޓަރުތައް އެބަހުރި ކަމަށެވެ. އަދި މިހާލުގައި ވެންޓިލޭޓަރުގެ ބޭނުން އެ ގައުމުގައި ނެތްކަމަށް ސަރުކާރުން ބުނެއެވެ.

އޮސްޓްރޭލިއާ ސަރުކާރުން ވަނީ އިންޑިއައިން އެ ގައުމަށް އަޅާ ފްލައިޓްތައް ކެންސަލްކޮށް މިދުވަސްކޮޅު އެ ގައުމަށް ދަތުރު ނުކުރުމަސް އިލްތިމާސް ކޮށްފަ އެވެ. މިއާއެކު އިންޑިއާގައި ތިބި އޮސްޓްރޭލިޔާގެ ގިނަ ރައްޔިތުންނަށް ދަތިތަކަކާ ކުރިމަތިވެގެންދާނެއެވެ. އިންޑިއާގައި ކުރިއަށްދާ އިންޑިއަން ޕްރިމިއާ ލީގަށް އޮސްޓްރޭލިޔާގެ ކްރިކެޓް ޓީމުވެސް އޮތީ އެ ގައުމުގައެވެ.

ދުވާލެއްގެ މައްޗަށް ތިންލައްކައެއްހާ މީހުން އިންޑިއާ އިން ކޮވިޑަށް ފައްސިވާއިރު ބަލި މީހުންނާއެކު އެ ގައުމުގެ ހޮސްޕިޓަލްތައް މިހާރު ވަނީ ފުރާލާފަ އެވެ. އަދި އެނދުގެ ދަތިކަމާއި އޮކްސިޖަން ލިބުމުގެ ދަތިކަމުގެ ސަބަބުން ގިނަ ބަޔަކު ވަނީ އިންޑިއާއިން މަރުވެފައެވެ.