ހާއްސަ އެހީއަށް ބޭއްނުވާ މީހަކަށް އިސްރާއީލުގެ ސިފައިން އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއާއި އެކު އިސްރާއީލުގެ އަނިޔާވެރި ސިފަންގެ އަނިޔާވެރިކަން ދުނިޔެއަށް އިތުރަށް ހާންމަވެގެން ގޮސްފިއެވެ.

މި ވީޑިއޯއިން ފެންނަނީ 14 އަހަރުގެ ކުޑަ އަންހެން ކުއްޖެ ގަޔަށް އިސްރާއީލުގެ ސިފައިން ބަޑި ޖެހުމަށް ފަހު ފުރޮޅުލީ ގޮނޑިއެއްގައި އިން ހާއްސަ އެހީއަށް ބޭއްނުންވާ މީހަކު، ގޮނޑިއާއި އެކު ފަހަތަށް ވައްޓާލާ މަންޒަރެވެ. އެ މީހާއަށް އެހީ ވުމަށް އެވަގުތު އެތަނަށް ދިޔަ މީހުންނަށް އަމާޒުކޮށް ސްޓަން ގަން އިސްރާއީލުގެ ސިފައިން ބޭނުންކުރާ މަންޒަރުވެސް މި ވީޑިއޯއިން ފެނެއެވެ.

ހައްޤަކާއި ނުލައި މުސްލިމުންނަށް އަނިޔާ ކުރުމުގެ މިފަދަ ޢަމަލުތައް އެފަރާތްތަކުން މީގެ ކުރީންވެސް ހިންގަމުންދާއިރު، އެ މައްސަލަތައް އިސްރާއީލުގެ ކަމާއި ބެހޭ އިދާރާތްތަކުން ބަލާފައި ނުވުމީ އެފަރާތްތަކުގެ އެއްބާރުލުން ޔަހޫދީންނަށް ލިބިފައިވުމާއި އެކު މި ޢަމަލުތައް ހިންގާ ފަރާތްތަކަށް ލިބޭ އިތުރު ހިއްވަރެކެވެ.

ފަލަސްތީނު މީހުންގެ ބިމަށް ގަދަކަމުން ވެރިވެގެން ތިބި އިސްރާާއީލް ސިފައިން ދަނީ ބަޑިން ހަމަލާދީ މުޒާހަރާގެ ގިނަ ބައިވެރިންނެއް ޝަހީދުކޮށްލާ ގިނަ ބަޔަކަށް ބޮޑެތި ޒަޚަމްތަކެއް ދެމުންނެވެ. މި މުޒާހަރާ ކުރިޔަށް ދާތާ 2 މަހަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، މިހާތަނަށް އިސްރާޢީލް ސިފައިންގެ ރަޙުމް ކުޑަ ހަމަލާތަކުގެ ޝިކާރައަކަށްވެ، ޖުމްލަ 140 މީހުންވަނީ ޝަހީދުވެފައެވެ. އަދި 13،000 އަށްވުރެ ގިނަ މީހުންނަށްވަނީ ބޮޑެތި ޒަހަމްތަކެއް ލިބިފައެވެ.

އެމެރިކާ އެމްބަސީ ގުދުސްގައި ހުޅުވި ދުވަސްކަމަށް މިދިޔަ މެއިމަހުގެ 14 ވަނަ ދުވަހު އެކަނިވެސް އިސްރާއީލުން ފަލަސްތީނުގެ 65 މީހުން ޝަހީދު ކޮށްލާފައި ވެއެވެ. އަދި އެތައްހާސް އާންމުން ޒަޚަމްކޮށްލާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. އިބްރާހިމް

  ތީ އަދިކިރިޔާތޯ ވަގުތު އަޝްވާގު ފައުޒީ އަށް ތި ވީޑިއޯ ފެނިލެއްވީ ކިތަންމެދުވަހެއް ތި ވީޑިއޯ ދައުރުވާތާ

  • ސޯލިހު

   ކަލޭ ވެއްޖެނު އޮންލައިންނޫހެއްނެރެން

 2. ޙުސައިން މ. މުލި

  އިސްލާމީ އުއްމަތުގެ އެންމެހާ މުސްލިމުނޭ ފަލަސްތީނު ރައްޔިތުން ސަލާމަތް ކުރުމަށް ނިކުމެދެއްވާ އާދޭސްކޮފަ މިގޮވާލަނީ

  • ޙފހ

   ތެދެއް